މި ސަރުކާރު އައި އިރު ހިޔާގެ ބައެއް ފްލެޓުތަކުގައި އަޅާފައި ހުރީ ބިންގާ އެކަނި: އަސްލަމް

މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ ކޮންގްރެސްގައި މިނިސްޓަރު އަސްލަމް މިއަދު ވާހަކަދައްކަވަނީ-- ފޮޓޯ: އެމްޑީޕީ

މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ ކޮންގްރެސްގައި މިނިސްޓަރު އަސްލަމް މިއަދު ވާހަކަދައްކަވަނީ-- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅަން ފެށި ހިޔާ ފްލެޓުތައް މި ސަރުކާރާ ހަވާލުވިއިރު، ބައެއް ފްލެޓްތަކުގައި އަޅާފައި ހުރީ ބިންގާ އެކަނި ކަމަށާއި ފުލެޓް ތަކުގެ ބޮޑު ބައެއް ނިންމީ މި ސަރުކާރުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ތޮއްޖެހިފައިވާ މާލޭގެ ބޯހިޔާވަހި ކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ފެށި 7000 ފްލެޓްގެ މަަޝްރޫއަކީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު ސޮއިކޮށް 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މަޝްރޫއެކެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން ފެށި އެ މަޝްރޫއަށް މި ސަރުކާރުން މަސައްކަތް ކޮށްފައިވެ އެވެ.

އެއީ 7،000 ހައުސިން ޔުނިޓަށް ބޭނުންވާ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ނިންމުމެވެ. އެ މަސައްކަތް ނިންމާ މީހުން ދިރިއުޅެން ފަށާފައި ވަނީ މިދިޔަ އަހަރު އެވެ.

އެމްޑީޕީން ރޭ ފެށި އެ ޕާޓީގެ ކޮންގްރެސް މިއަދަށް ފެށުމުގެ ގޮތުން މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރާ ހަވާލުވި އިރު ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހިނގަމުން ދިޔަ ކަމަށްވެސް ފާހަގަ ކުރެއްވި އެވެ.

ކުރީ ސަރުކާރުން ފެށި މަސައްކަތްތައް މި ސަރުކާރުން ކުރިއަށް ގެންގޮސް ނިންމާފައިވާ ކަމަށައި އޭގެ ތެރެއިން ހުރިހާ މަސައްކަތެއްގެ ކްރެޑިޓް ނުނަގާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެހެން ނަމަވެސް، ދަންނަވާފާނަން ވަރަށް ސާފުކޮށް، ހަމަ ކެރި ހުރެގެން، ހިޔާ ފްލެތުތަކުގެ ބައެއް ފްލެޓުތަކުގެ ފައުންޑޭޝަން އެކަނި އަޅާފައި ހުރީ. އަނެއް ބައި ފްލެޓުތައް ހުރީ ކޮންމެވެސް ވަރަކަށް ހަދައި ނިންމާފައި. ބޮޑުބައި އަޅުގަނޑުމެން އެ އޮތް ޕްލޭނާ އެކީ ގޮސް ނިންމާލީ،" އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ކުރީ ސަރުކާރުން މަސައްކަތް ފެށި ވިނަރެސް ފްލެޓުތައް މި ސަރުކާރާ ހަވާލުވިއިރު ގިނަ ތަންތަނުގައި ހުރީ ފައުންޑޭޝަން ވެސް ނާޅާ ކަމަށެވެ. އެ މަސައްކަތް ވެސް ކުރީ މި ސަރުކާރުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް މިހެން ވިދާޅުވެފައި ވާއިރު، ކުރީ ސަރުކާރުން މަޝްރޫއު ފެށި ނަމަވެސް ވިނަރެސް ހައުސިން ޕްރޮޖެކްޓަކީ މި ސަރުކާރު އައިސް މި ދައުރުގައި ކުރި މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށް ވެސް ކުރިން ވިދާޅުވެފައިވެ އެވެ.

"ދައުލަތަކީ ދެމި އޮންނަ އެއްޗަކަށް ވާތީ، ކުރީ ސަރުކާރުން ފަށާފައި ހުރި ކަންކަމަކީ ރަނގަޅު ކަންކަމަށް ވާނަމަ ނުވަތަ އަނބުރާ ނުލެވޭ ހިސާބަށް ގޮސްފައިވާ ކަމަކަށް ވާނަމަ އެކަމެއް އެ އޮތް ގޮތަކަށް ކުރިއަށް ގެންދަން ޖެހޭނެ. އެއީ އަޅުގަނޑުމެން ގަބޫލުކުރާ އުސޫލަކީ. ވެރިކަން ބަދަލުވުމަކީ ހުރިހާ އެއްޗެއް އެއްކައިރި ކޮށްލާފައި މުޅިން އާ ކަންތައްތަކެއް ފެށުމެއް ވެސް ނޫން،" އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox