މިނިވަން ފިކުރަކީ ކޮބައިކަން ކިޔައިދެވޭނީ ސިއްރު އަޑުއެހުމެއްގައި: ދައުލަތް

ޕީޖީ ޝަމީމް --

ޕީޖީ ޝަމީމް --

ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާތަކެއްގައި ދައުވާ އުފުލި ސަބަބެއްގެ ގޮތުގައި "މިނިވަން ފިކުރު" ގެ ބަޔަކަށް ފާރަލުން ހިމަނާފައި އޮތުމުން، އެ ފިކުރަކީ ކޮބައިކަން ސާފުކޮށްދޭން ދިފާއުން އެދުމުން އެކަން ކުރެވޭނީ ސިއްރު އަޑުއެހުމެއްގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލްކުރާ ޕީޖީ އޮފީހުން މިކަން ފާހަގަކުރީ ބްލޮގަރު ޔާމީން ރަޝީދާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރު މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހުންގެ ޝަރީއަތުގަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު އޮންލައިންކޮށް ބޭއްވި އެ އަޑުއެހުމުގައި ދައުވާގައި އެ އިބާރާތް އޮތްކަން ފާހަގަކޮށްދެއްވީ ދިފާއީ ވަކީލަކަށް އަޑެހުމުގައި ބައިވެރިވި މުހައްމަދު ޔާމީނެވެ. އޭނާއަކީ ދައުވާކުރާ އެކަކު ކަމަށްވާ އަހުމަދު އިސްމާއީލް (ބުރު އަހަނދު) ގެ ގާނޫނީ ވަކީލެވެ.

Advertisement

އޭގެ ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލާގައި ހިމެނޭ މައުޟޫއީ ކަންކަން ދައުލަތަށް ކިޔައިދެވޭނީ ސިއްރު އަޑުއެހުމެއްގައި ކަމަށެވެ. ދައުލަތުން ވަނީ ދެން އަންނަ އަޑުއެހުމަކުން ފެށިގެން އަޑުއެހުންތައް ސިއްރުކޮށްދޭން ވެސް އެދިފަ އެވެ.

"މިނިވަން ފިކުރަކީ ކޮބައިކަން ވެސް ދައުލަތަށް ސާފުކޮށް ކިޔައިދެވޭނީ ސިއްރު އަޑުއެހުމެއްގައި،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވެސް ދެން ވިދާޅުވީ މިއަދުގެ އަޑުއެހުމަކީ އިބުތިދާއީ އަޑުއެހުމަކަށް ވެފައި، ދައުވާ ސާފުކޮށްދިނުމާއި ދައުވާއަށް ޖަވާބުދާރީވުމުގެ މަރުހަލާ އަދި އޮތުމުން އެ ކަން މި ވަގުތަށް ސާފުކޮށްދޭން ނުޖެހޭ ކަމެވެ.

މީގެ އިތުރަށް މިއަދުގެ އަޑުއެހުމުގައި ވެސް ދައުވާތަކުގެ މައުޟޫއީ އެއްވެސް ވާހަކައެއް ނުވަތަ ތަފްސީލްތަކާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަން ނެތުމުން ގާޒީ ނިންމެވީ ވެސް ހުޅުވާލައިގެން މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިއުމަށެވެ. އަދި ދެން ހުރި އަޑުއެހުންތައް ސިއްރު ކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.

ތިން މީހުންގެ ތެރެއިން އިސްމާއީލް އަބްދުއް ރަހީމް (އިސޫ) ދެކޮޅަށް އެ ދެ މަރުގެ މައްސަލައިގައި ވެސް ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އެހީތެރިވެދިނުމުގެ ކުށުގެ ދެ ދައުވާ އެވެ.

އަހުމަދު އިސްމާއިލް (ބުރު އަހަނދު) ގެ މައްޗަށް ކުރަނީ، ޓެރަރިޒަމް އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ. އެއީ ވެސް ދެ މަރުގެ މައްސަލާގަ އެވެ.

ދެން ހިމެނޭ އަހުމަދު މުއާޒް (ގަޓް މުއާ) އަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ އެއް ދައުވާ އެވެ. އެއީ ވެސް ރިލްވާނާއި ޔާމީން މަރައިލަން ރޭވުމުގައި އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

މި މީހުން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

މީގެ ކުރިން ގޮތް ނޭނގޭ މަރުތައް ތަހުގީގުކުރަން އެކުލަވާލި ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އެ ކޮމިޝަނުން ވަނީ އެ މަރުތައް ހިނގަން ދިމާވީ ދީީނީ ހަރުކަށި ފިކުރާއި "މިިނިވަން ފިކުރު" އާ ދެމެދު ހިނގައިދިޔަ ކަންކަމުގެ ތެރެއިން ކަމަށް ބުނެފަ އެވެ. އެކަމަކު މިނިވަން ފިކުރަކީ ސީދާ ކޮން ފިކުރެއް ކަމަށް އެ ބައްދަލުވުމުގައި ވެސް ވަކި ބުނެފައެއް ނުވެ އެވެ.

މިނިވަން ނޫހުގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އައިސިސް އަދި އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގަ އެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ނޫސްވެރިންގެ އެ ބައްދަލުވުމުގައި ކޮމިޝަނުން ބުނެފައިވެ އެވެ.

ބްލޮގަރު ޔާމީން ރަޝީދު މަރާލީ ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ. އޭނާ މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox