ކޭންގެ 200 ވަނަ ލީގު ގޯލާ އެކު ޓޮޓެންހަމަށް މޮޅެއް

Aug 28, 2022, 7:26 PM
ލަނޑު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮގަސްޓް 28) - ހެރީ ކޭންގެ ކެރިއަރުގައި ޖެހި 200 ވަނަ ލީގު ގޯލާ އެކު ޓޮޓެންހަމް ހޮޓްސްޕާސް އިން މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި 2-0 އިން ނޮޓިންހަމް ފޮރެސްޓް އަތުން މޮޅުވެއްޖެ އެވެ.

ކޭން، 29، ކެރިއަރުގައި މިރޭގެ ދެ ގޯލާ އެކު ވަނީ 200 ލީގު ގޯލު ހަމަކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހި 186 ގޯލާއި ދެ ވަނަ ޑިވިޝަން (ޗެމްޕިއަންޝިޕް)ގައި ޖެހި ނުވަ ގޯލާއި ލީގު ވަން (ތިން ވަނަ ޑިވިޝަން)ގައި ޖެހި ފަސް ގޯލެވެ. ޕްރިމިއާ ލީގުގައި ޓޮޓެންހަމަށް ކުޅުނު ކޭން ވަނީ ލޯން ޑީލެއްގައި ލެސްޓާ ސިޓީ އާއި މިލްވޯލް އަދި ލޭޓަން އޯރިއެންޓަށް ކުޅެފަ އެވެ.

ނޮޓިންހަމް ފޮރެސް ދަނޑުގައި މިރޭ ޓޮޓެންހަމަށް ލީޑުނަގައިިދިން ގޯލު ކޭން ޖެހީ މެޗުގެ ފަސް ވަނަ މިނިޓްގަ އެވެ. ޓޮޓެންހަމްގެ ވިންގް ޑޭޔާން ކުލުސެވްސްކީ ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު އޭރިއާބޭރުން ކޭން ޖެހި ބޯޅަ ތިރިތިރިން ގޮަސް އަމާޒުވީ ގޯލުގެ ދުުރު ކަނަށެވެ. ޓޮޓެންހަމަށް ލީޑުފުޅާކޮށްދޭން މެޗުގެ 56 ވަނަ މިނިޓްގައި ކޭން ފޮނުވާލި ޕެނަލްޓީ ނޮޓިންހަމްގެ ގޯލްކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ.

ނޮޓިންހަމް އިން ދެ ވަނަ ހާފުގައި ޓޮޓެންހަމް އަށް ޕްރެޝަރު ކުރި ނަމަވެސް ގޯލެއް ނުޖެހުނެވެ. ކޭން ވަނީ މެޗުގެ 81 ވަނަ މިނިޓްގައި ޓޮޓެންހަމަށް ދެ ވަނަ ގޯލެއް ޖަހައިދީ އެ ޓީމު މޮޅުކޮށްދީފަ އެވެ. މިއީ ރިޗާލިސަން ދިން ބޯޅައަކުން ކޭން ބޮލުން ޖެހި ގޯލެކެވެ.

މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މިއީ ވަރަށް އުނދަގުލުން ހޯދި މޮޅެއް ކަމަށާއި އެ ޓީމުން ކާމިޔާބު ހޯދީ ޓީމެއްގެ ގޮތުގައި ވަރަށް އުނދަގޫ ފައްތަރެއްގައި ކުޅެގެން ކަމަށެވެ. އަދި ސީޒަން ކުރިއަށްދާ ވަރަކަށް ޕްރެޝަރުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭއިރު، ޓޮޓެންހަމްގެ ޓީމު ރޫހު ރަނގަޅަށް އޮތުމަކީ ކޮންޓޭ އަށް އޮތް ހިތްހަމަޖެހުމެކެވެ.

މި މޮޅާ އެކު ޓޮޓެންހަމް އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތް އާސެނަލަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ، ތިން ވަނައިގައި އޮތް ޓޮޓެންހަމް އަދި ހަތަރެއްގައި އޮތް ބްރައިޓަން އަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފަ އެވެ.

ލީގުގައި މިރޭ ވުލްވްސް އާއި ނިއުކާސަލް ޔުނައިޓެޑްގެ މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ރުބެން ނެވޭސް އޭރިއާބޭރުން ޖެހި ގޯލަކުން ވުލްވްސް ލީޑުނެގި މި މެޗުގެ ފަހު މިނިޓްގައި އޭރިއާބޭރުން ވޮލީ އަކުން އެލަން ސެއިން މެކްސިމައިން ޖެހި ލަނޑުން ނިއުކާސަލް ވަނީ އެއްވަރުކޮށްފަ އެވެ. އެސްޓަން ވިލާ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް މޮޅުވީ ޕަބްލޯ ފޯނާލްސް ޖެހި ގޯލުން 1-0 އިންނެވެ. ވެސްޓް ހޭމް އިން ލީގުގައި ފުރަތަމަ މޮޅު ހޯދިއިރު، އެސްޓަން ވިލާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ، އެ ޓީމުގެ ކޯޗު ސްޓީވެން ޖެރާޑަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox