ލިލް އަތުން ޗެމްޕިއަން ޕީއެސްޖީ އަށް ތަފާތު ބޮޑު މޮޅެއް

Aug 22, 2022, 3:06 AM
ލިލް ކޮޅަށް ގޯލު ޖެހުމަށް ފަހު ޕީއެސްޖީގެ އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިލް ކޮޅަށް ގޯލު ޖެހުމަށް ފަހު ޕީއެސްޖީގެ އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޮގަސްޓް 22) - ފްރެންޗް ލީގުގައި ރޭ ކީލިއަން އެމްބާޕޭގެ ހެޓްރިކާ އެކު ޕީއެސްޖީން 7-1 އިން ލިލް އަތުން ބޮޑު މޮޅެއް ހޯދައިފި އެވެ.

މި މެޗުގެ އަށް ވަނަ ސިކުންތުގައި ޕީއެސްޖީގެ އެމްބާޕޭ އެ ޓީމަށް ލީޑުނަގައިދިންއިރު، މިއީ ފްރެންޗް ލީގުގެ ތާރީހުގައި ވެސް ފެނުނު ދެ ވަނަ އަށް އެންމެ އަވަސް ގޯލެވެ. ހާފުގެ މެދު ރޮނގާ ހަމައިން ލިއޮނަލް މެސީ ޖައްސާލި ބޯޅަ އެމްބާޕޭ ވަނީ ލިލްގެ ކީޕަރު ލެއޯ ޖާޑިމް ބޯމަތިން ގޯލަށް ފޮނުވާލައިފަ އެވެ.

މެޗުގެ 27 ވަނަ މިނިޓްގައި ޕީއެސްޖީގެ ދެ ވަނަ ގޯލު ޖެހީ މެސީ އެވެ. މިއީ ނޫނޯ މެންޑޭޒް ދިން ބޯޅަ އަކުން އޭރިއާތެރެއިން ހަމަޖެހިލާފައި މެސީ ޖެހި ގޯލެކެވެ. މެޗުގެ 39 ވަނަ މިނިޓްގައި ނޭމާ ދިން ބޯޅައަކުން އޭރިއާތެރެއިން އަޝްރަފް ހަކީމީ ވަނީ ޕީއެސްޖީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މެސީ ދިން ބޯޅައެއް އޭރިއާތެެރެއިން ހޯދައި، ނޭމާ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

ދެ ވަަނަ ހާފް ފެށިގެން ހަތް މިނިޓް ތެރޭ ނޭމާ ވަނީ އިތުރު ގޯލެއް ޖަހައި، ޕީއެސްޖީ އަށް ފަސް ވަނަ ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. މިއީ މެޗުގެ 52 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ހުސް ފުރުސަތަކުން ނޭމާ ޖެހި ގޯލެކެވެ.

އޭގެ ދެ މިނިޓް ފަހުން ލިލް އިން ވަނީ ލަނޑެއް ޖަހައިފަ އެވެ. މިއީ އޭރިއާތެރެއިން ޖޮނަތަން ބާމްބާ ޖެހި ފުރަތަމަ ބޯޅަ ޕީއެސްޖީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާ މަަތަކުރުމުން ރީބައުންސް ބޯޅައިން ޖެހި ގޯލެކެވެ.

މެޗުގެ 66 ވަނަ މިނިޓްގައި ނޭމާ ދިން ބޯޅައަކުން އެމްބާޕޭ ވަނީ ޕީއެސްޖީގެ ހަ ވަނަ ގޯލު ޖަަހައިފަ އެވެ. އަދި މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް، ޕީއެސްޖީގެ ހަތް ވަނަ ގޯލު ޖަހައި އެމްބާޕޭ ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ފްރެންޗް ލީގުގެ މި ހަފްތާގެ މެޗުތަކުގައި ޖުމްލަ އެއްކޮށް 11 ރަތް ކާޑު ފެނިގެންދިޔައިރު، މިއީ އެއް ހަފްތާގެ މެޗުތަކުގައި އެ ލީގުގައި އެންމެ ގިނަ ރަތް ކާޑު ދެއްކި ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox