އިޓާލިއަން ލީގުގައި އެ ގައުމުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ކުޑަ

Aug 23, 2022, 4:55 AM
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ގަބްރިއެލޭ ގްރަވީނާ.-- ފޮޓޯ: އޭއެފްޕީ

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ގަބްރިއެލޭ ގްރަވީނާ.-- ފޮޓޯ: އޭއެފްޕީ

މިލާން (އޮގަސްޓް 23) - އިޓާލިއަން ލީގުގައި އެ ގައުމުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބޭ މިންވަރު ކުޑަވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ގަބްރިއެލޭ ގްރަވީނާ ވިދާޅުވެއްޖެ އެވެ.

އިޓާލިއަން ލީގުގެ އާ ސީޒަން ފަށައިގެން ކުރިއަށްދާއިރު، މިހާތަނަށް ފެނުނު މެޗުތަކާ މެދު ގްރަވީނާ ދެކޭ ގޮތެއް ހިއްސާކުރެއްވުމަށް މިޑިއާ އިން ވަނީ ސުވާލުކޮށްފަ އެވެ. ގްރަވީނާ ވިދާޅުވީ ފުރުސަތުތައް ހުރި ގޮތުން ކަންބޮޑުވާން ޖެހޭ ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ފުރަތަމަ މެޗުތަކުން މި ފެންނަނީ އެންމެ ޕޮޒިޓިވް މަންޒަރުތަކެއް ނޫން. ޓީމުތަކުން މެޗުތަކުގައި ކުޅެން ފުރުސަތު ލިބުނު 67 ޕަސެންޓް ކުޅުންތެރިންނަކީ ބިދޭސީން، މިއީ ޔަގީނުން ވެސް އިޓަލީގެ ފުޓްބޯޅަ އަށް ރަނގަޅު މަންޒަރެއް ނޫން،" ގްރަވީނާ ވިދާޅުވި އެވެ.

"މީގެ އެންމެ ބޮޑަށް ކަންބޮޑުވާން ޖެހޭ މައްސަލަ އަކީ އިޓަލީ ފުޓްބޯޅަ އަށް ޒުވާން ކުޅުންތެރިން ނެރެދޭން މަސައްކަތް ކުރި ކްލަބްތައް މިހާރު އެކަން މަޑުޖައްސާލާފައި، ޒުވާން ބިދޭސީ ކުޅުންތެރިންނަށް ފުރުސަތު ދޭން ފެށި މަންޒަރު ފެނުން. އަހަރެމެން އެބަޖެހޭ، އަހަރެމެންގެ ޒުވާން ކުުޅުންތެރިން ކުރިއެރުވޭނެ ޕްލެޓްފޯމްތައް އަބަދުވެސް ދަމަހައްޓަން،"

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އަބަދުވެސް އެ ގައުމުގެ އެކި އުމުރުފުރާތަކުގެ އެލީޓް ކުޅުންތެރިންގެ ޕޫލްތަކެއް ގެންގުޅެ އެވެ. އެ ކުޅުންތެރިންގެ ކުޅުން ދިރާސާކޮށް، އަނެއް ލެވަލަށް ގެންދަން ކުރަން ޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ އެވެ.

ގްރަވީނާ ވިދާޅުވީ މި ވަގުތު އުމުރުފުރާގެ އެންމެ ސީނިއާ އެލީޓް ޕޫލްގައި ތިބި 25 ކުޅުންތެރިންނަށް ސީނިއާ ފުޓްބޯޅައިގައި ލިބޭ ފުރުސަތުތައް މަދުކަމަށެވެ. އެކަމަށް ހައްލުތަކެއް ހޯދަން، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑިޕާޓްމަންޓުން ކްލަބްތަކާ މަޝްވަރާ ކުރާނެ ކަމަށް ގްރަވީނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox