ސިވިލް ކޯޓުގެ އިސްގާޒީ އަބްދުالله އަލީ ރިޓަޔާކުރައްވައިފި

ސިވިލް ކޯޓުގެ އިސްގާޒީ އަބްދުالله އަލީ: އޭނާ ވަނީ ރިޓަޔާ ކުރައްވާފައި

ސިވިލް ކޯޓުގެ އިސްގާޒީ އަބްދުالله އަލީ: އޭނާ ވަނީ ރިޓަޔާ ކުރައްވާފައި

ސިވިލް ކޯޓުގެ އިސްގާޒީ ކަމުގެ މަގާމުގައި ހުންނެވި ގާޒީ އަބްދުالله އަލީ ހުށަހެޅުއްވި ރިޓަޔަމަންޓް, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ގަބޫލުކޮށްފި އެވެ.

އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް މިއަދު މި ނޫހަށް ވިދާޅުވި ގޮތުގައި, ގާޒީ އަބްދުالله އަލީ، މީގެ ދުވަސްކޮޅެއް ކުރިން ހުށަހެޅުއްވި ރިޓަޔަމެންޓާމެދު ޖޭއެސްސީން އިއްޔެ ވަނީ ގޮތެއް ނިންމާފަ އެވެ.

އެގޮތުން, ރިޓަޔަމަންޓް ގަބޫލުކޮށް, އިއްޔެ ވަނީ ގާޒީއަށް އެކަން އަންގާފަ އެވެ. އަދި ރިޓަޔާ ކުރެއްވުމުގެ ކުރިން މިހާރު ބަލަމުންދާ މައްސަލަތަކުގެ ތެރޭން ނިންމަން ޖެހޭ މައްސަލަތައް ނިންމުމަށް އުސޫލުގެ ދަށުން ދޭ 14 ދުވަސް ވަނީ ދީފައި ކަމަށް އިޒްމީރާ މައުލޫމާތު ދެއްވި އެވެ.

އެ 14 ދުވަސް ހަމަވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށެވެ. އެ ދުވަހަށްފަހު ގާޒީ އަބްދުالله އަލީ ރަސްމީކޮށް ރިޓަޔާކުރައްވާނެއިރު, އޭގެ ފަހުން ސިވިލް ކޯޓުގެ ހިންގުން ހަވާލުކުރަން ނިންމާފައިވަނީ އެ ކޯޓުގެ ގާޒީ އަހުމަދު ނިމާލު ޖުނައިދަށް ކަމަށް ވެސް ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާ ގާޒީންނަށް ދައުލަތުން ހާއްސަ އިނާޔަތްތަކެއްދެ އެވެ.

ގާޒީ އަބްދުالله އަލީ ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް ރަސްމީކޮށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރު އެވެ. އޭގެކުރިން ވެސް ހުންނެވީ ވަގުތީ ގޮތުން ކޯޓުގެ ހިންގުމާ ހަވާލުވެ އެވެ.

އޭނާއަކީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ބޭފުޅެކެވެ. މެޖިސްޓްރޭޓްކަން ވެސް ގިނަ އަހަރުތަކަކު ކުރައްވާފައިވެ އެވެ.

މިފަހުން އަބްދުالله އަލީގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީއަށް ހުށަހަޅައިގެން ބެލި އެވެ. ނަަމަވެސް, އޭގެން އެއްވެސް މައްސަލައެއް ސާބިތުވެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox