ޔުވެންޓަަސް މޮޅަކުން ފެށިއިރު ވިދާލީ ވްލަހޯވިޗް

Aug 16, 2022, 4:06 AM
ވްލަހޯވިޗް ގޯލު ޖެހުމަށް ފަހު އުފާފާޅުުރަނީ.-- ފޮޓޯ: އޭއެފްޕީ

ވްލަހޯވިޗް ގޯލު ޖެހުމަށް ފަހު އުފާފާޅުުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (އޮގަސްޓް 16) - އިޓާލިއަން ލީގުގައި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުގައި ޑޫސާން ވްލަހޯވިޗްގެ ދެ ގޯލާ އެކު 3-0 އިން ސަސުއޯލޯ ބަލިކޮށްފި އެވެ.

ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު މެޗުގެ 26 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ މި ފަހަރު ޕީއެސްޖީ ދޫކޮށް ޔުވެންޓަސްއާ ގުޅުނު އެންހެލް ޑި މާރިއާ އެވެ. އަލެކްސް ސަންޑްރޯ ނަަގައިދިން ހުރަހަކުން ޑި މާރިއާ ޖެހި ވޮލީ ގޯލަށް ވަނީ ފެނުގައި ޖެހިފައި ސަސުއޯލޯ ކީޕަރު އަންދްރެއާ ކޮންސީލީ އަތްމަތިން ގޮހެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސްގެ ދެ ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން ވްލަހޯވިޗް އެވެ. މިއީ އޭރިއާތެރެއިން ސަސުއޯލޯގެ ޖިއަން މާކޯ ފެރާރީ، ވްލަހޯވިޗަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީން ގޯލު ޖެހުމުގެ ކުރިން ވްލަހޯވިޗް ފޮނުވާލި ދެ ޝޮޓެއް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ވްލަހޯވިޗް ވަނީ ޔުވެންޓަސްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އޭނާ މި ގޯލު ޖެހީ އޭރިއާތެރެއިން ޑި މާރިއާ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ. މި ގޯލު ޖެހުމުގެ ދެ މިނިޓް ކުރިން، ކައުންޓަ އެޓޭކެއްގައި ޑި މާރިއާ ޖެހި ޝޮޓެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ޖެނުއަރީ މަހު ފިއޮރެންޓީނާ ދޫކޮށް ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ވްލަހޯވިޗް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޔުވެންޓަސް އިން ރޭގެ މެޗުގައި ވަނީ ދާދި ފަހުން އެ ޓީމާ ގުޅުނު ސާބިއާގެ ވިންްގް، ފިލިޕް ކޮސްޓިޗް އަށް ފުރުސަތު ދީފަ އެވެ. އެކަމަކު، އަނިޔާގެ ސަބަބުން ޕައުލް ޕޮގްބާ އާއި ކީޕަރު، ވޮޒްޝިއޭ ޝެޒްނީ ހުރީ ކުޅުމާ ދުރުގަ އެވެ.

އިޓާލިއަން ލީގުގައި .ރޭ ނަޕޯލީ ވަނީ 5-2 އިން ވެރޯނާ ބަލިކޮށްފަ އެވެ. ނަޕޯލީގެ ނައިޖީރިއާ ފޯވާޑް ވިކްޓަ އޮސީމެއިން އާ ނަސްލީ ގޮތުން ވެރޯނާގެ ސަޕޯޓަރުން ދިމާކޮށްލި މި މެޗުގައި އޭނާ ގޯލު ޖެހި އެެވެ. ދެން އެ ޓީމުގެ ގޯލުތައް ޖެހީ މަޓެއޯ ޕޮލިޓާނޯ، ކްވިޗާ ވަަރަޓްޝްކޭލިއާ، ޕިއޮޓްރް ޒިއެލިންސްކީ އަދި ސްޓަނިސްލާވް ލޮބޯޓްކާ އެެވެ. ވެރޯނާގެ ލަނޑުތައް ޖެހީ ކެވިން ލަޒާނިއާ އާއި ތޯމަސް ހެންރީ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox