ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ސަލްމާން ރުޝްދީ އާއި އޭނާގެ ސަޕޯޓަރުން: އިރާން

ލިޔުންތެރިޔާ ސަލްމާން ރުޝްދީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ލިޔުންތެރިޔާ ސަލްމާން ރުޝްދީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ކާމިޔާބު ވާހަކަ ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް ހަމަލާ ދިން މީހާއާ އެއްވެސް ގުޅުމެއް ނެތް ކަމަަށާއި ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ސަލްމާން ރުޝްދީ އާއި އޭނާގެ ސަޕޯޓަރުން ކަމަށް އިރާނުން ބުނެފި އެވެ.

އުމުރުން 75 އަހަރުގެ ސަލްމާން ރުޝްދީއަށް ވަޅިން ހަމަލާ ދިނީ މިދިޔަ ހުކުރު ދުވަަހުގެ ރޭ ނިއު ޔޯކްގައި އޮތް އިވެންޓެއްގެ ތެރެއިން ސްޓޭޖް މަތީގައި ހުއްޓަ އެވެ. މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

"ދަ ސެޓެނިކް ވާސަސް" ގެ ނަމުގައި 1988 ގައި ނެރުނު ފޮތުގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފަައިވާ މައްސަލައިގައި އޭނާއަށް މަރުގެ އިންޒާރު ތަކުރާރުކޮށް ދީފައިވެ އެވެ.

އޭނާ މަރާލަން ގޮވާލައި އިރާނުން ފަތުވާއެއް ވެސް ނެރުނެވެ. ފަތުވާއާ އެކު އިރާނު ސަރުކާރުން ސަލްމާން ރުޝްދީގެ ބޮލަށް ތިން މިލިއަން ޑޮލަރު ހުށަހެޅި އެވެ.

ސަލްމާން ރުޝްދީއަށް ހަމަލާ ދިނުމުން އިރާނުގެ ނޫސްތަކުން އުފާ ފާޅުކުރަމުންދާ ކަމަށް ބުނެ، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓނޮނީ ބްލިންކެން ކުރިން ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

ހޯމަ ދުވަހު އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރް ކައްނާނީ ވިދާޅުވީ ހަމަލާ އާއި އިރާންއާ އެއްވެސް ގުޅުމެއް ނެތް ކަމަަށާއި އެ ގައުމަށް އެއްވެސް ތުހުމަތެއް ވެސް ނުކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަަމުގެ ނަމުގައި ދީނަށް ފުރައްސާރަ ކުރުމަކީ ސަލްމާން ރުޝްދީއަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މި ހަމަލާގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ސަލްމާން ރުޝްދީ އާއި އޭނާގެ ސަޕޯޓަރުން،" އޭނާ ވިދާޅުވި އެވެ.

ސަލްމާން ރުޝްދީގެ އޭޖެންޓު އެންޑްރޫ ވައިލީ ބުނީ އަތުގެ ނާރުތައް ބުރިވެ، ފުރަމޭއަށް ގެއްލުންވެފަައިވާ ކަމަަށާއި އެއް ލޯ ނަގަން ޖެހިދާނެ ކަމަށެވެ.

އެކަމަށް އިޝާރާތްކޮށް އިރާނުގެ ބައެއް ނޫސްތަކުން ބުނީ "އިބިލީހުގެ ލޯ ކަނުވެއްޖެ" ކަމަށެވެ.

ސްޓޭޖު މަތިން ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި އުމުރުން 24 އަހަރުގެ ހާދީ މަތާރް ވަނީ ގަސްދުގަައި މީހަކު މަރަން މަސައްކަތް ކުރިކަމުގެ ތުހުމަތަށް އިންކާރުކޮށްފަ އެވެ.

އޭނާއަށް ތުހުމަތު ކުރެވެނީ މަދުވެގެން 10 ފަހަރު ސަލްމާން ރުޝްދީގެ މޫނާއި، ކަރާއި، ބަނޑަށް ވަޅި ހެރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުން މަނާކޮށްފި

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުމާއި ބެޓްކުރުން މަނާކުރުމަށް އެ ގައުމުގެ ރައީސް ލޫލާ ދަ ސިލްވާ ވަގުތީ އަމުރެއް ނެރުއްވައިފިއެވެ. މި ފިޔަވަޅު އެޅުއްވީ ޖުވާގެ ސަބަބުން އާއިލާތަކުގެ އާމްދަނީއަށް ގެއްލުންވެ، އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާތީ ގައުމު ސަލާމަތްކުރުމުގެ މަގުސަދުގައެވެ. އިންތިޚާބާ ގާތްވެފައިވަނިކޮށް ނިންމެވި މި ނިންމެވުން ދާއިމީ ކުރުމަށް ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭނެއެވެ.

ޓްރަމްޕްގެ އެއާ ފޯސް ވަންގައި ސީއެންއެން ދަތުރުކުރުން މަނާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެނެސީއަށް ކުރައްވާ ދަތުރުފުޅުގައި، ރަސްމީ މަތިންދާބޯޓު "އެއާ ފޯސް ވަން" ގައި ސީއެންއެން ދަތުރުކުރުން ވައިޓް ހައުސްއިން މަނާކޮށްފިއެވެ. މިއީ ޓްރަމްޕްގެ ސަރުކާރާއި މީޑިއާތަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށްވާއިރު، މީގެ ކުރިންވެސް ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން ވަނީ މަނާކޮށްފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ މީޑިއާ އިދާރާތަކުން މި ނިންމުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ހޯރްމޫޒް ހުޅުވާލުމަށް އީރާނުން އެމެރިކާއަށް ހުށަހެޅުމެއް

ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި ވަކި ޝަރުތުތަކަކާއެކު އީރާނުން އެމެރިކާއަށް ހުށަހެޅުމެއް ފޮނުވާފައިވާއިރު، މިކަމުގައި ގޮތެއް ނިންމުމުގެ އިޚުތިޔާރު މިހާރު އޮތީ އެމެރިކާއަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕް ވަނީ އީރާނުގެ މި ހުށަހެޅުން ބޭރުކޮށްލައްވައި، އެ ގައުމަށް އަސްކަރީ ހަމަލާތަކެއް ދިނުމުގެ އިޝާރާތެއް ކުރައްވާފައެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ބެންކޮކްގައި ފެންބޮޑުވުމުން ކުއްލި ނުރައްކާ އިއުލާންކޮށްފި

ބެންކޮކަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ވިއްސާރައިގައި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭވެހި ކޯރުތައް ބަންޑުންވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އިތިއޯޕިއާ-ޖިބޫޓީ ތެޔޮ ހޮޅިއަށް 660 މިލިއަން ޑޮލަރު ދެނީ

ނައިޖީރިއާގެ މަހުޖަނު އަލީކޯ ޑަންގޯޓޭގެ 660 މިލިއަން ޑޮލަރުގެ ފަންޑާއެކު، ޖިބޫޓީ އާއި އިތިއޯޕިއާ ދެމެދު 120 ކިލޯމީޓަރުގެ ތެޔޮ ހޮޅިއެއް އެޅުމުގެ މަޝްރޫއެއް ވަނީ ފަށާފައެވެ. ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިމޭނެ މި މަޝްރޫއުގެ ސަބަބުން، އިތިއޯޕިއާއަށް ތެޔޮ އުފުލުމަށް ހޭދަވާ ވަގުތު ފަސް ދުވަހުން އެއް ދުވަހަށް ކުޑަވެ، އެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ވަރުގަދަވެގެންދާނެއެވެ.

މަޖުބޫރު އަސްކަރީ ހިދުމަތާ ދެކޮޅަށް ޖަރުމަނުގައި މުޒާހަރާ ކުރަނީ

ޖަރުމަނުވިލާތުގައި އަސްކަރީ ހިދުމަތް އަލުން މަޖުބޫރުކޮށްފާނެތީ، އެކަމާ ދެކޮޅަށް އެ ގައުމުގެ ކިޔަވާ ކުދިން ކްލާސްތަކަށް ނުގޮސް މުޒާހަރާކުރަން ފަށައިފި އެވެ. މި މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުންދަނީ ސަރުކާރުން ގެންގުޅޭ އަސްކަރިއްޔާ ވަރުގަދަކުރުމުގެ ސިޔާސަތުގެ ދަށުން ޒުވާނުން ހަނގުރާމައަށް ފޮނުވުމުގެ ވިސްނުން ދޫކޮށްލުމަށެވެ.

Newsletter

Get the latest news delivered straight to your inbox