އިންޑިއާގައި ގަވާއިދާ ހިލާފަށް އިމާރާތްކޮށްފައި ހުރި ދެ ޓަވަރެއް ބިމާ ހަމަކޮށްލައިފި

Aug 29, 2022, 1:16 AM
އުއްތަރު ޕްރަދޭޝްގެ ނޮއިޑާގައި ހުރި ސުޕަޓެކް ޓްވިން ޓަވަރު އިއްޔެ ގޮއްވާލަނީ.

އުއްތަރު ޕްރަދޭޝްގެ ނޮއިޑާގައި ހުރި ސުޕަޓެކް ޓްވިން ޓަވަރު އިއްޔެ ގޮއްވާލަނީ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ގަވާއިދާ ހިލާފަށް އިމާރާތްކޮށްފައި ހުރި 40 ބުރީގެ ދެ ޓަވަރު ތަޅާލަން ކޯޓުން ކުރި އަމުރު ނުވަ އަހަރަށް ފަހު އާދީއްތަ ދުވަހު ތަންފީޒުކޮށްފި އެވެ.

އިންޑިއާގައި ގަވާއިދާ ހިލާފަށް ހަދާ އިމާރާތްތައް ގިނަވި ނަމަވެސް ބޮޑެތި އިމާރާތްތައް ތަޅާލުމަކީ މަދުން ނޫނީ ނުފެންނަ ކަމެކެވެ.

އުއްތަރު ޕްރަދޭޝްގެ ނޮއިޑާގައި ހުރި ސުޕަޓެކް ޓްވިން ޓަވަރު ވެގެން ދާނީ އިމާރާތްކުރުމުގެ ގަވާއިދާ ހިލާފުވެގެން އިންޑިއާގައި ތަޅާލި އެންމެ ބޮޑު އިމާރާތަށް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.

އެ ދެ ޓަވަރު ގޮއްވާލަން ނެގީ 15 ސިކުންތެވެ. ނަމަވެސް އުފެދުނު ހިރަފުހާއި ދުން މައިތިރިވީ 12 މިނެޓު ފަހުންނެވެ.

ތިންސަތޭކަ ތިރީސް އަށް ފޫޓު އުސްކޮށް އިމާރާތްކޮށްފައި ހުރި މި އެޕާޓްމެންޓް ޓަވަރުތައް ތަޅާލަން ހައި ކޯޓުން 2014 ގައި އަމުރު ކުރީ، އެ ދެ ޓަވަރު ބިނާކުރަމުން ދިޔައީ ގަވާއިދާ ހިލާފު ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައިގަ އެވެ. އެ މަޝްރޫއުގެ ފުރަތަަމަ ޕްލޭންގައި ނުވަ ބުރީގެ 14 ޓަވަރު އިމާރާތް ކުރަން އޮތްއިރު، އިމާރާތް ކުރީ 40 ބުރީގެ ދެ ޓަވަރެވެ.

މި މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ދިގު ދެމިގެން ގޮސްފައި އޮއްވައި 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމީ ތިން މަސް ދުވަހުގެ ތެރޭގައި އިމާރާތް ތަޅާލުމަށެވެ.

އެ އަމަރު ތަންފީޒުކުރުން އަހަރަކަށް ދިގު ދެމިގެން ދިޔައީ "ޓެކްނިކަލް ދަތިތަކެއް" ހުރެގެން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

ދެ ޓަވަރު ގޮއްވާލުމުގެ ކުރިން އެ ސަރަހައްދުން 7000 މީހުން ވަގުތީ ގޮތުން އެހެން ސަރަހައްދުތަކަށް ވަނީ ބަދަލުކޮށްފަ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox