އެމްޖޭއޭގެ އާ އެކްސްކޯ އިންތިހާބުކޮށްފި

އެމްޖޭއޭގެ އާ އެކްސްކޯ މެންބަރުން؛ އެކްސްކޯގައި މުޅިން އާ ހަތަރު މެންބަރުން ހިމެނޭ

އެމްޖޭއޭގެ އާ އެކްސްކޯ މެންބަރުން؛ އެކްސްކޯގައި މުޅިން އާ ހަތަރު މެންބަރުން ހިމެނޭ

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އާ އެގްޒެކެޓިވް ކޮމިޓީއެއް ހޮވައިފި އެވެ.

މިއަދު ހަވީރު ސްޓެލްކޯ ހޯލުގައި ބޭއްވި އެ އެސޯސިއޭޝަނުގެ ކޮންގްރެސްގައި ވަނީ އަލަށް ހަތަރު މެންބަރުން އިންތިހާބުވެފަ އެވެ. ޖުމްލަ ހަތް މެންބަރުން ތިބޭ އެ ކޮމިޓީއަށް ދެން އިންތިހާބުވީ ކުރިން ވެސް ތިބި ތިން މެންބަރުންނެވެ.

ޖުމުލަ 78 ނޫސްވެރިން ބައިވެރިވި އެ ކޮންގްރެސްގައި އެމްޖޭއޭގެ ރައީސްގެ މަގާމަށް އިންތިހާބުކޮށްފައި ވަނީ ކުރިން ވެސް އެ މަގާމުގައި ހުރި ވަން އޮންލައިންގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާން އެވެ. އަދި، ނައިބު ރައީސް ކަމަށް އިންތިހާބު ކޮށްފައި ވަނީ ވަގުތު ނޫހުގެ ޑެޕިއުޓީ އެޑިޓަރު މުހައްމަދު ޔާމީނެވެ.

ސެކެޓްރީ ޖެނެރަލްގެ މަގާމަށް ކުރިން ވެސް އެ މަގާމުގައި ހުރި ދައުރުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހްމަދު ނާއިފު އިންތިހާބު ކުރިއިރު، ބަޖެޓް ސެކްރެޓަރީގެ މަގާމަށް ވެސް އިންތިހާބުކުރީ ކުރިން އެ މަގާމުގައި ހުރި އަދަދު ނޫހުގެ އެސޯސިއޭޓް އެޑިޓަރު ނާޒިމް ހަސަނެވެ.

މީގެ އިތުރުން އެމްޖޭއޭގެ އާންމު މެންބަރެއްގެ ގޮތުގައި ދައުުރު ނޫހުގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިން ނާޒިމް އިންތިހާބުކުރިއިރު، އެމްޖޭއޭގެ އެގްޒެކެޓިވް ކޮމިޓީގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ޖާގައަށް ވެސް މެންބަރުން ވަނީ އިންތިހާބުކޮށްފަ އެވެ.

އަންހެނުންނަށް ހާއްސަ ދެ މެންބަރުން އެމްޖޭއޭގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނުމަށް ނިންމާފައި ވަނީ މިދިޔަ ޖޫން މަހު ބޭއްވި އަހަރީ އާންމު ޖަލްސާގަ އެވެ. މިއަދު ބޭއްވި ކޮންގްރެސްގައި އެ ދެ މަގާމަށް ތިން މެންބަރުން ކުރިމަތިލި އެވެ. އެއީ ވަގުތު ނޫހުގެ ނޫސްވެރިޔާ އާމިނަތު ނިއުޝާ، އަދަދު ނޫހުގެ ނޫސްވެރިޔާ އައިޝަތު ނުޒުހާގެ އިތުރުން މިހާރު ނޫހުގެ ސީނިއާ ރިޕޯޓަރު އާސިމާ ނިޒާރެވެ. އެ މަގާމަށް އިންތިހާބުވީ ނުޒުހާ އާއި އާސިމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox