ޗެމްޕިއަން ރެއާލް ފުރަތަމަ މެޗުން ފަހަތުން އަރައި މޮޅުވެއްޖެ

Aug 15, 2022, 4:08 AM
ރެއާލްގެ އަލަބާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ:އޭއެފްޕީ

ރެއާލްގެ އަލަބާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ:އޭއެފްޕީ

މެޑްރިޑް (އޮގަސްޓް 15) - ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑް އާ ސީޒަނުގެ ފުރަތަމަ މެޗުގައި ފަހަތުން އަރަައި އަލްމެރިއާ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

ރެއާލުން ރޭގެ މެޗު ފަށައިގެން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް، ހަ ވަނަ މިނިޓްގައި އަލްމެރިއާ އިން ލީޑުނެގި އެވެ. ރެއާލް ޑިފެންސް ފަހަތަށް އަލްމެރިއާގެ އިނީގޯ އެގުއާރާސް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، އަލްމެރިއާ އަށް ލީޑުނަގައިިދިނީ ލާޖީ ރަމަޒާނީ އެވެ.

ފުރަތަމަ ހާފު ނިމުނުއިރު، ރެއާލަށް ނަތީޖާ ހަމަނުކުރެވުނު އެންމެ ބޮޑު ސަބަބަކީ އަލްމެރިއާ ކީޕަރު ފެނާންޑޯ މާޓިނޭޒްގެ ހުށިޔާރުކަމެވެ. އޭނާ ވަނީ ރެއާލުން ފުރަތަމަ ހާފުގައި ފޮނުވާލި ހަމަލާތައް ހުއްޓުވައިފަ އެވެ. ދެ ވަނަ ހާފް ފެށިގެން އަލްމޭރިއާ އިން ލީޑުފުޅާކުރަން އެ ޓީމުގެ އުމަރު ސާދިގު ޖެހި ޝޮޓް ރެއާލް ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ރެެއާލުން އެއްވަރުކުރީ 61 ވަނަ މިނިޓްގައި ލޫކަސް ވަޒްކޭޒް ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގައި ވަޒްކޭޒް ޖެހި ގޯލެއް އޮފްސައިޑްވީ ނަމަވެސް ދެ ވަނަ ހާފުގައި ވިނީޝިއުސް ޖޫނިއާ އާއި ކަރިމް ބެންޒެމާ ގުޅިގެން ކުރި އެޓޭކެއްގައި އޭރިއާތެރެއިން ވަޒްކޭޒަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

މެޗުގެ 75 ވަނަ މިނިޓްގައި ރެއާލް މޮޅުވި ގޯލު ޖެހީ ޑޭވިޑް އަލަބާ އެވެ. އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން އަަލަބާ ފޮނުވާލި ބޯޅަ ގޯލަށް ވަންއިރު، އަލްމޭރިއާ ކީޕަރު މާޓީނޭޒަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މެޗު ދިޔަ ގޮތަށް ބަލާއިރު، ފަހަތުން އަރައި މޮޅުވެވުނީތީ އުފާކުރާ ކަމަށާއި ރެއާލަށް ގޯލެއް ޖެހުނު ހިސާބުން ފެށިގެން މެޗުން މޮޅުވެވޭނެ ކަމުގެ އިތުބާރު ބޮޑުވި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox