ތަމްރީނު ހޯދަން 20 ނޫސްވެރިން އިންޑިއާއަށް

އިންޑިޔާގައި ބާއްވަން ނިންމާފައިވާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރި ދިވެހި ނޫސްވެރިން--- ފޮޓޯ: އެމްއެމްސީ

އިންޑިޔާގައި ބާއްވަން ނިންމާފައިވާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރި ދިވެހި ނޫސްވެރިން--- ފޮޓޯ: އެމްއެމްސީ

"އިން ސާވިސް ޓްރެއިނިންގް އޮފް އެޓިޑާސް އެންޑް ޖާނަލިސްޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި އިންޑިއާގެ "އެމިޓީ ޔުނިވާސިޓީ، (ނޮއިޑާ)" އިން އިންތިޒާމުކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ނޫސްވެރިންގެ ޓީމެއް އިންޑިއާއަށް ފުރައިފި އެވެ.

އަށް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެޑިޓަރުންނާއި ނޫސްވެރިން ހިމެނޭހެން 20 މީހުންގެ ވަފުދު ފުރީ މިއަދު މެންދުރު އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނީ މި ތަމްރީނު ޕްރޮގްރާމްގައި ޖާނަލިޒަމް އެތިކްސް، މީޑިއާ ދާއިރާގެ މުހިއްމު ގާނޫނުތައް، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް، ކޮންފްލިކްޓް ހާލަތްތަކުގައި ރިޕޯޓުކުރާނެ ގޮތް، ކުއްލި ހާލަތްތަކުގައި ރިޕޯޓުކުރުމުގައި ސުލޫކީ މިންގަނޑާ ގުޅޭ ސެޝަންތައް ނަގައިދޭނެ ކަމަށެވެ.

ނަގައިދޭ އިތުރު ސެޝަންތައް:

  • ސިޓިޒަން ޖާނަލިޒަމް
  • ވީޑިއޯ ޖާނަލިޒަމް
  • މޯބައިލް ރިޕޯޓިން
  • ކޮމިއުނިޓީ ބްރޯޑްކާސްޓިން
  • އިންވެސްޓިގޭޓިވް ޖާނަލިޒަމް
  • އިންތިހާބުތަކުގައި ރިޕޯޓްކުރާނެ ގޮތްތައް
  • އާންމު މަސްލަހަތު ހިމެނޭ މުހިންމުކަންކަން ފީޗާ ރިޕޯޓެއްގެގޮތުގައި ގެނެސްދޭނެގޮތް
  • ޑިޖިޓަލް ޖާނަލިޒަމްގެ ދުނިޔޭގައި ޓްވިޓާގެ މުހިއްމުކަން
  • އޯޑިއަންސް އެންގޭޖްކޮށްގެން ހަބަރު/ރިޕޯޓްގެނެސްދޭނެގޮތް
  • މީޑިއާގެ މިނިވަންކަމުގެ ހުދޫދުތައް
  • ހޭޓް ސްޕީޗް

މީގެ އިތުރުން މީސް މީޑިއާގެ މުހިއްމުކަމާއި ފޭކް ނިއުސް އަދި ފެކްޓް ޗެކިން އުކުޅުތަކާއި މީޑިއާ ލިޓްރަސީގެ މުހިއްމުކަމާއި ހަބަރު ފެތުރުމުގައި ސަގާފީ ހުރަސްތަކާއި ކްރިޓިކަލް ތިންކިންގް ކުޅޭ ދައުރު އަދި ނޫސްވެރިންގެ ޕްރޮފެޝަނަލް ސްކިލްސް ތަރައްގީކުރެވޭނެ ގޮތްތަކާއި ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެ ކަމަށް އެމްއެމްސީން ބުނެ އެވެ.

އެ ދަތިރުގައި އިންޑިއާގެ އެކި މީޑިއާ ހައުސްތަކަށާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ބައިވެރިން ޒިޔާރަތްކޮށް، އެތަންތަނުގެ އެޑިޓަރުން/ސީނިއާ ނޫސްވެރިން/މަސްއޫލުވެރިންނާއި ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ސެޝަންތަކެއް ރާވާފައިވެ އެވެ.

އަދި އެ ދަތުރުގެ ބައިވެރިން ޕްރެސް ކައުންސިލް އޮފް އިންޑިއާ އާއި ޕްރަސާރް ބާރިތީއާއި ދޫދާޝަން ކެންދުރުގެ އިތުރުން ނޭޝަނަލް ކެޕިޓަލް ރީޖަން އަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ، ދިވެހި މީޑިއާގެ މަސައްކަތްތެރިންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން އެމްއެމްސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމްގެ ދަށުން ލިބިފައިވާ ފުރުސަތެކެވެ.

އެ ޓީމުގެ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި ހަރަކާތްތެރި ވާނީ މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝާފިއު އެވެ. އަދި ޑެޕިއުޓީ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި ހަރަކާތްތެރި ވާނީ މީޑިއާ ކައުންސިލްގެ މެންބަރު މުއިއްޒު އިބްރާހީމް އެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވި ނޫސްތަކަކީ މި ނޫހާއި އޭދަފުށި ޓައިމްސް، އާއި ވަގުތާއި ޕީއެސްއެމް އާއި ގާފު އޮންލައިނާއި ސަން އޮންލައިނާއި ތިލަދުން އާއި ވީޓިވީ އާއި އޭއޯ ނިއުސް އަދި އަދަދު ނޫހާއި އަރި އޮންލައިނާއި ދެން އޮންލައިނާއި ރާއްޖެ ޓީވީ އާއި އާފަތިސް ނޫހާއި އަވަސް އޮންލައިންގެ އިތުރުން އެމްވީޓީވީ އަދި މިހާރު ނޫހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox