ރާއްޖޭގެ ބައެއް ވަޒީރުންނާއި ވަޒީރުންގެ ނައިބުން ހިމެނިވަޑައިގަންނަވާ ވަފުދެއް، ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އުރީދޫ ގްރޫޕްގެ ހެޑްކުއާޓަރަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.
އުރީދޫ އިން ބުނީ ވަޒީރުންގެ ވަފުދު އުރީދޫގެ ހެޑްކުއާޓަރަށް ކުރެއްވި ޒިޔާރަތުގައި ޑިޖިޓަލް ޓްރާންފޯމޭޝަންގެ ދާއިރާއިން ގަތަރުގެ މުހިއްމު ބައެއް މުއައްސަސާތަކާއެކުގައި ބައްދަލުވުމުންތައް ބޭއްވުމަށް މަގުފަހިކޮށްދިން ކަމަށެވެ. އެއީ އެ ކުންފުނިން ބުނި ގޮތުގައި ޑިޖިޓަލްކޮށް ގެންނަ ކުރިއެރުންތަކުން ކުރާ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ މުއައްސަސާތަކެވެ.
އުރީދޫގެ ހެޑްކުއާޓަރަށް ޒިޔާރަތްކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާއާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި އެ މިނިސްޓްރީތަކުގެ އިސް އެެހެން ބޭފުޅުންނެވެ.












