ސިވިލް ކޯޓަށް ގާޒީއަކު ހޯދަން އިއުލާން ކޮށްފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މި މަހުގެ 29 ވަނަ ދުވަހު 1:00 ގެ ނިޔަލަށެވެ.
ސިވިލް ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރައަކީ 30،000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބޭނެ އެވެ.
ސިވިލް ކޯޓަށް ގާޒީއަކު ހޯދަން އިއުލާން ކޮށްފައިމިވަނީ އެ ކޯޓުގެ ގާޒީއެއްގެ މަގާމު ހުސްވެގެންނެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި ޒުބައިރު މުހައްމަދު ގާޒީ ކަމުން އިސްތިއުފާ ދެއްވުމުންނެވެ.












