ޗެލްސީ އާއި ޓޮޓެންހަމް އެއްވަރު، ކޮންޓޭ އާއި ޓުޗެލްގެ އަރާރުމެއް

Aug 14, 2022, 6:12 PM
މެޗުގެ ފަހު ކަށިގަނޑަށް ފަހު ޓުޗެލް (ވ) އާއި ކޮންޓޭއާ ދެމެދުގައި އަރާރުމެއް ހިނގިއިރު، ދެ ކޯޗުންނަށް ވެސް ވަނީ ދެ ރީނދޫ ކާޑާ އެކު ރަތެއް ދައްކާފައި.---

މެޗުގެ ފަހު ކަށިގަނޑަށް ފަހު ޓުޗެލް (ވ) އާއި ކޮންޓޭއާ ދެމެދުގައި އަރާރުމެއް ހިނގިއިރު، ދެ ކޯޗުންނަށް ވެސް ވަނީ ދެ ރީނދޫ ކާޑާ އެކު ރަތެއް ދައްކާފައި.---

ލަންޑަން (އޮގަސްޓް 14) - ފަހު ވަގުތު ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭން ޖެހި ގޯލާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި ޓޮޓެންހަމް 2-2 އިން އެއްވަރުވިއިރު، ދެ ޓީމުގެ ކޯޗުން ކަމަށްވާ އެންޓޯނިއޯ ކޮންޓޭ އާއި ތޯމަސް ޓުޗެލްގެ ދެމެދުގައި އަރާރުމެއް ހިނގައި ދެ ކޯޗުންނަށް ރަތް ކާޑު ދައްކައިފި އެވެ.

ޗެލްސީން މި މެޗުގައި ލީޑުނެގީ 19 ވަނަ މިނިޓްގައި ކަލީދޫ ކުލިބާލީ ޖެހި ގޯލުންނެވެ. މާކް ކުކުރޭލާ ނެގި ކޯނަރަކުން އޭރިއާތެރެއިން ކުލިބާލީ އަށް ލިބުނު ބޯޅަ އޭނާ ވަނީ ވޮލީ އަކުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ޓޮޓެންހަމް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 68 މިނިޓްގައި ޕިއޭ އެމީލް ހޮއިބިއާ ޖެހި ގޯލުންނެވެ. އޭރިއާ ރޮނގުކައިރިން ހޮއިބިއާ ތިރިތިރިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަަނަށެެވެ. އެ އެޓޭކް ފެށިިއިރު، ޗެލްސީގެ ކައި ހަވާޓްޒް އަށް ޓޮޓެންހަމްގެ ރޮޑްރީގޯ ބެންޓަންކޫރު ފައުލުކުރި ކަމަށް ބުނެ، ޗެލްސީން ވަރަށް ބޮޑަށް އެޕީލްކުރި އެވެ.

ގޯލު ޖެހި ފަހުން، ކޮންޓޭ ވަނީ އުފާފާޅުކުރުމުގެ ތެރެއިން ޗެލްސީ ބެންޗާ ދިމާލަށް ގޮސްފަ އެވެ. އެ ވަގުުތު ޓުޗެލް ވެސް ކޮންޓޭއާ ދިމާލަށް އައުމުން، މެޗުގެ ރެފްރީ ވަނީ ދެ ކޯޗުންނަށް ރީނދޫ ކާޑު ދައްކައިފަ އެވެ.

ޓޮޓެންހަމްގެ ކޭން މެޗުގެ ފަހު ވަގުތުގައި ޗެލްސީ ކޮޅަށް ގޯލު ޖަހަނީ.

މެޗުގައި ދެ ވަނަ ފަަހަރަށް ވެސް ލީޑުނެގީ ޗެލްސީންނެވެ. އެ ޓީމަށް މި ގޯލު ޖަހައިދިނީ 77 ވަނަ މިނިޓްގައި ރީސް ޖޭމްސް އެވެ. ރަހީމް ސްޓާލިން ދިން ބޯޅަ އޭރިއާތެރެއިން ހަމަޖެހިލާފައި ޖޭމްސް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޗެލްސީ މޮޅުވާނެ ކަމަށް ނިންމައިގެން ހުއްޓައި، ޓޮޓެންހަމް އިން އެއްވަރުކުރީ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގަ އެވެ. އިވާން ޕެރިސިޗް ނެގި ކޯނަރަކުން ހެރީ ކޭން ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެޗެ.

މެޗުގެ ފަހު ކަށިގަނޑަށް ފަހު ޗެލްސީގެ ކޯޗު ޓުޗެލް އާއި ޓޮޓެންހަމްގެ ކޯޗު ކޮންޓޭ ސަލާމްކުރަން ގާތްވި ވަގުތު ދެ ކޯޗުންގެ މެދުގައި އަރާރުމެއް ހިނގައި، ދެ ކޯޗުން ދުރުކުރަން ޖެހުނީ ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެގެންނެވެ. އެ ވަގުތު މެޗުގެ ރެފްރީ ވަނީ ދެ ކޯޗުންނަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

ޕްރިމިއާ ލީގުގައި މިރޭ ނޮޓިންހަމް ފޮރެސްޓުން ވަނީ 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ނޮޓިންހަމްގެ ޓައިވޯ އަވޯނިޔީގެ ގޯލުން އެ ޓީމު މޮޅުވި މި މެޗުގައި، ވެސްޓް ހޭމްގެ ޑެކްލަން ރައިސް ޖެހި ޕެނަލްޓީއެއް ނޮޓިންހަމްގެ ގޯލުގައިހުރި ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ. ދެ ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ނޮޓިންހަމް އިން 23 އަހަރު ފަހުން ޕްރިމިއާ ލީގުގައި ކުޅޭއިރު، މިއީ އެ ޓީމުން އެނބުރި ޕްރިމިއާ ލީގަށް އައި ފަހުން ހޯދި ފުރަތަމަ މޮޅެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox