ސިޔާސީ ދާއިރާއިން ރިޓަޔާ ކުރުމުގެ ވިސްނުމެއް ނެތް: މަހިންދަ ރާޖަޕަކްސަ

ސްރީލަންކާގެ ކުރީގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ. -- ފޮޓޯ: އޭޕީ

ސްރީލަންކާގެ ކުރީގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ. -- ފޮޓޯ: އޭޕީ

ސިޔާސީ ދާއިރާއިން ރިޓަޔާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ސްރީލަންކާގެ ކުރީގެ ރައީސް އަދި ބޮޑު ވަޒީރުކަން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު ދެމިހުންނާނީ ސިޔާސީ ކަންކަމުގައި. ރިޓަޔާ ކުރާނީ ހަމައެކަނި އެކަމަށް އެންމެ އެކަށޭނަ ވަގުތު އައިސް ޖެހުމުން. އެ ވަގުތާ ހަމައަށް ދެމިހުންނާނަން،" ސަންޑޭ ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުގައި މަހިންދަ ރާޖަޕަކްސަ ވިދާޅުވި އެވެ.

އޭގެ އިތުރުން ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނަ (އެސްއެލްޕީޕީ) ގެ ލީޑަރެއްގެ ގޮތުގައި ދެމިހުރުމާ މެދު ގޮތެއް ނިންމާނީ ޕާޓީއިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެކަން ނިންމާނީ ޕާޓީއިން. ޕާޓީއާ ދުރަށް ދާން ޖެހުނަސް އަޅުގަނޑު ފެންނާނެ. އަޅުގަނޑަކީ ގާނޫނީ ވަކީލެއް. އެހެންވީމާ ކޯޓުގެ ތެރެއިން އަޅުގަނޑު ފެންނާނެ. އެ ހާލަތް މެދުވެރިވެއްޖެ ނަމަ، މިސްރާބް ބަދަލު ކުރަން އަޅުގަނޑު ތައްޔާރު."

އޭގެ އިތުރުން ކޮއްކޯފުޅު ގޮތަބަޔާ ރާޖަޕަކްސަ ރައީސްކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ލަންކާ ދޫކޮށް ވަޑައިގެންނެވުމަށް އެއްވެސް އިރުޝާދެއް ނުދެއްވާ ކަމަަށް ވެސް ވިދާޅުވި އެވެ.

"އަޅުގަަނޑު ކައިރީގައި ލަފަޔަކަަށް އެދުނު ނަމަ، އަޅުގަނޑު ލަފާ ދޭނީ ގައުމު ދޫކޮށް ނުދާން. އެ މީހަަކު ފެށި ކަަމެއް އެ މީހަކު ނިންމަން ޖެހޭނެ. އެކަމަކު ގޮތަބަަޔާއަކީ ސިޔާސީ ބޭފުޅެއް ނޫން."

"ގަައުމުގެ މި ހާލަތުގެ ފުރިހަމަ ޒިންމާ ނަގަން ޖެހެނީ ގޮތަބަޔާއެއް ނޫން. އަޅުގަނޑާއި ކުރީގެ ސަރުކާރުތައް ހިމެނޭހެން، ހުރިހާ އެންމެން ވެސް މި ކަމުގައި ޒިންމާ ނަގަން ޖެހޭ."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox