ޓުޗެލް އަށް އަދަބު ބޮޑު، ކޮންޓޭ އަށް ހަމައެކަނި ޖޫރިމަނާއެއް!

Aug 20, 2022, 9:38 AM
ޗެލްސީގެ ކޯޗު ޓުޗެލް (ކ) އާއި ޓޮޓެންހަމް ކޯޗު ކޮންޓޭ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ކޯޗު ޓުޗެލް (ކ) އާއި ޓޮޓެންހަމް ކޯޗު ކޮންޓޭ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮގަސްޓް 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގައި ޓޮޓެންހަމް ހޮޓްސްޕާސް އާއި ޗެލްސީ ކުޅުނު މެޗުގައި އެ ދެ ޓީމުގެ ކޯޗުން ކަމަށްވާ އެންޓޯނިއޯ ކޮންޓޭ އާއި ތޯމަސް ޓުޗެލްގެ ދެމެދުގައި ހިނގި އަރާރުމުގެ މައްސަލަ ބަލައި އިނގިރޭސި އެފްއޭ އިން ދެ ކޯޗުންްނަށް ފިޔަވަޅު އަޅައިފި އެވެ.

ޗެލްސީގެ ދަނޑުގައި 2-2 އިން އެއްވަރުވި މެޗުގައި ހިނގައިދިޔަ ކަންތައްތަކަށް ފަހު، އިނގިރޭސި އެފްއޭ އިން މައްސަލަ ބެލުމަށް ފަހު ނިންމީ ޓުޗެލް 35،000 ޕައުންޑް (41،403 ޑޮލަރު) އިން ޖޫރިމަނާކޮށް ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޑް ކުރުމަށެވެ. ކޮންޓޭ އަށް ދިނީ 15،000 ޕައުންޑް (17،744 ޑޮލަރު)ގެ ޖޫރިމަނާ އެކެވެ.

ޓުޗެލް އަށް ދިން ސަސްޕެންޝަނަށް އަމަލުކުރަން ފަށާނީ އޭނާގެ މައްސަލައިގެ ފުރިހަމަ ރިޕޯޓް އިނގިރޭސި އެފްއޭ އިން ހުށަހެޅުމުންނެވެ. މާނަ އަކީ މިހާރު އޮތްގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ޗެލްސީން ކުޅޭ މެޗުގައި ޓުޗެލް އަށް ޗެލްސީ ބެންޗަށް ދެވުމެވެ. އެކަމަކު، އެ މެޗުގެ ކުރިން ޓުޗެލްގެ މައްސަލައިގެ ތަފްސީލް އެފްއޭ އިން އާންމުކޮށްފިނަމަ ޓުޗެލް އަށް ލީޑްސް މެޗު ބަލަން ޖެހޭނީ ގޮނޑިބަރިންނެވެ.

ލީޑްސްގެ ކޯޗު ޖެސީ މާޝް ބުނީ އެ ޓީމާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގައި ޓުޗެލް އަށް ބެންޗުގައި އިނދެވިގެންނުވާނެ ކަމަށާއި ސަސްޕެންޝަނަށް އަމަލުކުރަން ޖެހޭނީ މި މެޗުގައި ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖުގައި ޓޮޓެންހަމާ އެއްވަރުވި މެޗުގައި ދެ ފަހަރެއްގެ މަތިން ޓުޗެލް އާއި ކޮންޓޭގެ އަރާރުމެއް ފެނިގެންދިޔަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ ޓޮޓެންހަމުން 1-1 އިން އެއްވަރުކުރި ވަގުތުގައި ޓެކްނިކަލް އޭރިއާ ކައިރީގައި ކަންތައްތަކެއް ހިނގިއިރު، ދެން މެޗު ނިމިގެން ކޮންޓޭ އާއި ޓުޗެލް ސަލާމްކުރަން ކައިރި ވަގުތުގައި ހިނގި ކަންތައްތަކެއްގެ ސަބަބުން ދެ ކޯޗުން ދުރުކުރީ ދެ ޓީމުގެ ކުޅުންތެރިންނާ ސްޓާފުން އެއް ވެގެންނެވެ. ދެ ކޯޗުންނަށް ވެސް ވަނީ މެޗުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

ޓޮޓެންހަމުން ފަހު ވަގުތު ހެރީ ކޭން ޖެހި ގޯލުން ޗެލްސީއާ އެއްވަރުކުރިއިރު، އެ ކޯނަރުގައި ޓޮޓެންހަމްގެ ޑިފެންޑަރު، ކްރިސްޓިއަން ރޮމޭރޯ ޗެލްސީގެ ފުލްބެކް، މާކް ކުކުރޭޔާގެ އިސްތަށިގަނޑުގައި ހިފައި ވައްޓާލުމުން، އެ މެޗުގެ ރެފްރީ އެންތަނީ ޓޭލާ ފައުލެއް ނުދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ބަލައިފަ އެވެ. އެ ނިންމުން އިތުރަށް ދިރާސާ ކުރުމަށް ފަހު، ރެފްރީސް ޕެނަލުން ވަނީ ވީއޭއާރްގެ އެ ނިންމުން ގޯސްކަމަށް އެއްބަސްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox