ބުރުގެ އަސްލު ޓާގެޓަކީ ފުރަތަމަ ޑިވިޝަން، ތައްޔާރުވީ ފައިނަލުގައި ނިއުއާ ކުޅެން: އާފީ

Aug 18, 2022, 3:39 AM
ބުރުގެ ކޯޗު އާފީ: އޭނާ ދެކޭގޮތުގައި ބުރުން ދެން އޮތް ޗެލެންޖާ ކުރިމަތިލާން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކު.--- ފޮޓޯ: އަދަދު

ބުރުގެ ކޯޗު އާފީ: އޭނާ ދެކޭގޮތުގައި ބުރުން ދެން އޮތް ޗެލެންޖާ ކުރިމަތިލާން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކު.--- ފޮޓޯ: އަދަދު

އެންމެ ފަހުން ބޭއްވި ތިން ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބުރު ސްޕޯޓްސް ކްލަބްގެ އަސްލު ޓާގެޓަކީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުން ކަމަށް އެ ޓީމުގެ ކޯޗު އާފިއު މުހައްމަދު ހާމިދު (އާފީ) ބުނެފި އެވެ.

މިދިޔަ އަހަރު ބޭއްވި ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ބުރުން ހޯދީ ކޯޗު އަހުމަދު ނިމާދު (ނިމާ)ގެ އިރުޝާދުގެ ދަށުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި ބުރުން އާފިއުގެ އިރުޝާދުގެ ދަށުން ރޭ ޗެމްޕިއަންކަން ހޯދީ ވެސް މެޗަކުން ބަލިނުވެ، ކުުޅުނު ނުވަ މެޗުން ވެސް މޮޅުވެގެންނެވެ. މިއީ ރާއްޖޭގެ ފުޓްބޯޅައިގައި މި ދެ ޑިވިޝަނަށް ބަލާއިރު ހާއްސަ ކާމިޔާބެކެވެ.

ދެ ވަނަ ޑިވިޝަން ފައިނަލުގައި 4-0 އިން ކްލަބް ޓީނޭޖް ބަލިކުރި މެޗަށް ފަހު އާފިއު ބުނީ 15 ޓީމާ އެކު މި ފަހަރު ބޭއްވި ދެ ވަނަ ޑިވިޝަންގައި ބުރުން ވެސް ކުރަން ޖެހުނީ ވަރަށް އުނދަގޫ ދަތުރެއް ކަމަށެވެ.

Advertisement

"ފުރަތަމަ ކަމަކަށް އަލްހަމްދުލިއްލާހި ޝުކުރު މި ކާމިޔާބު ހޯދުނީމަ. އަސްލު އެހާ ފަސޭހަ ކަމެއް ނޫން މިއީކީ. އަދި މި ފެށުނީ، ދެން އޮތީ ކުރިއަށް. އެއީ އަހަރެެމެންގެ ޓާގެޓަކަށް މި އިންނަނީ ފުރަތަމަ ޑިވިޝަނަށް ވަނުން. އެހެންވީމަ، އަދި މި ހަމަ ފެށުން ކަމަށް ބަލައިގެން މި ތިބީ، ފެށުން މިިދިޔައީ ރަނގަޅަށް. ދެން އިން ތިން މެޗު ނަގައިގެން އިރާދަކުރެއްވިއްޔާ ފަސްޓަށް އެރޭތޯ ބަލާނީ،" އާފިއު ބުންޏެވެ.

ކޯޗިންގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ އާފިއު ބުނީ ބުރުން ހަގީގަތުގައި ތައްޔާރުވީ ފައިނަލުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުޅެން ކަމަށެވެ. އެކަމަކު، ނިއު އަށް ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ދިމާވި ގޮތުން އެ ޓީމު އެ ގްރޫޕްގެ ދެ ވަަނަ އަށް ގޮސް ސެމީގައި ބައްދަލުކުރަން ޖެހުނީ ކަމަށެވެ.

ނިއު އަތުން ބުރު ސެމީގައި ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗަކީ އާފިއުގެ ނަަޒަރުގައި އަސްލު "ފައިނަލް" މެޗެވެ.

"ނިއު ރޭޑިއަންޓަކީ އަސްލު ބޮޑު ނަމެއް، ނިއުގެ އެ ބޮޑު ނަން ބަލިކުރަން އެ ދުވަހު، އެންމެނަށް ވެސް ފެންނާނެ ނިއުއާ ކުޅޭއިރު އެ ވާގޮތް، ނަމުން އެ އޮތީ، ބަޔަކު އެތާ ނެތެއް ކަމަކު، އެ ޗެލެންްޖް އެ މީހުން ދިން، އެ އުނދަގޫ މަރުހަލާ ވެސް ނިންމާފައި މި އައީ މި ހިސާބަށް،" އާފިއު ބުންޏެވެ.

"އެއްވެސް މެޗަކުން ބަލިނުވެ މި އަންނަނީ ތިން ވަނަ ޑިވިޝަނުން ފެށިގެން ރެކޯޑެއް ދަމަހައްޓަމުން، މިއީ ވެސް ވަރަށް ބޮޑު ކާމިޔާބެއް،"

ވެލެންސިއާގެ ކޯޗިން ޓީމުގައި އިސް ރޯލެއް އަދާކުރާ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ، އިސްމާއިލް އާސިފް (ކުޑަހީނާ)އާ އެކު ކޯޗިންގެ މަސައްކަތް ކުރަމުން އަންނަ އާފިއު އަކީ މި ސީޒަނުގައި ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، ކޯޗިން ޓީމުގެ މުހިންމު މެމްބަރެކެވެ.

ބުރު ގޮވައިގެން އާފިއު ބޮޑު ޗެލެންޖަކާ ކުރިމަތިލާން ތައްޔާރުވާއިރު، އެ ޓީމުގެ އަސްލު ޓާގެޓް ފުރަތަމަ ޑިވިޝަނަށް ދާން ކުޅެން ޖެހިފައި އޮތީ ފުރަތަމަ ޑިވިޝަނުގެ ކޮލިފިކޭޝަން ބުރެވެ. އެ ރައުންްޑްގައި ބުރާއި ޓީނޭޖުން ކުޅެން ޖެހޭނީ ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދިޔަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެވެ. މި ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅެފައި، އެއް ވަނަ ދެ ވަނަ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެ އެވެ.

"ފުރަތަމަ ޑިވިޝަން ޓީމުތައް އެ އަންނަނީ ގާތްގަނޑަކަށް އަހަރެއްގެ ތެރޭގައި 21 ނޫނީ 22 މެޗު ކުޅެފައި، އަންނައިރު އެ މީހުންނަކީ ފިޓްނަސް ލެވަލް އިން ބެލިޔަސް އެކްސްޕީރިއަންސްގެ ގޮތުން ބެލިޔަސް އެ ޓީމުތަކަކީ ވަރުގަދަ ޓީމުތަކެއް، އެއްވެސް ވަރަކަށް އެއްވެސް ޓީމެއް އަންޑަ އެސްޓިމޭޓެއް ނުކުރާނަން،" އާފިއު ބުންޏެވެ.

"އެ މީހުން (ސަސް އާއި ގްރާންޑޭ) ލީގުގެ ދެ ވަނަ ބުރު ނިންމާލިއިރު ރެލިގޭޝަން ކުޅެން ޖެހިފައި އޮތްކަން އެނގުނު ހިސާބުން މި އަށް (ކޮލިފިކޭޝަން އަށް) ރެޑީވަމުން މި އައީ، ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަކީ އެންމެ ދަށުގައި އޮތަސް ވަރަށް ވަރުގަދަ ޓީމުތައް. ކުޅުންތެރިންނަށް ބަލާއިރު ވެސް އެ ކޮލިޓީ އެބަހުރި. އެ ޗެލެންޖާ ކުރިމަތިލައިގެން ވަރަށް ވިސްނުން ތެރިކަމާ އެކު ކާމިޔާބު ހޯދަން ބުރުން ބޭނުންވަނީ،"

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރުގެ މެޗުތަކުގެ ޝެޑިއުލް ފައިނަލް ކުރުމުގެ ކަންކަން އެފްއޭއެމުން ކުރަމުން އަންނައިރު، ކޮލިފިކޭޝަން ބުރުގައި ކުޅޭ ސަސް އިން އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މިއަދު ކްލަބް ވެލެންސިއާއާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox