މޮނާކޯ އަތުން ޕީއެސްޖީ ސަލާމަތްކޮށްދިނީ ނޭމާ

Aug 29, 2022, 4:24 AM
ގޯލު ޖެހުމަށް ފަހު ނޭމާ (ކ) އާއި ޕްރެސްނެލް ކިމްޕެމްބޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގޯލު ޖެހުމަށް ފަހު ނޭމާ (ކ) އާއި ޕްރެސްނެލް ކިމްޕެމްބޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޮގަސްޓް 29) - ފްރެންޗް ލީގުގައި ރޭ ނޭމާ ޖެހި ޕެނަލްޓީން މޮނާކޯއާ 1-1 އިން އެއްވަރުކޮށް، ޕީއެސްޖީ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

އާ ކޯޗު ކްރިސްޓޮފް ގަލްޓިއޭއާ އެކު ޕީއެސްޖީން ލީގު ސީޒަން ފެށީ ފުރަތަމަ ތިން މެޗުން މޮޅުވެގެންނެވެ. އެކަމަކު، ރޭ ޕީއެސްޖީ އަށް ކުރިމަތިލާން ޖެހުނީ ތަފާތު ޗެލެންޖަކާ އެވެ.

ޕީއެސްޖީގެ ޑިފެންސްލައިން ކުރިއަށް ޖެހިގެން ތިބި ވަގުތެއްގައި ފަހަތަށް އައި ބޯޅައެއް ހޯދައި، މޮނާކޯގެ ފޯވާޑް ކެވިން ވޮލަންޑް ވަނީ އެ ޓީމަށް މެޗުގެ 20 ވަނަ މިނިޓްގައި ލީޑުނަގައިދީފަ އެވެ. މޮނާކޯ އަށް ލީޑުފުޅާކޮށްދޭން، ފުލްބެކް، ކާލޯ ހެންރީކޭ ޖެހި ހިލޭ ޖެހުން ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 35 ވަނަ މިނިޓްގައި ޕީއެސްޖީ އަށް އެއްވަރުކޮށްދޭން ލިބުނު ރަނުގެ ފުރުސަތެއް ކީލިއަން އެމްބާޕޭ އަތުން ވަނީ ގެއްލިފަ އެވެ. އޭރިއާބޭރުން ޕީއެސްޖީގެ ލިއޮނަލް މެސީ ޖެހި ބާރު ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި އޭރިއާތެރެއިން އެމްބާޕޭ އަށް ލިބުމުން ހުސް ގޯލަކަށް ފޮނުވާލަން ލިބުނު ފުރުސަތުގައި އޭނާ ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ޕީއެސްޖީން އެއްވަރުކުރީ 70 ވަނަ މިނިޓްގައި ނޭމާ ޖެހި ޕެނަލްޓީންނެވެ. މިއީ ނޭމާ އަށް މޮނާކޯގެ ޑިފެންޑަރު، ގިލެރްމޭ މަރިޕަން ކުރި ފައުލަަކަށް ދިން ޕެނަލްޓީއެކެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ކުޅުނު ފަސް މެޗުން ނޭމާ ޖެހި އަށް ވަނަ ގޯލެވެ.

މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ގަލްޓިއޭ ބުނީ ފުރަތަމަ ހާފުގައި އޭނާގެ ޓީމަށް ކުޅެން އުނދަގޫވި ކަމަށާއި އެކަމަކު ދެ ވަނަ ހާފުގައި ދެއްކި ކުޅުމަށް ބަލާއިރު، މޮޅެއް ހައްގުވާ ކަމަށެވެ.

ފްރެންޗް ލީގުގައި ރޭ މާސޭ ވަނީ 3-0 އިން ނީސް ދަނޑުގައި މޮޅުވެފަ އެވެ. މާސޭގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މި ފަހަރުގެ ޓްރާންސްފާގައި އިންޓަ މިލާންގެ ކޮންޓްރެކްޓް އުވާލައި، މާސޭ އަށް ބަދަލުވި ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް އެވެ. އަނެއް ލަނޑު ޖެހީ އާސެނަލްގެ ލޯން އެއްބަސްވުމެއްގެ ދަށުން މާސޭ އަށް ކުޅެމުން އަންނަ ނޫނޯ ޓަވާރޭސް އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އާއި ދެ ވަނައިގައި އޮތް މާސޭ އަދި ތިން ވަނައިގައި އޮތް ލެންސަށް ވެސް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox