ސަލްމާން ރުޝްދީ ވަނީ އިސްލާމްދީނަށް ހަމަލާދީފައި: ހާދީ މަތާރް

ސަލްމާން ރުޝްދީއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ހާދީ މަތާރް. -- ފޮޓޯ: އޭޕީ

ސަލްމާން ރުޝްދީއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ހާދީ މަތާރް. -- ފޮޓޯ: އޭޕީ

ސަލްމާން ރުޝްދީ ވަނީ އިސްލާމް ދީނަށް ހަމަލާދީފައި ކަމަށް، މިދިޔަ ހުކުރު ދުވަހު އޭނާގެ ގަޔަށް ވަޅިހެރިކަމުގެ ތުހުމަތު ކުރެވޭ ހާދީ މަތާރް ބުނެފި އެވެ.

މި ވަގުތު ޖަލުގައި ހުރި އުމުރުން 24 އަހަރުގެ މަތާރް ވަނީ ނިއު ޔޯކް ޕޯސްޓް ނޫހަށް އިންޓަވިއު ދީފަ އެވެ. އޭނާ ވަނީ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށް ބުނެފަ އެވެ.

މަތާރް ބުނީ ސަލްމާން ރުޝްދީގެ "ދަ ސެޓެނިކް ވާސަސް" ފޮތުން އޭނާ ކީ އެންމެ ދެ ސަފްހާ ކަަމަށާއި އެކަމަކު އެއީ އިސްލާމް ދީނަށް ހަމަލާދިން މީހެއްކަން ސާފުކޮށް އެނގޭ ކަމަށެވެ.

"ދަ ސެޓެނިކް ވާސަސް" ގެ ނަމުގައި 1988 ގައި ނެރުނު ފޮތުގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފަައިވާ މައްސަލައިގައި އޭނާއަށް މަރުގެ އިންޒާރު ތަކުރާރުކޮށް ދީފައިވެ އެވެ.

އޭނާ މަރާލަން ގޮވާލައި އިރާނުން ފަތުވާއެއް ވެސް ނެރުނެވެ. ފަތުވާއާ އެކު އިރާނު ސަރުކާރުން ސަލްމާން ރުޝްދީގެ ބޮލަށް ތިން މިލިއަން ޑޮލަރު ހުށަހެޅި އެވެ.

"އަހަރެން އިރާނުގެ އާޔަތުﷲ އަށް އިހްތިރާމް ކުރަން. އެއީ ވަރުގަދަ ޝަހުސިއްޔަތެއް. އެކަމާ ގުޅޭ ގޮތުން ބުނާނީ ހަމައެކަަނި މިހެން،" މަތާރް އިންޓަވިއުގައި އެ ފަތުވާއާ ގުޅޭ ގޮތުން ބުންޏެވެ.

އޭގެ އިތުރުން ސަލްމާން ރުޝްދީ މަރު ނުވެ، ހާލު ރަނގަޅުވަމުން އަންނަަކަމުގެ ހަބަރު ލިބުމުން ހައިރާންވި ކަމަށް ވެސް އޭނާ ބުންޏެވެ.

މަތާރްއަށް ތުހުމަތު ކުރެވެނީ މަދުވެގެން 10 ފަހަރު ސަލްމާން ރުޝްދީގެ މޫނާއި، ކަރާއި، ބަނޑަށް ވަޅި ހެރި ކަމަށެވެ.

"އެއީ އަހަންނަށް ކަމުދާ މީހެއް ނޫން. އޭނާ އެއީ ރަނގަޅު މީހެއް ވެސް ނޫން. އޭނާ ވަނީ އިސްލާމް ދީނަށް ހަމަލާދީފައި."

އުމުރުން 75 އަހަރުގެ ސަލްމާން ރުޝްދީއަށް ވަޅިން ހަމަލާ ދިނީ މިދިޔަ ހުކުރު ދުވަަހުގެ ރޭ ނިއު ޔޯކްގައި އޮތް އިވެންޓެއްގެ ތެރެއިން ސްޓޭޖް މަތީގައި ހުއްޓަ އެވެ. މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

ސަލްމާން ރުޝްދީގެ އޭޖެންޓު އެންޑްރޫ ވައިލީ ބުނީ އަތުގެ ނާރުތައް ބުރިވެ، ފުރަމޭއަށް ގެއްލުންވެފަައިވާ ކަމަަށާއި އެއް ލޯ ނަގަން ޖެހިދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox