ނޭމާ އާއި އެމްބާޕޭ ޕީއެސްޖީ މޮޅުކޮށްދީފި

Sep 1, 2022, 4:42 AM
ނޭމާ އާއި އެމްބާޕޭ ޕީއެސްޖީ މޮޅުކޮށްދީފި

ޕެރިސް، ފްރާންސް (01 ސެޕްޓެމްބަރު) - ބްރެޒިލްގެ ނޭމާ އާއި ފްރާންސްގެ އެމްބާޕޭގެ މޮޅު ކުޅުމާއެކު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އިން ޓޫލޯސްގެ މައްޗަށް 3-0 ނަތީޖާއަކުން ކުރި ހޯދައިފި އެވެ.

ރޭގެ މޮޅާއެކު ފަސް މެޗުން 13 ޕޮއިންޓު ހޯދައިގެން ޕީއެސްޖީ އޮތީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނަގައި އުޅޭ ލެންސް އަދި ތިންވަނައިގައި އުޅޭ މާސޭއަށްވެސް ވަނީ 13 ޕޮއިންޓު ލިބިފަ އެވެ. ޕީއެސްޖީ ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެޓީމުން ފަސް މެޗުގައި 21 ގޯލު ޖެހިއިރު، ބައިކޮޅަށް ވަތް ހަތަރު ގޯލާއެކު ފައިދާ 17 ގޯލު އެބައޮތެވެ. ލެންސާއި މާސޭއަށް ލިބިފައިވަނީ ފައިދާ އަށް ގޯލެވެ.

ގިނަ ހަމަލާތަކެއް ޕީއެސްޖީ އިން ފޮނުވާލި ރޭގެ މެޗުގައި އެޓީމަށް ފުރަތަމަ ގޯލު ޖަހައިދިނީ 37 ވަނަ މިނެޓުގައި ނޭމާ އެވެ. މިއީ މެސީ އޭރިއާ ތެރެއަށް ޖައްސާލި ޕާހެއްގައި އޮފްސައިޑް މަޅިން ނެއްޓި އޭރިއާ ތެރެއަށް ވަދެ ނޭމާ ޖެހި ގޯލެކެވެ. މި ގޯލު ފުރަތަމަ ރެފްރީ ނިންމީ އޮފްސައިޑު ކަމަށެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ނޭމާ އޮންސައިޑް މަގާމެއްގައި ހުރުމުން ރެފްރީ ވަނީ އެއީ ގޯލެއްކަމަށް ނިންމާފަ އެވެ.

ޕީއެސްޖީގެ ދެވަނަ ލަނޑު އެމްބާޕޭ ޖެހީވެސް މެސީގެ އެހީތެރިކަމާއެކުގަ އެވެ. މެޗު ތެރެއިން މާކޯ ވެރާޓީ ކުރިއަށް ދިން ބޯޅައާއެކު އޭރިއާ ތެރެއަށް ވަދެ ކައިރީގައި ހުރި ޑިފެންޑަރު ބީޓުކޮށްލާފައި މެސީ ދިނީ އެމްބާޕޭ އަށެވެ. އޭނާ ވަނީ ތިރިތިން ބާރު ހަމާލާ އެއް ފޮނުވާލައި އެ ބޯޅަ ގޯލަށް ވައްދާލާފަ އެވެ.

ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ފަހު ލަނޑު ޖެހީ ޑިފެންޑަރު ހުއާން ބާނަޓު އެވެ. އޭރިއާ ބޭރުން އެމްބާޕޭ ފޮނުވާލި ބާރު ހަމަލާ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ލިބުނީ ބާނަޓަށެވެ. ބާނަޓު ވަނީ ފަސޭހަކަމާއެކު އެބޯޅަ ގޯލަށް ވައްދާލާފަ އެވެ.

ފްރާންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ލީގުގެ ދެވަނައިގައި އޮތް ލެންސް މޮޅުވީ ލޮރިއެންޓާ ވާދަކޮށް 5-2 އިންނެވެ. ތިންވަނައިގައި އޮތް މާސޭ މޮޅުވީ ކްލާމޮންޓާ ވާދަކޮށް 1-0 އިންނެވެ. ލިލް އާއި ނީސްގެ ކުރިމަތިލުން 2-1 އިން ކާމިޔާބުކުރީ ނީސް އެވެ. ރޭގެ ފަހު މެޗުގައި ރެނޭސް އިން ވަނީ ބްރެސްޓުގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކުރި ހޯދާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox