ޓުޗެލް ޖަޒުބާތުގައި ޖެހުނީ ޓޮޓެންހަމް މެޗުގެ އޮއެވަރު ދިޔަ ގޮތުން

Aug 15, 2022, 5:57 AM
ޗެލްސީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން ޓުޗެލް.-- ފޮޓޯ: އޭއެފްޕީ

ޗެލްސީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން ޓުޗެލް.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮގަސްޓް 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ ދެމެދުގައި ކަންތައްތަކެއް ހިނގީ މެޗުގެ އޮއެވަރު ދިޔަ ގޮތުން ޖަޒުބާތުގައި ޖެހިގެން ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖުގައި ޓޮޓެންހަމާ 2-2 އިން އެއްވަރުވި މި މެޗުގައި ދެ ފަހަރެއްގެ މަތިން ޓުޗެލް އާއި ކޮންޓޭގެ އަރާރުމެއް ފެނިގެންދިޔަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ ޓޮޓެންހަމުން 1-1 އިން އެއްވަރުކުރި ވަގުތުގައި ޓެކްނިކަލް އޭރިއާ ކައިރީގައި ކަންތައްތަކެއް ހިނގިއިރު، ދެން މެޗު ނިމިގެން ކޮންޓޭ އާއި ޓުޗެލް ސަލާމްކުރަން ކައިރި ވަގުތުގައި ހިނގި ކަންތައްތަކެއްގެ ސަބަބުން ދެ ކޯޗުން ދުރުކުރީ ދެ ޓީމުގެ ކުޅުންތެރިންނާ ސްޓާފުން އެއް ވެގެންނެވެ.

މެޗަށް ފަހު ޓުޗެލް ބުނީ ސީޒަންގެ ކުރީކޮޅުގައި މި ފަދަ މެޗެއް ފެންނާނީ މަދު ފަހަރަކު ކަމަށާއި ހޫނު ގަދަ ދުވަހެއްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ކަންތައްތަކަކީ ވާދަވެރި މާހައުލެއްގައި ފެންނާނެ ހުރިހާ ކަމެއް ކަމަށެވެ.

"މިކަންކަން ހިނގާފައި މި އޮތީ މެޗުގެ އޮއެވަރު ދިޔަ ގޮތުން. ވީއޭއާރްގެ ޒަމާނެއްގައި ބަލައިގަންނަން ނުޖެހޭ ދެ ގޯލު ޓޮޓެންހަމުން ޖަހާފައި އެ އޮތީ. ފުރަތަމަ ގޯލުގައި ޖެހިއިރު، ކައި އަށް ފައުލުކޮށްފައި އޮތީ، ދެން ދެ ވަނަ ގޯލު ޖެހިއިރު، ރިޗާލިސަން އޮތީ އޮފްސައިޑްގައި، ދެން، އަހަންނަށް ނޭނގޭ ފުޓްބޯޅަ ދަނޑުގައި ބޮލުގެ އިސްތަށިގަނޑުގައި ހިފުން ހުއްދަވެފައި އޮތް ގޮތެއް،" ޓުޗެލް ބުންޏެވެ.

ޓޮޓެންހަމް އިން 68 ވަނަ މިނިޓްގައި ހޮއިބިއާ ގޯލު ޖެހިއިރު، ޗެލްސީގެ ކައި ހަވާޓްޒް އަށް ޓޮޓެންހަމްގެ ރޮޑްރީގޯ ބެންޓަންކޫރު ފައުލުކުރި ކަމަށް ޗެލްސީން އެޕީލްކުރި އެވެ. އަދި އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ހެރީ ކޭން ޓޮޓެންހަމަށް އެއްވަރުކޮށްދިން ގޯލު ޖެހިއިރު، ޓޮޓެންހަމްގެ ޑިފެންޑަރު ރޮމޭރޯ ވަނީ ޗެލްސީގެ ފުލްބެކް، މާކް ކުކުރޭލާ އިސްތަށިގަނޑުގައި ހިފަހަައްޓައި އޭނާ އަށް ހުރަސް އަޅައިފަ އެވެ.

ވީއޭއާރް އިން ބަލާފައި ވެސް މީގެއިން އެއްވެސް ހާލަތެއްގައި ނިންމުން އައީ ޗެލްސީއާ އެއްކޮޅަކަށް ނޫނެވެ.

ފާއިތުވި އަހަރުތަކުގައި ޗެލްސީގެ ސަޕޯޓަރުން ވަނީ އެ ޓީމުގެ މެޗުތަކަށް ރެފްރީ، އެންތަނީ ޓޭލާ އަރައިފިނަމަ ގިނަ ނިންމުންތައް ދަނީ ޗެލްސީއާ ދެކޮޅަށް ކަމަށް ބުނެ، އޭނާ ޗެލްސީ މެޗުތަކަށް ނާރުވަން އަޑުއުފުލައިފަ އެވެ. ރޭގެ މެޗުގައި ވެސް ޓޭލާގެ ގިނަ ނިންމުންތައް ހުރީ ޓޮޓެންހަމް ކޮޅަށް ކަމަށް ޗެލްސީން ބުނަމުންދާއިރު، ޓުޗެލް ބުނީ ސަޕޯޓަރުންނެކޭ އެއްގޮތަށް ޗެލްސީ ކުޅުންތެރިން ވެސް އެދެނީ ޓޭލާ އެ ޓީމުގެ މެޗުތަކަށް ނޭރުމަށެވެ.

ޓުޗެލްއާ ދެމެދު ހިނގި ކަންތައްތަކާ ބެހޭގޮތުން ކޮންޓޭ ބުނީ އެއީ މީޑިއާގައި އޭނާ ދައްކަން ބޭނުންވާ ވާހަކަތަކެއް ނޫން ކަމަށެވެ. އެކަމަކު، ކޮންޓޭ ވަނީ ފަހުން އޭނާގެ ސޯޝަލް މީޑިއާގައި މަޖާޒީ ގޮތަކަށް އޭނާ އާއި ޓުޗެލްގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox