ސާއިދު، ހިމްނާ، ޖާއިޝާ އަދި ފަޒީލް ހުއްޓުވޭ ގޮތެއް ނުވި

Aug 26, 2022, 5:07 PM
ފަޒީލް ރޭސް ނިންމުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފަޒީލް ރޭސް ނިންމުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިހާރު ކުރިއަށްދާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި މިއަދު ކުރިއަށް ދިޔަ އިވެންޓުތަކުގައި ހަސަން ސާއިދު، އައިޝަތު ހިމްނާ ހަސަން، އައިމިނަތު ޖައިޝާ ޖުނީޒު އަދި ހުސައިން ފަޒީލް ހާރޫން (ފްލޭޝް) ހޯދި ރަން މެޑަލްއާ އެކު އެންމެ މޮޅު އެތުލީޓުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

މާލޭ ސިންތެޓިކް ޓްރެކްގައި ކުރިއަށްދާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި މިއަދު ކުރިއަށްދިޔަ ޓްރެކް އިވެންޓުތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކުރެވުނީ 200 މީޓަރު ދުވުމުގެ ފައިނަލް ހީޓުތަކާއި، 1500 ދުވުމުގެ ފައިނަލް ހީޓުތަކެވެ.

އެ ގޮތުން މިއަދު 200 މީޓަރުގެ ރޭސް ކާމިޔާބުކޮށްފައިވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު އެވެ. މިއަދުގެ ފައިނަލުގައި ވެސް ސާއިދު އާ އެންމެ ގާތުން ވާދަކުރީ އިއްޔެ އިއްޔެ 100 މީޓަރުގެ ފައިނަލުގައި ވެސް އޭނާ އާ ވާދަކުރި އިބާދުﷲ އާދަމް އެވެ. ސާއިދު ރަން މެޑަލް ހޯދީ 21.74 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިއެރުމާ އެކު 21.87 ސިކުންތުން އިބާދުﷲ ދެ ވަނަ ހޯދިއިރު، ތިން ވަނަ އަށް ދިޔައީ 22.70 ސިކުންތުން ރޭސް ނިންމި އިބްރާހިމް ނާހިލް ނިޒާރު އެވެ.

މިއަދުގެ 200 މީޓަރު ރޭހުގައި ސާއިދު (މ) ދުވަނީ: މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުގެ މަގާމަށް ސާއިދު ވާދަކުރޭ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މޮޅު އެތުލީޓުގެ އެވޯޑަށް ސާއިދު އާ ވާދަކުރާ ސިފައިންގެ ކްލަބްގެ، ފަޒީލް ވަނީ މިއަދު ކުރިއަށްދިޔަ 1500 މީޓަރު ދުވުން ކާމިޔާބުކޮށް މުބާރާތުގެ ދެ ވަނަ ރަން މެޑަލް ހޯދައިފަ އެވެ. އެ ގޮތުން، 4 މިނެޓު 14.32 ސިކުންތުން ފަޒީލް ރަން މެޑަލް ހޯދިއިރު، ދެ ވަނަ އަށް ދިޔައީ 4 މިނެޓު 12.88 ސިކުންތުން ރޭސް ނިންމި ޔޫސުފް އިބްރާހިމް އެވެ. ތިން ވަނަ އަށް ދިޔައީ 4 މިނެޓު 16.54 ސިކުންތުން ރޭސް ނިންމި މުހައްމަދު ރަޝީދު (މޯޑު) އެވެ.

ފަޒީލް އަށް ބާކީ އޮތީ 800 މީޓަރު ދުވުމުގެ ފައިނަލެވެ. މާދަމާގެ އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ މި އިވެންޓުގައި ފަޒީލް އާއި އެންމެ ގާތުން ވާދަކުރާނެ ކަމަށް ބެލެވެނީ އުއްމީދީ ދުވުންތެރިޔާ އަހުމަދު ވިސާމް އާއި މޯޑު އެވެ. މި ބައިގެ ރަން މެޑަލް ހޯދައިގެން ފަޒީލަށް ވެސް އެންމެ މޮޅު އެތުލީޓުގެ މަގާމުގެ ހޯދުމުގެ ފުރުސަތު ބޮޑު ކުރެވޭނެ އެވެ.

މި ފައިނަލުން ފަޒީލަށް ރަން މެޑަލް ގެއްލިއްޖެ ނަމަ ދެން ފުރުސަތު ބޮޑީ މިހާތަނަށް ދެ ރަން މެޑަލް ހޯދާފައިވާ ސާއިދު އަށެވެ. އެކަމަކު، އެއީ އޭނާ އަށް މާދަމާގެ 400 މީޓަރު ދުވުމުގެ ފައިނަލު ކާމިޔާބު ކުރެވިގެންނެވެ. މި ވަގުތުގެ ފޯމާއި ޓައިމިން އަށް ބަލާއިރު، ސާއިދު މި އިވެންޓު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑެވެ.

ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ، ހިމްނާ މިއަދުގެ 200 މީޓަރު ރޭސް ނިންމަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންހެން މޮޅު އެތުލީޓުގެ މަގާމަށް ވާދަކުރަމުން އަންނަ ހިމްނާ އަދި ޖާއިޝާ ވެސް ވަނީ މިއަދު ދުވި ފައިނަލުތައް ކާމިޔާބުކޮށްފަ އެވެ. އެ ގޮތުން ހިމްނާ ވަނީ އަންހެނުން 200 މީޓަރު ދުވުމުގެ ފައިނަލް 24.90 ސިކުންތުން ކާމިޔާބުކޮށްފަ އެވެ. ދެ ވަނަ އަށް ދިޔަ އަހުނާ ނިޒާރު ރޭސް ނިންމީ ނިންމީ 25.77 ސިކުންތުންނެވެ. ތިން ވަނަ އަށް ދިޔައީ 26.51 ސިކުންތުން ރޭސް ނިންމި އައިޝަތު ލަޔާނާ އެވެ.

ހިމްނާ ދެ ރަން މެޑަލް މިހާތަނަށް ހޯދާފައިވާއިރު، ޖާއިޝާ ދެ ވަނަ ރަން މެޑަލް މިއަދު ހޯދީ 1500 މީޓަރު ދުވުން ކާމިޔާބު ކޮށްގެންނެވެ. އެ ގޮތުން، 5 މިނެޓު 23.99 ސިކުންތުން ރޭސް ނިންމައިގެން ޖާއިޝާ އެއް ވަނަ ހޯދިއިރު، މަރިޔަމް އަބްދުލް ކަރީމް (މަރީ) ދެ ވަނަ އަށް ދިޔައީ 5 މިނެޓު 28.05 ސިކުންތުން ރޭސް ނިންމައިގެންނެވެ. ތިން ވަނަ އަށް ދިޔައީ 5 މިނެޓު 32.48 ސިކުންތުން ރޭސް ނިންމި އައިޝަތު ރާނިޔާ އެވެ.

މާދަމާ ޖާއިޝާ އަށް އޮތީ 800 މީޓަރުގެ ފައިނަލެވެ. މި އިވެންޓުން ޖާއިޝާ އެއް ވަނަ ހޯދައިގެން ތިން ރަން މެޑައްޔާ އެކު އެންމެ މޮޅު އެތުލީޓަށް ވާދަކުރެވޭނެ އެވެ.

ރޭހެއް ނިންމުމަށް ފަހު ޖާއިޝާ އުފާފާޅުކުރަނީ: އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމަށް ޖާއިޝާ ވެސް ވާދަކުރޭ.-- ފޮޓޯ: އަބްުދުﷲ އިޔާން/ އަދަދު

ޖާއިޝާއާ އެންމެ ގާތުން ވާދަކުރާ ހިމްނާ އަށް އޮތީ 400 މީޓަރު ދުވުމުގެ ފައިނަލެވެ. ހިމްނާ އަށް ވެސް މިހާތަނަށް ދެ ރަން މެޑަލް ވަނީ ލިބިފަ އެވެ. ރަން މެޑަލްގެ ނިސްބަތުން ދެ އެތުލީޓުން އެއްވަރުވެއްޖެ ނަމަ ދެން ބަލާނީ ލިބިފައިވާ ރިހި މެޑައްޔަށެވެ. އެ އަށް ފަހު އެތުލީޓުން މި މުބާރާތުގައި ހަދާފައިވާ މީޓު ރެކޯޑު ތަކަށެވެ.

އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ހިމްނާ އެވެ. އެކަމަކު، ގައުމީ ގްރޯން ޕްރީގެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ޖާއިޝާ އެވެ.

މައިލޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފަހު އިވެންޓުތައް ކުރިއަށްދާނީ މާދަމާ ހެނދުނާއި ހަވީރު އެވެ. ހަވީރު އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުގައި މޮޅު އެތުލީޓުން ހޮވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox