ތައިލޭންޑްގެ ބޮޑު ވަޒީރު ޒިންމާތަކުން އެކަހެރިކޮށްފި

ބޮޑު ވަޒީރު ޕްރަޔޫތް ޗާން އޮޗާ. -- ފޮޓޯ: ރޮއިޓާޒް

ބޮޑު ވަޒީރު ޕްރަޔޫތް ޗާން އޮޗާ. -- ފޮޓޯ: ރޮއިޓާޒް

ތައިލޭންޑްގެ ބޮޑު ވަޒީރު ޕްރަޔޫތް ޗާން އޮޗާ މަގާމުގެ ޒިންމާތަކުން ވަގުތީ ގޮތުން އެކަހެރި ކުރަން އެ ގައުމުގެ އެންމެ މަތީ ކޯޓުން ނިންމައިފި އެވެ.

ޕްރަޔޫތް ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވީ 2014 ވަނަ އަހަރު ބަގާވާތަކުންނެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ.

ތައިލޭންޑްގެ ގާނޫނު އަސާސީ ބުނާ ގޮތުން ބޮޑު ވަޒީރުކަމުގެ މަގާމުގައި އެކަކަށް ގިނަވެގެން ހުރެވޭނީ އަށް އަހަރެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުން ވަނީ މައްސަލަ ކޯޓަށް ވައްދާފަ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ ތެރޭގައި ވެސް ޕްރަޔޫތްއާ ދެކޮޅު މީހުން ގިނަ އެވެ. މި އަހަރު ތަކުރާރުކޮށް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓު ވެސް ނަގާފައިވެ އެވެ.

އިދިކޮޅު ފަރާތްތަކާއި އެކްޓިވިސްޓުން ބުނާާ ގޮތުގައި ޕްރަޔޫތްގެ ދައުރު ފެށުނީ ބަގާވާތުގެ ލީޑަރުގެ ގޮތުގައި ހުންނެވި އިރުގަ އެވެ. ބަގާވާތް ކުރީ މޭ 2014 ގަ އެވެ.

އާ އަސްކަރީ ސަރުކާރުގެ ބޮޑު ވަޒީރުގެ ގޮތުގައި އެމަނިކުފާނު އިއުލާން ކުރެއްވީ އޯގަސްޓް 2014 ގަ އެވެ. އެހެންކަމުން، މި ހަފްތާގައި އެމަނިކުފާނުގެ ދައުރު ނިމޭނެ ކަމަށް އިދިކޮޅުން ބުނެ އެވެ.

އެކަމަކު ޕްރަޔޫތްގެ ސަޕޯޓަރުން ބުނަނީ އެމަނިކުފާނުގެ ދައުރު ފެށީ އާ ގާނޫނު އަސާސީއާ އެކު 2017 ގައި ކަމަށެވެ. އަދި ބައެއް ފަރާތްތަަކުން ބުނީ ދަައުރު ފެށީ 2019 ގެ އިންތިހާބަށް ފަހުގައި ކަމަށެވެ.

ޕްރަޔޫތްގެ ސަޕޯޓަރުން ބުނާ ގޮތަަށް ކޯޓުން ނިންމައިފި ނަމަ، އާ އިންތިހާބެއް ކާމިޔާބުކޮށް 2027 ވަނަ އަހަރާ ހަމައަށް އެމަނިކުފާނު ވެރިކަމުގައި ހުންނެވުން އެކަށީގެންވެ އެވެ.

ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މަގާމުގެ ޒިންމާތަކުން އެމަނިކުފާނު ވަގުތީ ގޮތުން އެކަހެރިކޮށްފައިވާ އިރު، އެ މުއްދަތުގައި ޒިންމާތައް އަދާކުރައްވާނީ ބޮޑު ވަޒީރުގެ ނައިބު ޕްރަވިތް ވޮންގްސުވަަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox