ބަޔާނާއި ބާސެލޯނާ އޮތް ގްރޫޕުން އިންޒާގީގެ އަމާޒަކިީ 10 ޕޮއިންޓް

Sep 7, 2022, 11:26 AM
ބަޔާނާއި ބާސެލޯނާ އޮތް ގްރޫޕުން އިންޒާގީގެ އަމާޒަކިީ 10 ޕޮއިންޓް

މިލާން (ސެޕްޓެމްބަރު 7) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމަށް އިންޓަ މިލާނަށް ބޭނުންވަނީ 10 ޕޮއިންޓް ކަމަށް އެ ޓީމުގެ ކޯޗު ސިމޯނޭ އިންޒާގީ ބުނެފި އެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އިންޓަ އޮތް ގުރޫޕް ސީ އަކީ މި މުބާރާތުގެ "މަރުގެ" ގުރޫޕެވެ. މި ގުރޫޕްގައި އިންޓައާ އެކު ބަޔާން މިއުނިކާއި ބާސެލޯނާ ހިމެނެ އެވެ. ދެން އޮތީ ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން އެވެ.

މި ގުރޫޕްގައި މިރޭ އަމިއްލަ ދަނޑުގައި އިންޓަ ނުކުންނާނީ ބަޔާން މިއުނިކްއާ ދެކޮޅަށެވެ.

އިންޓަ އަކީ އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިޓަލީގެ ކްލަބެވެ. އިންޓަ އިން 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ފައިނަލްގައި ބަޔާން ބަލިކުރުމަށް ފަހު އެވެ.

މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންޒާގީ ބުނީ 10 ޕޮއިންޓާ އެކު އިންޓަ އަށް ދެ ވަނަ ބުރުގެ ޖާގައެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މިރޭގެ މެޗުގައި ބަޔާންއާ ދެކޮޅަށް ނުކުންނާނީ އެ ޓީމުގެ ފެންވަރު ވަރަށް ރަނގަޅަށް ދަނެގެން ކަމަށް އިންޒާގީ ވަނީ ބުނެފަ އެވެ.

"އަހަރަމެންނަށް އެނގޭ ކަމަކީ 10 ޕޮއިންޓް ހޯދަން ޖެހޭކަން. މިއީ ވަރަށް ވާދަވެރި ގުރޫޕެއް. މިދިޔަ ސީޒަންގައި އަހަރަމެން ވާދަކުރި ގުރޫޕަށްވުރެ މާ އުނދަގޫ ގުރޫޕެއް،" އިންޒާގީ ބުންޏެވެ. "އަހަރަމެންނާ ދެކޮޅަށް ނުކުންނަ ޓީމުގެ ފެންވަރު އެނގޭ. އެއީ މި މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް."

މުބާރާތުގައި އޮތް އެންމެ ވަރުގަދަ އެއް ކްލަބާ ދެކޮޅަށް ބަޔާން ނުކުންނައިރު، އިޓާލިިއަން ސީރިއާގައި އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގައި އޭސީ މިލާން އަތުން ވަނީ ބަލިވެފަ އެވެ.

ބަޔާންއާ ދެކޮޅަށް މިރޭ އިންޓަ ކުޅޭ މެޗުގައި ވެސް އެ ޓީމުގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ އަށް ނުކުޅެވޭނެ އެވެ. ލުކަކޫ އަށް ދިމާވެފައިވާ އަނިޔާގެ މައްސަލަ އިން ސަލާމަތްވެ، އަލުން ކުޅެން ނުކުންނަން ވަގުތު ނަގާނެ ކަމަށް އިންޒާގީ ވަނީ ކުރިން ބުނެފަ އެވެ.

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ މިއީ އޭނާގެ ޓީމަށް ސީޒަނުގެ ކުރީކޮޅުގައި ރަނގަޅު ފޯމެއްގައި ކުރިއަށްދާން ބަލާއިރު މުހިންމު ޗެލެންޖެއް ކަމަށާއި މި ޓެސްޓުން ކުރި ހޯދައިގެން ނޫން ގޮތަކަށް ބޭނުންވާ މަންޒިލަށް ދާން އުނދަގޫވާނެ ކަމަށެވެ.

އިންޓަ އާއި ބަޔާން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox