ފިޝަރީޒް މިނިސްޓަރު، ރައްޔިތުންގެ ހައްގަށްވުރެ ބޮޑަށް ހޮރައިޒަން ދިފާއުކުރަން އުޅުމުގެ ތުހުމަތު

ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ހޯޑެއްދޫ މައްސަލައިގައި މިނިސްޓަރު ހޮރައިޒަން ދިފާއުކުރައްވާ ކަމަށް މެމްބަރަކު މިއަދު ތުހުމަތުކުރެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ހޯޑެއްދޫ މައްސަލައިގައި މިނިސްޓަރު ހޮރައިޒަން ދިފާއުކުރައްވާ ކަމަށް މެމްބަރަކު މިއަދު ތުހުމަތުކުރެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ގއ. ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖެއް އަޅަން މީގެ 17 އަހަރު ކުރިން، ހޮރައިޒަން ފިޝަރީޒްއަށް ދޫކޮށްފައިވާ ބިމުގައި އެ މަސައްކަތް ނުކޮށް އޮތް ސަބަބާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވާހަކަ ދެއްކެވީ އެ ކުންފުނީގެ ދިފާއުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ތުހުމަތުކުރައްވައިފި އެވެ.

ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖް އަޅަން ހޮރައިޒަންއަށް ދިން ބިމުގައި އެ މަސައްކަތް ނުފަށާތީ މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ބޭއްވި ޖަލްސާގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ނުފަށާ އޮތީ ހޮރައިޒަންއަށް ފައިދާ ނުވާނެތީ ކަމަށެވެ. ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖް އަޅައިގެން ހޮރައިޒަންއަށް ފައިދާއެއް ނުވާ ގޮތުގެ ތަފްސީލު އެ ކުންފުންޏާ ހަވާލާ ދެއްވައި މިނިސްޓަރު ހުސައިން އެ ދުވަހު ދެއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ކުރެއްވި ސުވާލުގައި ފިރުޝާން އެއްސެވީ ހޯޑެއްދޫގައި ހޮރައިޒަން އިން ހަދަން ފަށާފައިވާ މަސް ފެކްޓްރީ ނިންމަން ދީފައިވާ މުހުލަތަކީ ކޮބައިތޯ އެވެ. އެ މަސައްކަތް ނުނިމި 17 އަހަރު ވީ އިރު މިނިސްޓްރީން އެޅި ފިޔަވަޅަކީ ކޮބައިތޯ ވެސް މެމްބަރު ސުވާލުކުރެއްވި އެވެ.

އެ ސުވާލުތަކަށް ދެއްވި ޖަވާބުގައި މިއަދު ވެސް މިނިސްޓަރު ދެއްވީ ހޮރައިޒަންއަށް ކުރިމަތިވި ގޮންޖެހުންތަކުގެ ތަފްސީލެވެ. ހޮރައިޒަންއާ ހަވާލާ ދެއްވައި އެ ތަފްސީލު ދެއްވި އިރު އެކަމުގައި ހޮރައިޒަން ފިޝަރީޒްގެ މައްސަލައެއް އޮތް ކަމަށް ނުވުމުން، މެމްބަރު ފިރުޝާން ދެވަނަ ފުރުސަތެއް ހޯއްދަވައި، ތުހުމަތު ކުރެއްވީ މިނިސްޓަރު ދިފާއުކުރައްވަނީ ހޮރައިޒަން ކަމަށެވެ.

"އިއްޒަތްތެރި ވަޒީރަށް މިތަނުގައި ޖަވާބެއް ނުދެއްވޭނެ އެ ކުންފުނީގެ ފަރާތުންނެއް. ވަޒީރެއްގެ ހައިސިއްޔަތުން އިއްޒަތްތެރި ވަޒީރު މިތަނުގައި ޖަވާބު ދެއްވަން ވާނީ،" ފިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑރ. ހުސައިންއަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރައްވާ ވަޒީރެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފެދޭ ކަމަށެވެ.

ފިރުޝާންގެ އެ ވާހަކައަށް ރައްދު ދެއްވަމުން ހުސައިން ވިދާޅުވީ އޭނާއަށް ދެއްވޭނީ ހޯޑެއްދޫ ކޯލްޑް ސްޓޯރޭޖްގެ އެޅުމުގެ މަޝްރޫއާ ބެހޭ ގޮތުން މިނިސްޓްރީގެ ފައިލްތަކުގައި ހުރި މައުލޫމާތު ކަމަށެވެ. އެހެން ވިދާޅުވެ ވާހަކަ ދައްކަވަން ފެއްޓެވުމުން ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ފިރުޝާން ތުހުމަތު ކުރެއްވީ މިނިސްޓަރު އިތުރުފުޅުހައްދަވާ ކަމަށެވެ.

އޭގެ ފަހުން ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވެސް ތުހުމަތު ކުރެއްވީ މިނިސްޓަރު ހުސައިން ވާހަކަ ދައްކަވަނީ ހޮރައިޒަންގެ ދިފާއުގައި ކަމަށެވެ. އޭނާ ވިދާޅުވީ ހޮރައިޒަންއާ ބެހޭ ގޮތުން މިނިސްޓަރާ ސުވާލުކުރުމަކީ ބައްޕައާ ބެހޭ ގޮތުން ދަރިއަކާ ސުވާލުކުރުން ކަހަަލަ ކަމެއް ކަމަށެވެ.

"ހޮރައިޒަންގެ ވާހަކަ ޑރ. ހުސެން ގާތު އެހުމަކީ ހަމަ ދަރިފުޅު ކައިރީ ބައްޕަ ބަސްއަހާތޯ އެހުން ކަހަަލަ ކަމެއް އިނގޭތޯ،" ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު މިއަދު ދެއްވި ޖަވާބު

ހޯޑެއްދޫގައި 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އަޅައި މަަސްގަތުމުގެ މަސައްކަތް ފަށަން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސަރުކާރުން 2005 ވަނަ އަހަރު ހޮރައިޒަން ފިޝަރީޒްއާ އެކު އެއްބަސްވުމެއް ހެދީ 2005 ވަނަ އަހަރު އެވެ.

އެ މަސައްކަތް ފުރަތަމަ ފަހަރު ލަސްކުރީ މިނިސްޓަރު ހުސައިން މިއަދު ވިދާޅުވި ގޮތުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުން ތިބޭނެ ވަގުތީ ތަނެއް އަޅަން އިތުރު ވަގުތު ބޭނުންވާތީ އާއި ދަގަނޑާއި ތެލުގެ އަގު ބޮޑުވުމުން މަސައްކަތުގެ ޖުމްލަ އަގު 30 ޕަސެންޓުން ބޮޑުވުމުންނެވެ. އެހެންވެ ހޮރައިޒަން އިން އިތުރު ވަގުތު ދޭން އެދުމުން، 2006 ގައި ނިންމަން ޖެހޭ އެ މަސައްކަތް 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިލަށް އިތުރުކޮށްދީފައިވާ ކަމަށް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ހުސައިން ވިދާޅުވި ގޮތުގައި ދެވަނަ ފަހަރަށް މަސައްކަތް ލަސްވި ސަބަބެއް ކަމަށް ހޮރައިޒަން އިން ސަރުކާރަށް މައުލޫމާތު ދީފައި އޮތީ ހޯޑެއްދޫ ބަނދަރު ފުންކުރި އިރު ނެގި ވެލި ކޯލްޑް ސްޓޯރޭޖް އަޅަން ދީފައިވާ ސަރަހައްދުގައި ބަހައްޓާފައި ހުރުމެވެ. އެފަހަރު ހޮރައިޒަން އިން ބުނި ކަމަށް މިނިސްޓަރު ވިދާޅުވީ ވެލިފުނި ނުނެގޭތީ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމޭނެ ތާރީހެއް ލަފާކުރަން ދަތި ކަަމަށެވެ.

"އަޅުގަނޑުމެންގެ ލިޔެކިއުން ދައްކާ ގޮތުން ބަނދަރު ކޮނެގެން ނަގާ ވެލިތައް، ފުރަތަމަ ދެކެވުނު ވާހަކަތަކުގައި ޕްލޭނިން މިނިސްޓްރީން ބޭނުންފުޅުވީ ހޯޑެއްދުއާ ޖެހިގެން އޮތް މަޑަވެއްޔާ ދޭތެރެ ހިއްކުމަށް ބޭނުންކުރަން. އެކަމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް ވެސް ހިމެނޭ ގޮތަށް ޕްލޭނިން މިނިސްޓްރީއާ ވާހަކަ ދެކެވިފައިވާ ކަަމަށް ލިޔެކިއުމުން ފެނޭ. ކޮންމެެއަކަސް އެގޮތުން ނެގި ވެލީގެ ބޮޑު ބައެއް ބަހައްޓާފައި ހުރީ ކޯލްޑް ސްޓޯރޭޖް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި،" ހުސައިން ވިދާޅުވި އެވެ.

ތިން ވަނަ ފަހަރަށް މަސައްކަތް ލަސްކުރީ ހޮރައިޒަންއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން 2010 ވަނަ އަހަރު (އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި) އިސްލާހުކޮށްދިނުމުންނެވެ. އެފަހަރު ހޮރައިޒަންއަށް ފުރުސަތު ދިނީ ވެލި ފުނި ނަގައިގެން ގޮންގޮސް އަޅާނެ ތަނެއް ދައްކާތާ 24 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވެލިފުނި ގެންދަން ޖެހެނީ ހޮރައިޒަންގެ ސައިޓާ ދުރަށް ނަމަ އެކަމަށް ހިނގާ އަގު ދޭން ވެސް ސަރުކާރުން އޭރު އެއްބަސްވި އެެވެ.

"މި އެއްބަސްވުމާ ގުޅިގެން ވެލިއަޅާނެ ތަނެއް ސަަރުކާރުން ކަނޑައަޅައި ހޮރައިޒަން ފިޝަރީޒްއަށް ދެއްކި ކަމަށް ލިޔެކިއުންތަކުން ފެންނާކަށް ނެތް،" ހުސައިން ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީގެ ޓީމެއް ހޯޑެއްދުއަށް ދިޔަ އިރު އެ ވެލިފުނި ވަނީ ހޮރައިޒަންގެ ސައިޓުން ނަގައިފަ އެވެ. އޭގެ ކުރިން ކުރި ދަތުރުތަކުގައި އެ ވެލިފުނި ނަގާފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް 2019 ވަނަ އަހަރު ވެސް ހޮރައިޒަން އިން ސަރުކާރަށް މައުލޫމާތު ދިންކަން ހުސައިން ދެއްވި ތަފްސީލުން އެނގެ އެވެ. އެހެން ނަމަވެސް އެ މައުލޫމާތު ދޭން އެ ކުންފުނިން ފޮނުވި ސިޓީއާ އެކު އެކަށީގެންވާ ވޯކްޕްލޭނެއް ހުށަހަޅާފައި ނުވާތީ އެފަދަ ވޯކްޕްލޭނެއް ހުށަހަޅަން ސަރުކާރުން އެންގި އެވެ.

"ކޯލްޑް ސްޓޯރޭޖް ނިންމަން ރާވާ ގޮތުގެ އާ ވޯކް ޕްލޭނެއް 10 ޖޫން 2019 ގަ ހުށަހަޅަން ހޮރައިޒަން ފިޝަރީޒަށް ލިއުމުން އަންގާފައިވޭ،" ހުސައިން ވިދާޅުވި އެވެ.

އެ ފަހަރު ހޮރައިޒަން އިން ބުނީ ކޯލްޑް ސްޓޯރޭޖް އަޅަން ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ފައިސާ ހޯދަން ހައެއްކަ މަސް ދުވަސް ހޭދަވެދާނެ ކަމަށެވެ. ފައިސާ ހަަމަޖެހުމުން އެ މަސައްކަތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެ ކުންފުނިން ބުނި ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.

ވޯކް ޕްލޭނެއް އަލުން ހުށަހަޅަން މިނިސްޓްރީން 2020 ވަނަ އަހަރު އެންގުމުން ހޮރައިޒަން އިން ބުނީ ކޮވިޑް-19 އާ ހެދި މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. އެހެންވެ މަސައްކަތް މުއްދަތަށް ނިންމައި ނުލެވިދާނެ ކަމަށް ބުނެފައިވާ ކަމަށާއި ކޯލްޑް ސްޓޯރޭޖް އަަޅަން ގެންގޮސްފައި ހުރި މުދާތައް 2012 ވަނަ އަހަރު އަންދާލާފައިވުމަކީ ވެސް މަސައްކަތް ލަސްވި ސަބަބެއް ކަމަށް ހޮރައިޒަންއާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox