ރަށު ނޯޓު: މުހިންމު ބަނދަރަކަށްވި ގއ. ވިލިނގިލި

ގއ. އަތޮޅުގެ ވެރިކަން ކުރާ ރަށް، އަދި އެ އަތޮޅުގެ އިގުތިސޯދީ ހަބް، ވިލިނގިލި. -- ފޮޓޯ: އެފްބީ/ވިޒިޓް ގާފުއަލިފު

ގއ. އަތޮޅުގެ ވެރިކަން ކުރާ ރަށް، އަދި އެ އަތޮޅުގެ އިގުތިސޯދީ ހަބް، ވިލިނގިލި. -- ފޮޓޯ: އެފްބީ/ވިޒިޓް ގާފުއަލިފު

އިދާރީ ގޮތުން ހުވަދު އަތޮޅު ދެ އަތޮޅެއްގެ ގޮތުގައި ހަމަޖައްސައި ހުވަދު އަތޮޅު އުތުރު ބުރި އާއި ދެކުނު ބުރި ކަނޑައެޅީ މީގެ 61 އަހަރު ކުރިން، 1961 ވަނަ އަހަރު މާޗު 1 ގަ އެވެ. އެއަށް ފަހު އެ އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ވިލިނގިލި ކަމަށް ކަނޑައެޅި އެވެ. ނަމަވެސް، ރަށުގެ ތާރީހާއި ގަދީމީ ކަންކަން އެއަށް ވުރެ މާ ދޮށްޓެވެ.

ހުވަދު އަތޮޅުން ސީދާ ސިލޯނަށް ދަތުރު ކުރި ޒަމާނުގައި އެ ރަށަކީ ސިލޯނަށް ފުރާ އެންމެ ފަހު، އަދި އަންނައިރު އެންމެ ފުރަތަމަ ބަނދަރެވެ. ވިލިނގިލީ ތާރީހު ދިރާސާ ކުރައްވާ، ރައްޔިތުން ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު އަދުނާން ހަލީމް ވިދާޅުވީ އެ ޒަމާނުގައި އިގުތިސޯދީ ގޮތުން ވަރުގަދަ ބަނދަރަކަށް ވިލިނގިލި ވެގެން ދިޔައީ މަސްވެރި ކަމާއި ރަށުގެ ވިޔަފާރި އާއި މުއްސަނދިކަމުގެ ސަބަބުންނެވެ. ސިލޯނަށް ގެންދާނެ މަސް އެންމެ ގިނައިން ލިބޭ އެއް ރަށަކީ ވިލިނގިއްޔެވެ. އޮޑިފަހަރު ސިލޯނަށް ފުރުމަށް މުދާ ބަރު ކުރަނީ ވިލިނގިލިން ލިބޭ ހިކި ކަނޑުމަހަށް ބަލައިގެންނެވެ.

އެ ވަރުގެ ވަރުގަދަ އިގުތިސޯދެކެވެ. ރަށުގައި އުޅުނު ފަތިކޮއްޔަގެ ވާހަކައިން އެކަނި ވެސް ރަށުގެ މުއްސަނދިކަން އެނގެ އެވެ. އޭނާގެ މުއްސަނދިކަމުގެ ސަބަބުން، އެއްތަނުން އަނެއް ތަނަށް ހިނގާފައި ދިއުމަކީ ދެރަ ކަމެއްގެ ގޮތުގައި ދެކޭތީވެ، އެއްގަމުގައި ދުއްވާނެ ވެހިކަލެއްގެ ގޮތުގައި ފުރޮޅުލީ ކަނދުފައްޗެއް ލަކުޑިން ތައްޔާރުކޮށް ބޭނުންކުރި ކަމަށް ބުނެ އުޅެ އެވެ.

Advertisement

މިރަށް ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް ބަލާއިރު، މިހާރު އެއް ފަސްގަނޑެއްގެ ގޮތުގައި ފެންނަން އޮތަސް، އަދުނާނު ވިދާޅުވި ގޮތުގައި ކުރިން އެއީ ވަކިން އޮތް ތިން ރަށެވެ. ވިލިނގިލީގެ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތުން ދެ ރަށް އޮތެވެ. އެ ދެ ރަށް ވަކިވެފައި އޮތީ ޗަކަ ބިމުންނެވެ. ނަމަވެސް މިހާރު ރަށް ހިއްކައި އެ ދެ ރަށް ވެސް ވިލިނގިލީގެ ބަޔަކަށް ވަނީ ވެފަ އެވެ. ރަށުގައި ގުދުރަތީ ގޮތުން އޮތް ދެ ކުޅިއަކީ ތަފާތު ދިރުންތައް އާލާވެ ހެދޭ ދެ ކުޅި އެކެވެ. އެއް ކުޅީގައި ކުނާ ވިޔުމަށް ބޭނުންކުރާ ހައި ހެދޭއިރު، އަނެއް ކުޅީގައި ހެދެނީ ބުރައްވެވެ.

ގއ. ވިލިނގިލި
ގއ. ވިލިނގިލި

ގއ. ވިލިނގިލި

މި ރަށާ ގުޅިފައިވާ އެކަފަރަކީ ވެސް އާދަޔާ ހިލާފު ފަރެކެވެ. ގިނަ އަދަދެއްގެ ބޯޓުތައް އެކި ފަހަރު މަތިން އުރިފައިވެ އެވެ. އެ ފަރަށް އުރުނު ބޯޓުތަކުގެ ވާހަކަ ތާރީހުގެ ފަތްފުށްތަކުގައި ލިޔެވިގެން އައިސްފައި ވާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ހަސަން ނޫރައްދީން-1ގެ ރަސްކަމުގައި މީލާދީން 1797 ގައި އެކަފަރަށް އުރުނު އިންޑިއާގެ ސޫރަތުގެ ނަވެއްގެ ވާހަކަ އެވެ. އެ ނަވުގައި ވަރަށް ގިނަ އަދަދެއްގެ ރަންރިހީގެ ރިޔާލަ އާއި، ގަހަނާ ހުއްޓެވެ.

"އެ ހަބަރު ރަސްގެފާނަށް ލިބިވަޑައިގަތުމުން މިތަކެތި ގަނީމާ ކުރައްވައި ދައުލަތަށް ނަންގަވައި މާލެއަށް ގެންދަވައިފި އެވެ. އަދި މި ތަކެތި މާލެއަށް ގެންދަވައި މީގެތެރެއިން ވަރަށް ގިނަ ތަކެތި ރަސްގެފާނުގެ ހައްޖު ދަތުރުފުޅަށް އެ އަހަރު އަލަށް ބަނދެ ތައްޔާރު ކުރައްވަމުން ގެންދެވި ނާކޮޅަށް އަރުވައިފި އެވެ. މިދަތުރުފުޅު ކުުރެއްވީ އިތުރު އެހެން އުޅަނދަކާއެކު ވަރަށް ފުރިހަމަ އިއްޒަތުގަ އެވެ. ވަރަށް ފުރިހަމަ އަށް ދަތުރު ހައްދަވައިގެން ހަތިޔާރާއި، ބާރާއި، ތަނަވަސް ކަމާއިއެކުގަ އެވެ. އަރިހުގައި ލަޝްކަރީންނާއެކު 238 މީހުން ގެންދެވިއެވެ." އަދުނާން ހަލީމް ލިޔުއްވާފައިވެ އެވެ.

ރަދުންގެ ނާކޮޅުގައި ހުރި ރަންރިހީގެ ގަހަނާތަކާއި، ރިޔާލަތަކާއި، އެހެނިހެން މުދަލާއި، ތަކެއްޗާއި، ހަތިޔާރާއި، ބޮޑުބަޑިތަކުގެ މަޢުލޫމާތު މައްކާ ވެރިޔާ ޝަރީފް ޣާލިބަށް ލިބިވަޑައިގެންނެވުމުން، އެތަކެތި އަތުލައްވަން އެކި ގޮތްގޮތުން ދިމާކުރައްވައި، އުދަގޫ ކުރައްވައި އެންމެ ފަހުން ރަދުންގެ ނަވުގަ އާއި އޮޑިކޮޅުގައި ހުރިނަމަހުރި ހުރިހާ ތަކެއްޗެއް މައްކާގެ ވެރިޔާ އަތުލެއްވި ކަމަށްވެ އެވެ.

ރަސްގެފާނު އަވަހާރަވީ މައްކާގަ އެވެ. ބުނެވޭ ގޮތުގައި މައްކާގެ ވެރިޔާގެ ނުބައި ރޭވުމުން ރަސްގެފާނަށް ކަށިވިދުރި ޖައްސައި، އެ އާލާސްކަފުޅުގައި އަވަހާރަވީ އެވެ.

ވިލިނގިލީގެ ތާރީހަށް ފީނާލާއިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އާއިލާ ނިސްބަތްވަނީ ވެސް މި ރަށަށެވެ. މައުމޫނުގެ މައިފުށުގެ މާމާފުޅަކީ ވިލިނގިލީ މީހެކެވެ. ބައްޕާފުޅުގެ އާއިލާ ގުޅިފައި ވަނީ ޒެންޒިބާރުން ވިލިނގިއްޔަށް ލެއްގި ސަލީމްގެ މުހައްމަދު (ބަބުރު ނައިބު) އާ ކަމަށް އަދުނާނު ހަލީމު ވިދާޅުވެ އެވެ.

މިހާރު ވެސް ތަރައްގީ އާއި މުއްސަނދިކަމުގެ ގޮތުން ފާހަގަ ކޮށްލެވޭ މި ރަށަށް ދީފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ޕީ-2 އެވެ. ރަށުގެ އާބާދީ 5،800 އަށް ވުރެ މައްޗަށް ދިޔަ ނަމަވެސް ދިރިއުޅޭ އާބާދީއަކީ ގާތްގަނޑަކަށް 3،800 އެވެ.

ރަށުގެ އިގުތިސޯދުގެ މައިގަނޑު ހަރަކާތަކީ މަސްވެރިކަމެވެ. ރަނގަޅު ފެންވަރުގެ 15 މަސް ދޯނި އޮންނައިރު، ކުދި ދޯނި ފަހަރާއި ލޯންޗު ފަހަރާއި ބޯޓު ފަހަރު ގިނަ އެވެ. އާންމު ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާއިރު، މިހާރު ވެސް 40 ފިހާރަ އާއި ނުވަ ކެފޭ ހުރިއިރު، ހަ ގަރާޖާއި ތެލާއި ގޭސް ވިއްކާ ދެ ތަނެއް އެބަ ހުއްޓެވެ. އެހެނިހެން ވިޔަފާރީގެ 10 ތަނެއް ހުރެ އެވެ.

އެއްގަމު އުޅަނދު ފަހަރުގެ އަދަދުން ވެސް ތަނަވަސްކަން އެނގެ އެވެ. ރަށުގައި 550 އަށް ވުރެ ގިނަ ސައިކަލް ދުއްވާއިރު، ޕިކަޕާއި ކާރާއި އެހެނިހެން ވެހިކަލްތަކުގެ އަދަދު 25 އަށް ވުރެ ގިނަ އެވެ. މި ރަށުގައި ގްރޭޑް 12 އަށް ކިޔަވައިދޭއިރު، ސިއްހީ ހިދުމަތް ހުރީ ރަނގަޅު ފެންވަރެއްގަ އެވެ. އާންމު އެހެން ހިދުމަތްތައް އެބަ ހުއްޓެވެ. ސަރުކާރުގެ ގިނަ ގިނަ ހިދުމަތްތައް މިރަށުން ލިބޭއިރު މިއީ މި އަތޮޅުގެ އިދާރީ އަދި ވިޔަފާރި ހަބެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox