އޭލެވެލް ދަރިވަރުންނަށް ކޭމްބްރިޖް އިމްތިހާން ދޭން ނިންމި ސަބަބު ސާފުކޮށްދެއްވައިފި

އޭ ލެވެލް އިމްތިހާނު ހަދާ ދަރިވަރެއް: އެ އިމްތިހާނު ކެމްބްރިޖުން ދޭ އިމްތިހާނަށް ބަދަލުކުރަން ނިންމި ސަބަބު މިނިސްޓަރު ވަނީ ސާފުކޮށްދެއްވާފައި-- ފޮޓޯ: އަދަދު ފައިލް

އޭ ލެވެލް އިމްތިހާނު ހަދާ ދަރިވަރެއް: އެ އިމްތިހާނު ކެމްބްރިޖުން ދޭ އިމްތިހާނަށް ބަދަލުކުރަން ނިންމި ސަބަބު މިނިސްޓަރު ވަނީ ސާފުކޮށްދެއްވާފައި-- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގައި އޭލެވެލް ހަދާ ދަރިވަރުންނަށް ދެމުން ގެންދާ އެޑެކްސަލް އިމްތިހާންގެ ބަދަލުގައި ކޭމްބްރިޖް އިމްތިހާން ދޭން ނިންމި ސަބަބުތައް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ މިއަދު ސާފުކޮށްދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ އޭލެވެލް އިމްތިނަށް ގެނައި ބަދަލާ ގުޅިގެން ދަރިވަރުންގެ ކިޔެވުމާއި ނަތީޖާއަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކުރައްވާފަ އެވެ.

"[ކަމާ ގުޅޭ ހުރިހާ އިސްވެރިން ބޭއްވި] ބައްދަލުވުމުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ކެމްބްރިޖު އޯލެވެލް ހަދާފަ، އެޑެކްސެލް އޭލެވެލް ހަދާތީ އެ ޓްރާންސިޝަން ދަރިވަރުންނަށް ވަރަށް އުނދަގޫވާ ކަމަށް، އަދި އެ ކަމުގެ ސަބަބުން ވަރަށް ގިނަ ދަރިވަރުން އޭ ލެވެލް ފަށާފައި އޭލެވެލް ޑްރޮޕް ކުރާ ކަމަށް،" އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއް ބޯޑެއްގެ އިމްތިހާނަކަށް ދެ އިމްތިހާނު ވެސް ބަދަލުވެގެން ދިއުމުން އެކަމުގެ ފަސޭހަތައް ވަރަށް ބޮޑަށް ވެގެން ދާނެ އެވެ.

"އިންޓަނޭޝަނަލީ ފޯކަސްޑް އެގްޒާމެއް ދިވެހިރާއްޖޭގެ ކުދިން ހަދަންޏާ އެ ކުދިންނަށް މާބޮޑަށް ކޮންޓެކްސްޓުއަލީ ރިލެވެންޓް ވާނެ ސުވާލުތަކާ އެކަހަލަ ކަންތައްތައް، އެހެންކަމުން ދަރިވަރުންނަށް ފަސޭހަތަކެއް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންކަމުން ވަރަށް ބޮޑަށް މަޝްވަރާ ކުރެވި، އޭލެވެލް ކިޔައިދޭ ހުރިހާ ސުކޫލުތަކެއްގެ ޕްރިންސިޕަލުންނާއި މުދައްރިސުންނާ ހުރިހާ ބޭފުޅުން ލަފާ އެރުވީ އެޑެކްސެލްއަށް ވުރެ ކެމްބްރިޖު އޭލެވެލް މާ ރަނގަޅުވާނެއޭ ދިވެހިރާއްޖޭގައި،"

އިމްތިހާނު ބަދަލުކުރުމުން ކޮލިޓީއަށް ބަދަލު އަންނާނެ ކަމަށް ބުނެ ކިޔަމުން އަންނަ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދެ އިމްތިހާނަކީ ވެސް އެއް ލެވެލްގެ ދެ އިމްތިހާނު ކަމަށާއި މިފަދަ ނިންމުންތަކުގައި ބަލަނީ ވަކި މީހަކު ދެކޭ ގޮތަށް ވުރެ ބޮޑަށް ހެދިފައި ހުރި ދިރާސާތަކާއި ހެކިތަކަށް ކަމަށެވެ.

މީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީން އެޑެކްސެލްއާ ސީދާކޮށް މުއާމަލާތު ކުރެވެން ނޯންނާތީ ވެސް އުނދަގޫތަކެއް ކުރިމަތިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން އެ އެޑެކްސެލްއާ މުއާމަލާތު ކުރަނީ އަވައްޓެރި ލަންކާގައި ހުންނަ އޮފީހެއް މެދުވެރިކޮށް ކަމަށާއި އެ ކަމުގެ ސަބަބުން ވެސް ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

"އޭލެވެލް އިމްތިހާނު ދެ ފަހަރެއްގެ މަތީން އޭ ލެެވެލް ޕޭޕާ ވެސް ލީކުވެގެން ދިޔަ، އެހެންވީމާ މިކަހަލަ ކަންތައްތަކެއް ވެސް ޑިސިޝަން ނެގުމުގައި މިކަހަލަ ކަންކަން ވެސް އަސަރުކޮށްފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކެމްބްރިޖު އިމްތިހާނު ދޭނީ އަންނަ އަހަރު

އެޑެކްސަލް އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނު ދިނުމަށް ނިންމި ނަމަވެސް މި އަހަރު މަތީ ސާނަވީ ގްރޭޑް 11 ގައި ކިޔެވުން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

މިގޮތުން ކޭމްބްރިޖް އިންޓަނޭޝަލް އޭއެސް އަދި އޭލެވެލް ސިލަބަހަށް ކިޔަވައިދިނުމާއި އިމްތިހާނުތައް ފަށާނެ ގޮތުގެ ޝެޑިއުލް މިނިސްޓްރީން ވަނީ އާއްމު ކޮށްފަ އެވެ.

  • 2023-2024 ވަނަ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް އިމްތިހާނު ބޭއްވުން
  • 2024 ވަނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގައި އިމްތިހާނު ބޭއްވުން
  • 2024-2025ވަނަ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް އިމްތިހާނު ބޭއްވުން
  • 2025ވަނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގައި އިމްތިހާނު ބޭއްވުން

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox