ގދ. ރަތަފަންދޫގައި ގޭސްފުޅިއެއް ގޮވައި ފިހުނު އަންހެން ވިޔަފާވެރިއަކު މަރުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު އެ ރަށުގައި ހިނގި އަލިފާނުގެ ހާދިސާއިން ފިހުނީ އެ ރަށުގައި ވިޔަފާރިކުރާ 53 އަހަރުގެ އައިމިނަތު އަބްދުލްހަމީދެވެ.
"ހަމަ އެ ދުވަހު ހެލިކޮޕްޓަރެއްގައި ކާޑެއްދޫ މަގުން މާލެ ގެނައި، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ މިއަދު ހެނދުނު،" ރަތަފަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަބްދުﷲ "އަދަދު"އަށް ވިދާޅުވި އެވެ.
ބަދިގޭގައި އުޅެނިކޮށް ގޭސްފުޅި ލީކުވެގެން މުޅި އެ ބަދިގޭގައި ރޯވި ކަމަށް ވެ އެވެ. އެ ހާދިސާގައި އަންހެން މީހާއަށް އަނިޔާވެ ފުރަތަމަ އެ ރަށު ސިއްހީ މަރުކަޒުގައި ވެސް ފަރުވާ ދީފައިވެ އެވެ.













