ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން: ބުރު ބަލިކޮށް ސަސް އިން އިތުބާރު ހޯދައިފި

Aug 24, 2022, 1:02 PM
ބުރުގެ ނަވާޒް (ކ) ކައިރިން ސަސްގެ ސަހާއު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބުރުގެ ނަވާޒް (ކ) ކައިރިން ސަސްގެ ސަހާއު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން، ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފުރަތަމަ ޑިވިޝަނުގައި މަގާމު ދެމެހެއްޓުމަށް އިތުބާރު ހޯދައިފި އެވެ.

މިއަދު ފެށި ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ބުރު އާއި ސަސްގެ އިތުރުން ދެން އޮތީ، މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދިޔަ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ދެ ވަނަ ޑިވިޝަންގެ ރަނަރަޕް ކްލަބް ޓީނޭޖް އެވެ. މި ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ.

ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ސަސް އިން ވަނީ މިދިޔަ އާދިއްތަ ދުވަހު ހަވީރު ކުޅެން އޮތް އެފްއޭ ކަޕް ތިން ވަނަ ހޮވާ މެޗު ދޫކޮށްލައިފަ އެވެ. ސަސް އިން އެ މެޗު ދޫކޮށްލި މައްސަލަ އެފްއޭއެމުން ބަލާނެ ކަމަށް ވަނީ ބުނެފަ އެވެ.

Advertisement

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން ފުރަތަމަ 10 ވަރަކަށް މިނިޓް ސަސް އިން ކުރިއަށް ޖެހިގެން ކުޅެން މަސައްކަތް ކުރި ނަމަވެސް ފަހުން ބުރުން ވަނީ މަޑުމަޑުން މެޗުގެ ތެރެއަށް ވަދެފަ އެވެ. އޭގެ ފަހުން، ބުރަށް ލިބުނު ދެ ކޯނަރެއްގައި އެ ޓީމުން ގޯލެއް ޖަހަން ކުރި މަސައްކަތުގައި ސަސްގެ ގޯލު ބަލަހައްޓަމުން ދިޔަ ގޯލްކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ވަނީ ދެ ބޯޅައެއް އަަތަށް ނަގައިފަ އެވެ.

ބުރުގެ ވިންގް، މުހައްމަދު ތަޝްމީން (ތައްތި) އަށް ލިބުނު ފުރުސަތެއްގައި އޭނާ ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން ސަސްގެ ޑިފެންޑަރުން ވަނީ އެ އެޓޭކް ހުއްޓުވައިފަ އެވެ. ބުރުގެ ފޯވާޑް، ސާބިއާގެ ސްޓެފަން ޑުރިޗަށް ކުޅޭ ބޯޅަތައް ސަލާމަތްކުރުމުގައި ސަސްގެ ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) ވަނީ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ސަސްގެ ހުސާމް (ވ) އަތުން ބޯޅަ ހޯދަން ބުރުގެ މިރްޖަލޯލް މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވޯޓާ ބްރޭކަށް ފަހު އަލުން މެޗު ފަށައި އޭގެ ފަހުން ސަސް އިން ފުރުސަތު ހޯދަން ފެށި އެވެ. އެ ގޮތުން މެޗުގެ 32 ވަނަ މިނިޓްގައި އޭރިއާތެރެއިން ސަސްގެ އަލީ ނަސޫހު ރަޝީދު (ޕިލާ) އަށް ލިބުނު ފުރުސަތެއްގައި އޭނާ ބޯޅަ ފޮނުވާލި ނަމަވެސް ބުރުގެ ޑިފެންޑަރު، ބްރެޒިލްގެ ބްރޫނޯ އައްރަބާލް ޕަސަމާނީ ވަނީ އެ ބޯޅަ ޑިފެންސްކުރުމުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އޭގެ 10 ވަރަކަށް މިނިޓް ފަހުން، ސަސްގެ މުހައްމަދު ސަހާއު (ބޭލް)، އޭރިއާތެރެއަށް ވަދެ ޖެހި ބޯޅައެއް ވެސް ބްރޫނޯ ވަނީ ބްލޮކްކޮށްފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނިޓް ދެއްކި ނަމަވެސް މެޗުގެ ރެފްރީ ޝާތިރު އަބްދުﷲ ކަށިގަނޑު ފުމުނީ ވަގުތު ހަމަނުވަނީހެވެ. އެހެންވެ، ހަތަރު ވަނަ އޮފިޝަލަކަށް ހުރި ޝިފާން އަބްދުލް ރަހީމް ވަނީ އެކަން ޝާތިރުގެ ސަމާލުކަމަށް ގެނެސްފަ އެވެ. މިއާ އެކު ޖެހުނީ އަލުން ކުޅުން ފަށައި މެޗު އިތުރު ވަގުތު ފުރިހަމަ ކުރާށެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ސަސް އިން ލީޑުނެގި އެވެ. މި ގޯލު ޖެހީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ. ސަސްގެ ފުލްބެކް، އައިހަމް އަހުމަދު (އައިހު) ހިލޭ ޖެހުމަކުން ނެގި ހުރަސް އައްމަޑޭ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ސަސްގެ އައްމަޑޭ މިއަދުގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ: ސަސްގެ ގޯލު މި މެޗުގައި ޖެހީ އައްމަޑޭ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބުރަށް އެއްވަރުކޮށްދޭން މެޗުގެ 63 ވަނަ މިނިޓްގައި ހާފުގެ އެ ޓީމުގެ ތައްތި ހާފުގެ މެދެއްހާ ހިސާބުން ހިލޭ ޖެހުމަކުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އެ ބޯޅަ ހުރަސްދަނޑީގައި ޖެހުނީ ކީޕަރު ޝަފީއު އަތުގައި ޖެހިފަ އެވެ.

ލީޑުފުޅާކުރަން މެޗުގެ 77 ވަނަ މިނިޓްގައި ސަސް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ސަސްގެ ކުރިއަށް ކުޅޭ އަހުމަދު ހުސާމް ކޮންޓްރޯލް ކޮށްލުމަށް ފަހު ހުސްކޮށްލާފައި އޭރިއާތެރެއިން ޕިލާ އަށް ޖެއްސި ބޯޅަ އޭނާ ފޮނުވާލުމުގެ ކުރިން ބުރުގެ ކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) ވަނީ މަތަކޮށްފަ އެެވެ. އެ ބޯޅަ އަވަސްކޮށް ބުރުން އުފެއްދި ކައުންޓަ އެޓޭކެއްގައި އެ ޓީމުގެ ޖުމައިލް ޖަމީލް (ޖުމްބެ) އަށް ރަނގަޅަށް ބޯޅަ ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވެ، ފުރުސަތު ގެއްލުނީ އެވެ.

މެޗުގެ 80 ވަނަ މިނިޓްގައި ބުރުގެ އުޒްބެކިސްތާން މިޑްފީލްޑަރު، މިރްޖަލޯލް ކަސީމޯވް އޭރިއާބޭރުން ޖެހި ބޯޅަ ކީޕަރު ޝަފީއު ވަނީ މަތަކޮށްފަ އެވެ. ބުރުން ތަކުރާރުކޮށް ކުރަމުން ދިޔަ އެޓޭކްތަކުގައި މެޗުގެ 89 ވަނަ މިނިޓްގައި އެ ޓީމުގެ އަހުމަދު ރަޝީދު (އައްމަޑޭ) ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި ސަސްގެ ފޯވާޑް ހުސާމަށް ލިބުނު ފުރުސަތުގައި ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިން ކީޕަރު ޖަޒްލާން ކުރިއަށް އަރައި އެ ބޯޅަ ހޯދި އެވެ. އެކަމަކު، އިތުރު ވަގުތުގެ ފަހު ސިކުންތުގައި ސަސް އިން ދެ ވަނަ ގޯލު ޖެހި އެވެ. މިއީ ހިލޭ ޖެހުމަކުން އައިހު ޖެހި ގޯލެކެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ޖަޒްލާން އަތުގައި ޖެހިފަ އެވެ.

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި މިރޭ ކުޅޭ މެޗުގައި ދަ ގްރާންޑޭ ނުކުންނާނީ ޓީނޭޖާ ދެކޮޅަށެވެ. މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox