މެޗަކުން ބަލިނުވެ ބުރުން ދެ ވަަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި

Aug 17, 2022, 5:57 PM
ތަށްޓާ އެކު ބުރުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ތަށްޓާ އެކު ބުރުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ކްލަބް ޓީނޭޖް ފަސޭހަކަމާ އެކު، 4-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މެޗަކުން ބަލިނުވެ، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.

މިދިޔަ އަހަރު ބޭއްވި ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ބުރުން ހޯދީ ކޯޗު އަހުމަދު ނިމާދު (ނިމާ)ގެ އިރުޝާދުގެ ދަށުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި ބުރުން އާފިއު މުހައްމަދު ހާމިދުގެ ކޯޗުކަމުގައި މި ހޯދީ ވެސް މެޗަކުން ބަލިނުވެ، ކުުޅުނު ނުވަ މެޗުން ވެސް މޮޅުވެގެންނެވެ. މިއީ ރާއްޖޭގެ ފުޓްބޯޅައިގައި މި ދެ ޑިވިޝަނަށް ބަލާއިރު ހާއްސަ ކާމިޔާބެކެވެ.

Advertisement

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗު ފަށައިގެން ބުރުން ދިޔައީ ޓީނޭޖްގެ ފަހަތަށް ބާރު ބޮޑުކުރަމުންނެވެ.

ބުރުން މެޗުގައި ލީޑުނެގީ 29 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އުޒްބެކިސްތާންގެ މިޑްފީލްޑަރު، މިރްޖަލާލް ކޮސީމޯވް ޖެހި ގޯލުންނެވެ. މިއީ އޭރިއާ ރޮނގުކައިރިން ބުރުގެ ކެޕްޓަން، މުހައްމަދު ތަޝްމީން (ތައްތި) އަށް ކުރި ފައުލަކަށް ރެފްރީ، ސިނާން ދިން ޕެނަލްޓީ އެކެވެ.

އޭގެ އިރުކޮޅެއް ފަހުން ބުރު އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ކުރި ފައުލަކަށް ޓީނޭޖުން ވެސް ޕެނަލްޓީ އަކަށް އެޕީލް ކުރި އެވެ. އެކަމަކު، ރެފްރީބ ސިނާން، މި ފަހަރު ނިންމީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށެވެ. މަޑުމަޑުން ޓީނޭޖުން ވެސް ހަމަލާތަކެއް ފޮނުވާލެވޭތޯ މަސައްކަތް ކުރަމުންދިޔައިރު، އެ ޓީމުގެ ކެޕްޓަން، ސާދިރިއްދީން ޖެހި ހިލޭ ޖެހުމެއް ބުރުގެ ގޯލްކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) ވަނީ މަތަކޮށްފަ އެވެ.

ޓީނޭޖް ކޮޅަށް ގޯލު ޖެހުމަށް ފަހު ތައްތި އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ބުރުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުފުޅާކޮށްފަ އެވެ. މި ގޯލު ޖެހީ ކުރިން ޒުވާން ގައުމީ ޓީމުތަކުގައި މޮޅު ކުޅުމެއް ދެއްކި، ކ. ހުރާ އަށް އުފަން ތައްތި އެވެ. މެޗުގެ 42 ވަނަ މިނިޓްގައި އަރިމަތިން ތައްތި އަށް ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ޓީނޭޖްގެ ސާދިރިއްދީން ކައިރިން ނައްޓާފައި ތައްތި ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި ބުރުން ތިން ވަަނަ ގޯލު ޖެހި އެވެ. މެޗުގެ 48 ވަަނަ މިނިޓްގައި މި ގޯލު ޖެހީ މިރްޖަލާލް އެވެ. ތައްތި އަރިމަތިން ހުސްކޮށްލާފައި އޭރިއާތެރެއިން މިރްޖަލާލަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ފޮނުވާލުމުން ގޯލަށް ވަނީ ޓީނޭޖްގެ ބިދޭސީ ކީޕަރު، މުހައްމަދު ހަސަން އަބްދެލް ހަމީދު އަތުގައި ޖެހިފަ އެވެ.

ބުރުން ވަނީ މެޗުގެ 66 ވަނަ މިނިޓްގައި ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މި ގޯލުގައި ވެސް ތައްތި އަށް ކްރެޑިޓް ހައްގުވެ އެވެ. އަރިމަތިން ތައްތި ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ހުސްކޮށްލާފައި ދިން ބޯޅަ ގޯލަށް ފޮނުވާލީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މިއީ ބަދަލަކަށް ކުޅެން އަރައި ޝާއްޕެ އަށް ލިބުނު ފުރަތަމަ ބޯޅަ އެވެ.

ޓީނޭޖްގެ ދެ ކުޅުންތެރިން ކައިރިން ބުރުގެ މިރްޖަލާލް ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

މެޗުގެ 80 ވަަަނަ މިނިޓްގައި ތައްތިގެ ބަދަލުގައި ވަނީ ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ތަޖުރިބާކާރު ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) ކުޅެން އަރުވައިފަ އެވެ. މި ފަހަރު ދެ ވަނަ ޑިވިޝަނުގައި ބުރުން ކުޅުނު ގިނަ މެޗުތަކުގައި އައްމަޑޭ ވަނީ ކުޅެފަ އެވެ.

ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ބުރާއި ރަނަރަޕް ޓީނޭޖަށް ދެން އޮތީ އަނެއް ޗެލެންޖެވެ. ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދަން ކުޅެން ޖެހޭ ކޮލިފިކޭޝަން ބުރެވެ. އެ ބުރުގައި ޓީނޭޖާއި ބުރު ނުކުންނާނީ ނިމިދިޔަ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އަށް ދިޔަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި އެންމެ ފުލަށް ދިޔަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. މި ދެ ކްލަބަކީ އެންމެ ފަހުން ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ތިން ކްލަބްގެ ތެރެއިން ދެ ކްލަބް އެވެ.

ބުރުގެ ކޯޗު އާފިއު ބުނީ ހަގީގަތުގައި ބުރުން ބޭނުންވާ ޗެލެންޖް އޮތީ ދެން ކަމަށާއި އެއީ ފުރަތަަމަ ޑިވިޝަނަށް ޕްރޮމޯޓްވާން ކުރަން ޖެހޭ ކަންކަމަށް ތައްޔާރުވުން ކަމަށެވެ. ދަ ގްރާންޑޭ އާއި ސަސް އަދި ޓީނޭޖާ ދެކޮޅަށް ކޮލިފިކޭޝަން ބުުރުގައި ކުޅެން ޖެހޭ އެއްވެސް މެޗެއް ފަސޭހަނުކުރާނެ ކަމަށް އާފިއު ވަނީ ބުނެފަ އެވެ.

ސަސްޕެންޝަނުން ސަލާމަތްވެ، ރާއްޖޭގެ އެންމެ ދުވަސްވީ ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ވެސް މި ފަހަރު ދެ ވަނަ ޑިިވިޝަންގައި ވާދަކުރި އެވެ. ވިކްޓަރީ ގްރޫޕްގެ ހަތަރު ވަނަ އަށް ދިޔައިރު، ނިއު ސެމީގައި ކެޓީ ބުރު އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

ޓީނޭޖް ސެމީ އަށް އައީ ނިއު އާއި ވިކްޓަރީ ގްރޫޕް ސްޓޭޖުގައި ފަހަތަށް ޖައްސާލައިފަ އެވެ. ޓީނޭޖްގެ ކޯޗު، ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު، އަހުމަދު ނިޔާޒް (ނިޔާ) ބުނީ ޓީނޭޖަކީ ހަގީގަތުގައި ދެ ވަނަ ޑިވިޝަނުގެ މަގާމު ދަމަހައްޓަން އެ ވިސްނުމުގައި ނުކުތް ޓީމެއް ކަމަށާއި އެކަމަކު، ފަހިވި ފުރުސަތުތަކުގައި ބޭނުންހިފައިގެން ޓީނޭޖް ފައިނަލަށް ދަތުރުކުރީ ކަމަށެވެ. އަދި ފައިނަލުގައި ބުރާ ކުޅުނުއިރު، ޓީނޭޖް ޓީމު އެއްކޮށް ފިޓް ނޫން ކަމަށް ނިޔާ ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox