ކޮންގްރެސް ފެށިއްޖެ؛ ޕްރައިމަރީއަކީ އެމްޑީޕީގެ ކާމިޔާބީގެ ސިއްރު: މާރިޔާ

މާރިޔާ މިރޭ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާރިޔާ މިރޭ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވެރިކަން ހިންގާ އެމްޑީޕީގެ ކާމިޔާބީގެ ސިއްރަކީ ޕާޓީގެ ކޮންމެ ކަމެއްގައި މެންބަރުންގެ ހިޔާލު ހޯދައި އެމީހުންގެ ބައިވެރިވުން އިތުރުކުރާ ވާދަވެރި އެތެރޭގެ އިންތިހާބުތައް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިހާބަށް ރިޔާސީ ޓިކެޓް ދޭނެ ގޮތާމެދު ހިޔާލު ތަފާތުވުން އެބަ އޮތެވެ. އެގޮތުން, ބައެއް މެންބަރުން ޕްރައިމަރީއެއް ބާއްވަން ބޭނުންވާއިރު, އަނެއް ބަޔަކު ބޭނުން ވަނީ ޕްރައިމަރީއަކާ ނުލާ ޓިކެޓް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމަށެވެ.

ރައީސް ސޯލިހް ވަނީ ދެވަނަ ދައުރަކަށް ޝައުުގުވެރިކަން ފާޅުކުރައްވާފަ އެވެ. ހަމައެއާއެކު, ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ. ރައީސް ސޯލިހް ވެސް ވިދާޅުވެފައިވަނީ ޕްރައިމަރީ ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

މިރޭ ފަށާ އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހަށް ޓިކެޓް ހަވާލުކުރަން ނިންމާނެ ކަމަށް އަޑު ފެތުރިފައި އޮތް ނަމަވެސް, އެ ޕާޓީން މިއަދު ވަނީ އެކަން ދޮގުކޮށްފަ އެވެ. ޕާޓީން ބުނާ ގޮތުގައި ކޮންގްރެސްއަށްފަހު އެމްޑީޕީގެ ތެރޭ ރިޔާސީ ޕްރައިމަރީއެއް އޮންނާނެ އެވެ.

ވެރިކަން ހިންގާނެ ނިޒާމާ މެދު ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމާ މެދު ވެސް ހިޔާލު ތަފާތުވުންތައް އޮތްވައި ބާއްވާ ކޮންގްރެސް ފެށުމަށް ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އެމްޑީޕީގެ އަސްލާ އުސޫލް ލިޔެވިބަޔާންވެ ތަފްސީލު ކުރެވިފައިވާ ކަމަށާއި އެއީ ނަމަކަށް ކަމެއް ކުރާ ބީދައިން އޮތްކަމެއް ނޫން ކަމަށެވެ. ކަންކަމުގެ އެކޮޅާ މިކޮޅު ދެނެގަނެ، ތަޖްރިބާ ތަކާ އެކު މެނުވީ އެމްޑީޕީގެ އެއްވެސް ނިންމުމެއް ނާންނަ ކަމަށެވެ.

"ރާއްޖެއަށް ވީގޮތާ، ވަމުންދާގޮތާ އަދި ވެދާނެ ގޮތެއްގެ މައްޗަށް މިޕާޓީގެ ކޮންމެ މެމްބަރަކުވެސް އަބަދުވެސް ފިކުރު ހިންގާ, އެމެމްބަރުންގެ ހިތާ ސިކުނޑީގައި އުފެދޭ އިޙްސާސާ ޝުއޫރު ފުރިހަމައަށް ހާމަ ކުރެވޭ, ގައުމީ މަޖްލިސްގެ ވަޓްސްއެޕް ގްރޫޕް ބަލައިލި ކަމުގަވީނަމަވެސް އެގްރޫޕްގައި ހޫނު ބަހުސް އަބަދުވެސް ކުރެވޭ," މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ހަގީގަތުގައި އޭގެ ކޮންމެ ބަހުސްއަކީ ޕާޓީ އޭގެ މައްޗަށް ބުރަވެ ބަރޯސާވާ ކަންކަން ކަމަށާއި ޕާޓީ އުފެދިގެންއައި ދުވަސްވަރު އޮތްދައްޗާ ބިރާ އުނދަގޫ ބޮޑު ކަމަށެވެ. އޭރު އުފެދުނު އެއް ހިޔާލަކީ ވީހާ ކުރުމަގަކުން އަވަސް ގޮތަކަށް ޕާޓީގެ ލީޑަޝިޕް ކަނޑައެޅުން ކަމަށެވެ.

"...މިގޮތަށް ޕާޓީގެ ލީޑަރު ފުރަތަމަ ކޮންގްރެސްއިން އިންތިހާބްކުރި, އެހެންނަމަވެސް އެގޮތަށް ވެރިންނެގީމަ އާންމު މެންބަރުންނާ ގުޅުން ކުޑަކަމަށް ދެކި، އެގޮތް ކަމުނުގޮސްގެން ދެން އެއްބަސްވެވުނީ މިހާރު އޮތްގޮތަށް, އެއީ ވެރިޔަކު ހޮވުމުގައި މެމްބަރުންގެ ބަސް އެންމެ ފުޅާކޮށް ހޯދަންޖެހޭ ގޮތަށް, ޕާޓީގެ ރައީސާ ޗެއާޕާސަންގެ މަގާމުގައި ހުންނަ މީހާގެ ވޯޓުގައި ފާހަގަ ޖެހުމުގެ ހައްގު ހުރިހާ މެމްބަރުންނަށް އޮންނަން ޖެހޭ ގޮތަށް," މާރިޔާ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ބޮޑުކޮންމެ ކަމެއްގައި އޮންނަ ފުޅާ ޕްރައިމަރީއަކީ އެމްޑީޕީގެ ކާމިޔާބީގެ ސިއްރު ކަމަށެވެ. ސަބަބަކީ އެމްޑީޕީ އުފައްދާ މަޝްވަރާގެ ޖާގަ އޮންނަނީ އެންމެނަށް ހުޅުވިފަ ކަމަށާއި އެމަޝްވަރާތަކުގެ އަލީގައި އެކަށަ އަޅާ ސިޔާސަތު އެއީ ކުއްލިއަކަށް އޭގެ ނަތީޖާ ހޯދުމަށް ކުރާކަމަކަށް ނުވާތީ އެވެ.

"އެމްޑީޕީގެ އެންމެ މުހިންމު އެއް އަސާސަކީ ވޯޓްލުން ޕާޓީ ލައިން ހިފެހެއްޓުމަށް ނުކުމެ ވޯޓްގައި ބައިވެރިވުން, ޕްރައިމަރީ ވިޔަސް އަދި ގައުމީ ވިޔަސް އެމްޑީޕީ އެންމެ ފަރިތަ ކަމަކީ ވޯޓް, އަދި ނަތީޖާއަށް އިހްތިރާމް ކުރުން, ވޯޓަށް ހެދުނު އެއްޗެއް ހަދާ އެކިބުރުން ކޯޓުން ވެރިކަމަށް އައުމުން ވެސް އެމްޑީޕީގެ މިސިފަ ނަތީޖާއަށް އިހްތިރާމް ކުރުން ހިފެހެއްޓި, ކޮންމެ ފަދަ އުދާހަކާ އެކުވެސް ނުކުމެ ވޯޓްލާ ދުވަހު ދާހިއްލާ ފޯވުމަކީ އެމްޑީޕީގެ އުފަލެއް," މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މިއީ އަނެއްކާވެސް ރާއްޖޭގެ ކުރިމަގަށްޓަކާ އެމްޑީޕީގެ މުހިންމު ނިންމުންތަކެއް ނިންމާނެ ވަރުގަދަ ބައްދަލުވުމެއް ކަމަށާއި ދެކަފި ހުރިހާ ހިޔާލެއް އެއްކަފި ކުރައްވާ އެއްއަމާޒާ، އެއް މިސްރާބުގައި ފާހަގަ ޖައްސަވާނެ ކަމާ މެދު ކުޑަވެސް ޝައްކެއް ނެތް ކަމަށެވެ. ސަބަބަކީ ގިނަ މަންދޫބުންނަކީ އެމްޑީޕީގެ އުނގުން އުފަންކުރި ސިޔާސީ އާޖީލު ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މޭޒެއްގައި ތާސްގަނޑެއް ޖަހަން ތިބޭ ހަތަރު މީހަކަށް ފެނުމުން ކުއްލިއަކަށް ސެނެޓަރުން އުފަންވުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫން ކަމަށާއި ދަނޑިވަޅުގެ ޖަޒްބާތުގައި އާންމު މެމްބަރުން އެއްފަރާތް ކުރުމަކީ އެމްޑީޕީގެ ގޮތެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އެމްޑީޕީ ބަލަނީ، ވިސްނަނީ އަދި ނިންމުންތައް ނިންމަނީ މާދަމާ ގައުމަށް އެންމެ ރަނގަޅު ގޮތެއް ވިސްނުމަށް ފަހު, ރައްޔިތުންނަށް ލިބޭ ލާބައާ މަންފާ ހުއްޓުމެއްނެތި ދެމެހެއްޓެނިވި ކުރެވޭނެ މަގަކީ އެމްޑީޕީގެ މަގު." މާރިޔާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox