ކަނޑުތައް ހިމާޔަތް ކުރަން އެއްބަސްވުމަކަށް ނާދެވި، ފަސް ވަނަ ފަހަރަށް ފެއިލްވެއްޖެ

ކަނޑުތައް ހިމާޔަތް ކުރުމާ ބެހޭ އެއްބަސްވުމަކަށް ދިޔުމަށް ފަަސް ފަހަރު މަަޝްވަރާ ކުރި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ކަނޑުތައް ހިމާޔަތް ކުރުމާ ބެހޭ އެއްބަސްވުމަކަށް ދިޔުމަށް ފަަސް ފަހަރު މަަޝްވަރާ ކުރި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ދުނިޔޭގެ ކަނޑުތަކާއި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރަން އެއްބަސްވުމަކަށް ދިޔުމަށް ފަސް ވަނަ ފަހަރަށް ކުރި މަސައްކަތް ވެސް ފެއިލްވެއްޖެ އެވެ.

އދ. ގެ "ހައި ސީޒް" މުއާހަދާ ފާސްކުރުމާ ގުޅޭ މަޝްވަރާ ނިއު ޔޯކްގައި ކުރިއަށްދާތާ ދެ ހަފްތާ ވެއްޖެ އެވެ. އެކަމަކު ސަރުކާރުތަކުގެ ވެރިންނަށް މުއާހަދާގެ މާއްދާތަކާ މެދު އެއް ގަލަކަށް ނޭރުނެވެ.

titledesc

Advertisement

ދުނިޔޭގެ ތިން ބައި ކޮށްފައި ދެ ބަޔަކީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދު ނަމަވެސް، އޭގެ ތެރެއިން ހިމާޔަތްކޮށްފައި ވަނީ އެންމެ 1.2 ޕަސެންޓެވެ.

ކަނޑުތައް ހިމާޔަތް ކުރުމާ ބެހޭ ބައިނަލްއަގްވާމީ އެއްބަސްވުމެއްގައި އެންމެ ފަހުން ސޮއިކުރީ މީގެ 40 އަހަރު ކުރިން 1982 ގަ އެވެ. އެއީ އދ. ގެ ކަނޑުތަކުގެ ގާނޫނާ ބެހޭ މުއާހަދާ އެވެ.

"ހައި ސީޒް" ނަމުގައި ބައިނަލްއަަގްވާމީ ކަނޑުގެ ސަރަހައްދުން ހުރިހާ ގައުމަކަށް ވެސް މަސް ބާނައި، ދަތުރުކޮށް، ދިރާސާ ކުރެވޭނެ ހިސާބުތައް ކަނޑައެޅީ އެ މުއާހަދާގެ ދަށުންނެވެ.

މިހާރު ހިމާޔަތްކޮށްފައިވާ ކަނޑުގެ 1.2 ޕަސެންޓް ސަރަހައްދުން ބޭރުގައި އުޅޭ ކަނޑުގެ ދިރުންތަކަށް އެކި ނުރައްކާ އެބަ އޮތެވެ.

އޭގެ ތެރޭގައި މާ ގިނައިން މަސް ބޭނުމުން ނެތި ދިޔުމުގެ ބިރާއި މޫސުމީ ބަދަލުގެ ނުރައްކަލާއި ކަނޑު ދަތުރު ކުރުމުގެ ޓްރެފިކްގެ ސަބަބުން އޮތް ނުރައްކާ ހިމެނެ އެވެ.

އެއްބަސްވުމަކަށް ނާދެވުމުން އެންމެ ބޮޑު ނުރައްކަލެއް އޮތް ކަނޑުގެ ދިރުންތަކުގެ ތެރޭގައި ހިމެނެނީ މިޔަރާއި މަޑި، ވެލާ އަދި ބޮޑު މަސް ފަދަ ތަކެއްޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox