ނިޒާމީ ބަހުސަށް ނަޒަރިއްޔާތެއް، މުހިންމީ އަދުލުވެރިކަމާއި އަމާނާތްތެރިކަން

ޖުމްހޫރީ މައިދާނުގައި ހުރި ބޮޑު ދިދަ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޖުމްހޫރީ މައިދާނުގައި ހުރި ބޮޑު ދިދަ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަހަރެމެން ދިވެހިން ވެސް އަދި ކޮންމެ ތަނެއްގައި އުޅޭ ކޮންމެ އިންސާނީ މުޖުތަމައު އަކުން ވެސް ހޯދުމަށް އެދިގެން އުޅޭ ތަހުޒީބާއި ތަރައްގީއަކީ ހައްގުތަކާއި ވާޖިބުތަކުން ތަފާތު ކުރުމެއް ނެތް އަދުލުވެރިކަމާއި އިންސާފުވެރިކަމެވެ. ތިމާކުރާ މަސައްކަތުގެ އަގާ ބައްދަލުވާނެ ފައިދާ ތިމާއަށް ލިބޭ، ނިކަމެތިންގެ ބުރަ މަސައްކަތުގެ މަންފާ އޭގެ ހައްގުވެރިންނަށް ނުވާ އަނެކުންނަށް ހީލަތުން ހޯދައިނުދެވޭނެ ހައްގުވެރި ހަމަތަކެވެ. ހަމަތަކާއި އުސޫލުތަކުގެ މަތީގައި ތިމާ ހުރިހާ ހިނދަކު، އެހެން މީހެއްގެ ތުރާލާއި އުނދަގުލެއް ނުޖެހި ހަމަޖެހިގެން ހުރެވޭނެ އަދި ދިރިއުޅެވޭނެ އަމާންކަމެވެ. އަނެކުންގެ އިހުސާސްތަކަށް އިހުތިރާމުކުރުމާއެކު ތިމާވެސް ދެކޭ ގޮތް ހާމަކޮށްލެވޭނެ އެ މީހެއްގެ އަމިއްލަ ހިޔާލު ދޭހަށް ނެރުމުގެ މިނިވަންކަމެވެ. އެންމެން ގަބޫލުކޮށްގެން ބޯލަނބައިގެން އުޅޭ ހަމަތަކާ ހިލާފަށް އިދިކީލިވަނީ އެއީ ކޮންމެ މީހަކު ކަމަށްވީ ނަމަވެސް އެމީހަކާމެދު ފިޔަވަޅުއެޅިގެންދާނެ ގޮތެކެވެ.

މާތް ނަބިއްޔާގެ އަރިހަށް ބަޔަކު މީހުން އައީ ގައުމުގެ ޝަރަފުވެރި އާއިލާއަކަށް ނިސްބަތްވާ މީހަކު ވައްކަންކުރީމާ ވައްކަމުގެ އަދަބުން އޭނާ ސަލާމަތްކޮށްދިނުމަށް ޝަފާއަތްތެރިވެދިނުމަށެވެ. އިތުރު އެކަލޭގެފާނުގެ މޫނުފުޅު ރަތްވެގެންދިޔައީ އެކަމުގެ ނުރައްކާތެރިކަމުންކަން ޔަގީނެވެ. ހަދީސް ކުރެއްވީ ތިޔަބައިމީހުންގެ ކުރީގެ އުންމަތްތަކުގެ މީހުން ވެސް ހަލާކުވެ ދިޔައީ އެބައި މީހުންކުރެ އިއްޒަތްތެރިއަކު ވައްކަންކޮށްފި ނަމަ ހައްދު ގާއިމުނުކޮށް ދޫކޮށްލާފައި، ނިކަމެއްޗަކު ވައްކަންކޮށްފި ނަމަ ހައްދު ގާއިމުކޮށް ހަދާތީ އެވެ. ﷲ ގަންދީ ހުވާކޮށް ބުނަމެވެ. މުހައްމަދުގެފާނުގެ ދަރި ފާތިމާ ވައްކަންކުރެއްވިޔަސް އެކަމަނާގެ އަތް ވެސް ކަނޑުއްވާހުށީމެވެ.

އާދޭހެވެ! ނަސަބަކުން ހަސަބަކުން ތަފާތުކުރުމެއް ނެތް، އިންސާފުވެރިކަމާއި އަދުލުވެރިކަމެވެ. މާބާރުލާފައި އިސާހިތަކު އިސްލާމްދީން އުންމަތެއްހާ ބޮޑުވެ ދުނިޔޭގެ އެތަން މިތަނަށް ފެތުރި ދިޔައީ މި އަދުލުވެރިކަމުގެ ހަމަތައް އިސްލާމްދީނަށް އުޅުނު މީހުން ނެގެހެއްޓުމުންނެވެ. މާދުރު ކަރަޔަކުން އައި މީހަކު އިސްލާމީ އުންމަތުގެ ހަލީފާ ފެނޭތޯ އެކޮޅުމިކޮޅު ހޯދައި ބެލިއިރު، ފާރަވެރިއަކާ ނުލައި، ހާމަޔަށް އޮތް ތަނެއްގައި އަވަހާރަފުޅުގައި އޮންނެވި އެވެ. އެއީ މި އުންމަތުގެ ދެވަނަ ހަލީފާ އުމަރުގެފާނެވެ. ދުނިޔޭގެ ހަތަރު ބިތަށް މަޝްހޫރުވި އޭނާގެ އަގުހުރި ޖުމުލަ އައީ ދެނެވެ. އޭނާ އުމަރުގެފާނަށް މުހާތަބުކުރައްވައި ވިދާޅުވީ، "އަދުލުވެރިކަން ގާއިމުކުރައްވާފައި، އަމާކަން ލިބިގެންފައި، އަވަހާރަފުޅުގައި އޮންނެވީމު އެވެ." އާދޭހެވެ. ނިޒާމަށް ކިޔާ ނަމަކުން ލިއްބައިދިން އަމާންކަމެއް ނޫނެވެ. ވެރިޔަކަށް ހުރި މީހާ ގާއިމުކުރި އަދުލުވެރިކަމުން ފެތުރިގެންދިޔަ އޭގެ ހިޔާ ލޮލުކޮޅަށް ނުފެންނަހާ އަމާންކަމާއި އޮމާންކަމެވެ.

ވެރިކަމުގެ އަސާސަކީ އަދުލުވެރިކަމެވެ. އިސްލާމީ ނޫން ތަހުޒީބު ވަރަށް ގިނަ ގައުމުތަކަށް ލިބިފައިވާ ކުރިއެރުމުގެ ހާދިސާތަކަށް ބައްލަވާށެވެ! މުޅިންވެސް އަޑުއައްސަވާނީ މިވެނި ވެރިޔަކު ހުންނެވިއިރު އެވެނި މިވެނި ހިދުމަތްތައް އެވެނި މިވެނި ގޮތެއްގެ މަތީން ލިބެމުންދިޔަ ވާހަކަ އެވެ. ހަމަ އެއް ނިޒާމެއްގައި ވެރިކަން ކުރި އެވެރިން ނޫން އެހެން ވެރިންގެ ކަމެއް ނެތްކަމާއި ގޮތެއް ނެތް ވާހަކަ އެވެ. އިސްލާމީ ތާރީހު ހުޅުވިޔަސް ފެނިވަޑައިގަންނަވާނީ ހަމަ މިމަންޒަރެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒްގެ އަދުލުވެރިކަމުން މިސާލު ޖަހާއިރު، ޙައްޖާޖު ބިން ޔޫސުފްގެ އަނިޔާވެރިކަމުން މިސާލުޖެހެ އެވެ. އެކަމަކު ދެބޭކަލުންވެސް ކުރެއްވީ އިސްލާމީ ނިޒާމެއްގެ އިސްލާމީ ވެރިކަމެކެވެ. "އަދުލުވެރި ދައުލަތެއް ނަމަ އެއީ ކާފަރު ދައުލަތަކަށް ވިޔަސް ﷲ ނަސްރުދެއްވައެވެ. އަދި އަނިޔާވެރި ދައުލަތަށް އެއީ މުއުމިން ދައުލަތެއް ވިޔަސް ﷲ ނަސްރެއް ނުދެއްވަ އެވެ." އިމާމް އިބްނު ތައިމިއްޔާގެ ތާއީދު ބަސްފުޅު ލިބިފައިވާ މި ބުނުމަކީ އަދުލުވެރި ވެރިކަމުގެ އަސާސް އޭގައި ބިންވަޅު ނެގިފައިވާ ބުނުމެކެވެ.

ދަންނަވާން މިއުޅޭ އެއްޗަކީ، ކޮންމެ ނިޒާމެއް އޮތަސް ރައްޔިތުންގެ ލާބަޔާއި މަންފާ ގުޅިފައި އޮތީ ވެރިކަމުގެ އަސާސްކަމުގައިވާ އަދުލުވެރިކަން ނެގެހެއްޓުމާ ކަމެވެ. އަންނިސާއު ސޫރަތުގެ 58 ވަނަ އާޔަތުގައި އަންގަވަނީ، "ހަމަކަށަވަރުން، އަމާނަތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަ އެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ހުކުމް ކުރާނަމަ، އަދުލަށް ހުކުމްކުރުމަށްވެސް، އަމުރުކުރައްވަ އެވެ. ހަމަކަށަވަރުން، ﷲ އެކަމަކާމެދު، ތިޔަބައިމީހުންނަށް ވައުޒު އިއްވަވާކަމެއްގެ މޮޅުކަމާ އެވެ! ހަމަކަށަވަރުން، ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި ވެއެވެ." އެސޫރަތުގެ 135 ވަނަ އާޔަތުގައި އަންގަވަނީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އަދުލުއިންސާފު ގާއިމުކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ!" އަދި އަލްމާއިދާ ސޫރަތުގެ 8 ވަނަ އާޔަތުގައި އަންގަވަނީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށްޓަކައި އެކަލާނގެ ހައްގުތައް ފުރިހަމަޔަށް ގާއިމުކުރާ، އަދި އަދުލަށް ހެކިދޭ ބަޔަކު ކަމުގައި ވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން އަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން އަދުލުވެރިވާށެވެ! އެގޮތް ތަގުވާވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަގުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުންކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."

މިވަގުތުވެސް ރާއްޖޭގެ ޖަލުތައް އޮތީ ފުރިފައިކަމަށް ހަބަރުތަކުން ފެނެ އެވެ. މީހުން މެރުމާއި ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގުން އަދިވެސް ކުރިއަށް ދެއެވެ. ކުރިން ނުހިނގާކަމަށްހީވި ބައެއް ފާހިޝް އަމަލުތައް އެއީ އަބަދުވެސް ސިއްރިޔާތުގައި ހިނގާ، އާންމު ކަމެއްކަން ސާބިތުވާ މިންވަރުގެ ކުލަ ވީޑިއޯތައް ބެހުމުގެ ފާފަތަކާ ހަމައިން މުޖުތަމައު އެކީ ގަރަނބުވެއްޖެ އެވެ. ގަސްދުގައި ބުއްދި ލުހެލައިގެން ބިތްބިތަށް ޖެހެމުންދާ މީހަކު ނުފެންނަ މަގެއް ގޯޅިއެއް ނެތިއްޔާ މީހަކު ވެއްޓިފައި އޮތްތަން ނުފެންނާނެ އެންމެ މަގަކުން ވެރި ރަށުގައި ހިނގާލެވޭކަށް ނެތެވެ. މިރާއްޖެއަކީ މުއްސަނދި ގައުމެކެވެ. ގައުމުގެ ރީތި ކަމާއެކު ގައުމަށް ވަންނަ ފައިސާ ގިނަ ގައުމެކެވެ. ގައުމުގެ މުއްސަނދިކަން ހުސްވެފައި އޮތީ ހަޔެއްކަ އާއިލާގެ މުށުތެރެއަށެވެ.

މިއިން އެއްވެސް ނަތީޖާއަކީ މި ދިވެހި ދައުލަތް ހިނގަމުންދާ ރިޔާސީ ނިޒާމު ނެރެނު ނަތީޖާއެއް ނޫނެވެ. އަދި މިއިން އެއްވެސް ނަތީޖާއަކީ، ގައުމުގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްލައިގެން ބަދަލުކުރެވޭނެ ކަންކަމެއް ވެސް ނޫނެވެ. މިކަންކަން ބަދަލުކުރުން ގުޅެނީ އަދުލުވެރިކަމާ އެވެ. ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެވެ. އަމާނާތްތެރިކަމާ އެވެ. އަހަރެމެން އިންސާނުންނާ އެވެ. ވެރިކަމުގެ ބާރުތަކާއި އިދާރާތައް ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުވެގެންދަނީ، ރައްޔިތުންގެ ބާރުވެރިކަން މީސްމީހުންނާ ހަވާލުކުރުމުގައި ފެށިގެންދާ ވޯޓު ގަނެވިއްކުމުގެ ނުކިއްސަރު ވިޔަފާރިއާއި، ތިމާ ލޯބިވާ މީހުންނާމެދު އޮންނަ ލޯބީގެ ތައައްސުބުތަކުން ނޫންބާވައެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox