އިންޓަ އާއި ރޯމާ މޮޅުވިއިރު، މިލާން އެއްވަރު

Aug 31, 2022, 4:33 AM
ލަނޑު ޖެހުމަށް ފަހު ރޯމާގެ ޑިބާލާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ރޯމާގެ ޑިބާލާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މިލާން (އޮގަސްޓް 31) - އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާއި ރޯމާ ކުޅުނު މެޗުތަކުން އެއްވަރުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން ކުޅުނު މެޗުގައި ސަސުއޯލޯއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެެވެ.

އަމިއްލަ ދަނޑުގައި މޮންޒާއާ ދެކޮޅަށް ރޯމާ ވަނީ 3-0 އިން މޮޅުވެފަ އެވެ. އިންޓަ އިން ވަނީ ކްރެމޮނީސޭ އަތުން 3-1 އިން މޮޅުވެފަ އެވެ. ރޭގެ ނަތީޖާތަކަށް ފަހު އެއް ވަނައިގައި އޮތީ ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ އެވެ. އެއީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނުވަ ޕޮއިންޓާ އެކު އިންޓަ އޮތްއިރު، ތިން ވަނައިގައި މިލާން އޮތީ އަށް ޕޮއިންޓް ހޯދައިގެންނެވެ.

އިންޓަ އިން ރޭގެ މެޗުގައި ލީޑުނެގީ ޔަކީން ކޮރޭއާ ޖެހި ގޯލުންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި އިންޓަގެ އެޑިން ޒެކޯ ފޮނުވާލި ބޯޅަ ކްރެމޮނީސޭގެ ކީޕަރު އަންޑްރޭއި ރާޑޫ އަތުގައި ޖެހިފައި ނުކުތް ވަގުތު ކޮރޭއާ ވަނީ ރީބައުންސް ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. މެޗުގެ 38 ވަނަ މިނިޓްގައި އިންޓަގެ ދެ ވަނަ ގޯލު ޖެހީ ނިކޯލޯ ބަރޭލާ އެވެ. މިއީ އޭރިއާތެރެއިން ހަކަން ޗަނޮނޮގްލޫ ނަގައިދިން ހުރަހަކުން ބަރޭލާ ވޮލީ އަކުން ޖެހި ގޯލެކެވެ.

މެޗުގެ 76 ވަނަ މިނިޓްގައި އިންޓަގެ ތިން ވަނަ ގޯލު ޖެހީ ލަޓާރޯ މާޓީނޭޒް އެވެ. އަނިޔާގެ ސަބަބުން ރޮމެލޫ ލުކާކޫ ކުޅުމާ ދުރުގައި ހުރި މި މެޗުގައި މާޓީނޭޒް ގޯލު ޖެހީ ބަރޭލާ ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ކްރެމޮނީސޭގެ ހަަމައެކަނި ގޯލު މެޗުގެ 90 ވަނަ މިނިޓްގައި ޖެހީ ޑޭވިޑް އޮކެރޭކޭ އެވެ. އޭނާ އޭރިއާބޭރުން ޖެހި ބޯޅަ ގޯލަށް ވަންއިރު، އިންޓަގެ ގޯލްކީޕަރު ސާމިރު ހަންޑަނޯވިޗަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ރޯމާ ދަނޑުގައި ރޭ ކުޅުނު މެޗުގެ 18 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިިދިނީ ޕައޮލޯ ޑިބާލާ އެވެ. ރޯމާގެ ފޯވާޑް ޓެމީ އަބްރަހަމް ބޮލުން ޖައްސާލި ބޯޅައެއް ހާފުގެ މެދެއްހާ ހިސާބުން ހިފައިގެން ގޮސް، އޭރިއާތެރެއަށް ވަދެ، ޑިބާލާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. މެޗުގެ 32 ވަނަ މިނިޓްގައި ރޯމާގެ ދެ ވަނަ ގޯލު ޖެހީ ވެސް ޑިބާލާ އެވެ. މިއީ ޓަމީ އަބްރަހަމް ޖެހި ބޯޅައެއް މޮންޒާގެ ކީޕަރު މިޝޭލޭ ޑި ގްރެގޯރިއޯ އަތުގައި ޖެހިފައި ނުކުތްވަގުތު ޑިބާލާ ރީބައުންސް ބޯޅައަކުން ޖެހި ގޯލެކެވެ. ޑިބާލާ ހެޓްރިކް ހަދަން ޖެހި ޝޮޓް ކީޕަރު ގްރެގޯރިއޯ ވަނީ މަތަކޮށްފަ އެވެ.

މެޗުގައި ރޯމާ އަށް ތިން ވަނަ ގޯލު ޖަހައިިދިނީ 61 ވަަނަ މިނިޓްގައި ރޮޖާ އިބާނިއޭޒް އެވެ. މިއީ ލޫކަސް ޕެލެގްރީނީ ނެގި ކޯނަރަކުން އިބާނިއޭޒް ބޮލުން ޖެހި ގޯލެކެވެ.

ސަސުއޯލޯ ދަނޑުގައި ރޭ އެ ޓީމަށް މިލާން މޮޅަށް ގޯލު ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން މެޗުގެ 23 ވަނަ މިނިޓްގައި ސަސުއޯލޯގެ ޑޮމެނިކޯ ބެރާޑީ ޖެހި ޕެނަލްޓީ މިލާންގެ ފްރާންސް ގޯލްކީޕަރު މައިކް މައިންގްނޯން ވަނީ މަތަކޮށްފަ އެވެ. މި މެޗުގައި މިލާނަށް ސަސުއޯލޯ ގޯލަށް އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox