ކަސެމީރޯ ރެއާލުން ދިޔަސް އަންޗެލޮޓީ އަށް ގޮތެއް ހުހެއް ނުވޭ

Aug 20, 2022, 9:59 AM
ކަސެމީރޯ ރެއާލުން ދިޔަސް އަންޗެލޮޓީ އަށް ގޮތެއް ހުހެއް ނުވޭ

މެޑްރިޑް (އޮގަސްޓް 20) - ރެއާލް މެޑްރިޑް ދޫކޮށް ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ، މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ކަމުގައި ވިޔަސް ރެއާލަށް މާ ބޮޑު ކަންބޮޑުވުންތަކެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އުމުރުން 30 އަހަރުގެ ކަސެމީރޯގެ ސޮއި ހޯދަން ޔުނައިޓެޑުން ފުރަަތަމަ 70 މިލިއަން ޑޮލަރު ދައްކާނެ އެވެ. ބާކީ 11 މިލިއަން ޑޮލަރު ދޭނީ ކަސެމީރޯ ޔުނައިޓެޑްގައި ދައްކާ ކުޅުމަށް ބެލުމަށް ފަހު އެވެ.

ކަސެމީރޯގެ ޓްރާންސްފާ ވާހަަކަތައް ދެކެވެން ފެށިތާ ފަސް ވަރަކަށް ދުވަސް ތެރޭ ޔުނައިޓެޑުން އެ ޓްރާންސްފާ ކަންކަން ނިންމުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފައިވާއިރު، ކަސެމީރޯ ޔުނައިޓެޑަށް ސޮއިކުރާނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ލަސްވެގެން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ ޑީލްގެ ހުރިހާ ކަމެއް ނިމޭނެ އެވެ.

ބްރެޒިލްގެ ސައޮ ޕައޮލޯ ދޫކޮށް 2013 ވަނަ އަހަރު ރެއާލާ ގުޅުނު ކަސެމީރޯ ވަނީ އެ ޓީމާ އެކު 18 ތަށި ހޯދައިފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަވާނީ ފަސް ޗެމްޕިއަންސް ލީގެވެ.

ކަސެމީރޯ، ރެއާލް ދޫކޮށްލުމާ ބެހޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް އަންޗެލޮޓީ ވަނީ ޖަވާބުދީފަ އެވެ. އަންޗެލޮޓީ ބުނީ ރެއާލް ދޫކޮށްލުމަކީ ކަސެމީރޯގެ އަމިއްލަ ނިންމުމެއް ކަމަށާއި އޭނާ ބޭނުންވީ އާ ޗެލެންޖެއް ނެގުމަށް ކަމަށެވެ.

"ކަސެމީރޯއާ އެކު ރެއާލަށް ކުޅޭ ކުޅުންތެރިންނަށް ވެސް މި ނިންމުން ބަލައިގަނެވޭ. އެ މީހުން އެ ނިންމުމަށް އިހުތިރާމް ވެސް ކުރޭ. ކުޅުންތެރިއަކު އާ ޗެލެންޖެއް ނަގަން ބޭނުން ވުމަކީ ބަލައިގަންނަން ޖެހޭ ކަމެއް. އެކަމަކު، އަހަންނަށް ސީދާ ބުނާކަށް ނޭނގޭ ކަސެމީރޯ ކީއްވެ ކަމެއް ޔޫރަޕްގެ ޗެމްޕިއަން ދޫކޮށްފައި، ޔޫރަޕްގައި މި ވަގުތު ހާލުގައި އޮތް ޓީމަކަށް ދާންވީ ސަބަބެއް،" އަންޗެލޮޓީ ބުންޏެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ނެތެވެ. އެ ޓީމު ވާދަކުރަނީ ޔޫރޮޕާ ލީގުގަ އެވެ. ކަސެމީރޯއާ އެކު ރެއާލްގައި ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރަފައެލް ވަރާން މި ވަގުތު ހުރީ ޔުނައިޓެޑްގެ ޓީމުގަ އެވެ.

އަންޗެލޮޓީ ބުނީ ރެއާލުން ކަަސެމީރޯގެ މަގާމުގައި ބޭނުންކުރާނެ ކުޅުންތެރިން އެބަތިބި ކަމަށެވެ. އެ ގޮތުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލުން ގެނައި ފްރާންސްގެ މިޑްފީލްޑަރު، އައުރެލިން ޗުއަމެނީ، 22، އަކީ ކަސެމީރޯގެ މަގާމުގައި ކުޅޭނެ ކުޅުންތެރިއާ ކަމަށް އަންޗެލޮޓީ ބުންޏެވެ.

އޭގެ އިތުރުން ލޫކަ މޮޑްރިޗް އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރިއިރު، ދެން އެ ޓީމުގައި ތިބި މިޑްފީލްޑަރުން ކަމަށްވާ ޓޯނީ ކްރޫސް، ފެޑޭ ވަލްވޭޑޭ، ޑެނީ ސެބާޔޯސް އަދި އެޑޮއާޑޯ ކަމަވިންގާއާ އެކު ރެއާލަށް ސީޒަނުގެ ހުރިހާ މުބާރާުތުގައި ރަނގަޅު ވާދައެއް ކުރެވޭނެ ކަމަށް އަންޗެލޮޓީ ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox