ހުލާސާކޮށް އިއްޔެ: މިނީ ބަހުގެ ހިދުމަތާއެކު އާންމު ދަތުރުފަތުރުގެ އާ ސަފުހާއެއް ފެށުން

Sep 6, 2022, 1:24 AM
އެމްޓީސީސީން މާލޭގައި އިއްޔެ ފެށި މިނީ ބަހުގެ ހިދުމަތުގައި ބޭނުންކުރާ ބަހެއް މާލޭގެ މަގަކުން ދުއްވާފައި އަންނަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޓީސީސީން މާލޭގައި އިއްޔެ ފެށި މިނީ ބަހުގެ ހިދުމަތުގައި ބޭނުންކުރާ ބަހެއް މާލޭގެ މަގަކުން ދުއްވާފައި އަންނަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އާންމު ދަތުރުފަތުރުގެ ނިޒާމު ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރަން ނިންމާފައިވާ އެންމެ މުހިންމު އެއް މަސައްކަތް ކަމަށްވާ މާލޭގައި މިނީ ބަހުގެ ހިދުމަތް އިއްޔެ ރަސްމީކޮށް ފެށި އެވެ.

ކޮންމެ ދުވަހެއްގެ ފަތިހު 05:45 އިން ދަންވަރު 12:15 އަށް ބަސް ދަތުރުތައް އޮންނާނެ އެވެ.

މި ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތުގެ ދަށުން، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ހިންގަމުންދާ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ގެ ދަށުން ފެށި މި ހިދުމަތް ހޯދަން ފުރަތަމަ ދެ ހަފުތާގައި އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެ އެވެ. އެއަށްފަހު، ދަތުރަކަށް ނަގަން ނިންމާފައި ވަނީ 7ރ. އެވެ.

ސްކޫލްތަކުގެ ދަރިވަރުންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރު ކުރެވޭނެ އެވެ.

މާލޭގެ ތިން ރޫޓަކަށް ބަސް ދަތުރުކުރާނެ އެވެ. ސޯސަން މަގުގެ ރޫޓް އިން އަށް ތަނަކަށް ބަސް މަޑުކުރާނެ އެވެ. އަމީނީ މަގާއި އޯކިޑް މަގުގެ ރޫޓްގައި 18 ތަނަކަށް ބަސް މަޑު ކުރާނެ އެވެ.

މިނީ ބަހުގެ ހިދުމަތް ގާއިމްކުރުމަށް އެމްޓީސީސީން ވަނީ 41 މިނީ ބަސް ގެނެސް، ބަސްތައް ދުއްވަން މުވައްޒަފުން ތަމްރީނުކޮށްފަ އެވެ. ކޮންމެ މުވައްޒަފަކު ވެސް ޑިއުޓީއަށް އަރާނީ ބްރީފިންއަކަށް ފަހު ކަމަށް އެ ކުންފުނިން ބުނެ އެވެ.

މާލޭގައި ބޭނުން ކުރާނީ 18 ބަހެކެވެ. ދެން ހުރި ބަސްތައް ބޭނުންކުރަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ލ. އަތޮޅުގަ އެވެ.

މި ހިދުމަތް ފެށިއިރު މާލެ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން އެމްޓީސީސީން ދަނީ ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަމުންނެވެ. އެގޮތުން، މާލޭގެ ބޮޑެތި މަގުތަކުގެ ޕާކިން ޒޯނުތައް ހުސްކޮށް، ބަސް ދުއްވޭނެ މާހައުލެއް ގާއިމުކުރުމަށް މެދުކެނޑުމެއްނެތި ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ބައެއް މުހިންމު ހަބަރުތައް

  • އާއްމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރަން ސަރުކާރުން ވައުދުވެފައިވާ ގޮތަށް މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ތަސައްލީއަކަށް ވެގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ.
  • ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ސައީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ފެށުމުން އޭނާ އިސްތިއުފާ ދެއްވީ އިއްޔެ އެވެ.
  • ކްރިމިނަލް ކޯޓު މިހާރު ހިނގަމުންދާ އިމާރާތް ބާވެ ބޭނުން ނުކުރެވޭ ވަރު ވެފައި އޮތުމުން، ވަގުތީ ގޮތުން އެ ކޯޓު ހިންގުމަށް ބިމެއް ހަމަޖައްސައި، ނުވަތަ އިމާރާތެއް ކުއްޔަށް ހޯދަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގައި ބަޖެޓް ނެތް ކަން ރިޕޯޓްކުރީ އިއްޔެ އެވެ.
  • ގއ. ހޯޑެއްދޫގައި މަސް ފެކްޓްރީއެެއް އަޅަން ހޮރައިޒަން ފިޝަރީޒްއާ އެކު މީގެ 17 އަހަރުކުރިން ވެފައިވާ އެއްބަސްވުން ސަރުކާރުން ދަމަހައްޓަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުން އެ މައްސަަލަ ބަލައިދޭން މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ފިރުޝާން އިއްޔެ ހުށަހެޅުއްވި އެވެ.
  • 2033 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައުމަށް ކަނޑައަޅައި، އަދާލަތު ޕާޓީން ކުރިއަށް އޮތް 10 އަހަރު މަސައްކަތް ކުރާނެ ގޮތުގެ ސްޓްރެޓެޖިކް ޕްލޭނެއް ފާސްކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މިނީ ބަހުގެ ހިދުމަތް ފެށުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ:

ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން މިނީ ބަހުގެ ހިދުމަތް ފެށިގެން ދިޔުމަކީ، މިނިޒާމު ފުރިހަމަކުރުމުގައި ލިބުނު ކުރިއެރުމެއް. ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީ އަކަށް މި ހިދުމަތްވެ އިތުރަށް ތަރައްގީ ވެގެންދާނެ،"

ދުވަހުގެ ފޮޓޯ

ގައުމީ ބާސްކެޓް ޓީމް ޕްރެކްޓިސް ކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގައުމީ ބާސްކެޓް ޓީމް ޕްރެކްޓިސް ކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ބާސްކެޓް ޓީމް ޕްރެކްޓިސް ކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox