"އާ އަޒުމަކާއި އިތުބާރެއް": އެމްޖޭއޭގެ ވޯކްޝޮޕްގެ ތަޖުރިބާ!

އެމްޖޭއޭ ވޯކްޝޮޕްގެ ބައިވެރިން: މި ވޯކްޝޮޕްގައި އެކި މީޑިއާތަކުން ޖުމްލަ 10 ބައިވެރިން ބައިވެރިވި-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްޖޭއޭ ވޯކްޝޮޕްގެ ބައިވެރިން: މި ވޯކްޝޮޕްގައި އެކި މީޑިއާތަކުން ޖުމްލަ 10 ބައިވެރިން ބައިވެރިވި-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މިދިޔަ ހަފުތާ ބަންދުގައި ކ. ދިއްފުއްޓަށް ދިޔުމުގެ ކުރި އާއި މިހާރު މިވަގުތު އަހަރެން މި ހުރި ހިސާބާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ! އެކުވެރި މާހައުލެއްގައި ދެ ދުވަސް ހޭދަކޮށް އަނބުރާ މާލެ އައީ, އަމިއްލަ ނަފުސާމެދު މާބޮޑު އިތުބާރަކާއި އަޒުމަކާއެކު އެވެ;

މިކަން ހާސިލްވީ, ދިވެހި ނޫސްވެރިންގެ ޖަމިއްޔާ, މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ން އިންޓަނޭޝަނަލް ފެޑިރޭޝަން އޮފް ޖާނަލިޒަމް (އައިއެފްޖޭ)އާ ގުޅިގެން ނޫސްވެރިންނަށްޓަކައި ބޭއްވި ދެ ދުވަހުގެ ވޯކްޝޮޕުންނެވެ. "ފިއުޗާ ލީޑާސް"ގެ ނަމުގައި މި ވޯކްޝޮޕް ބާއްވާކަން, މިދިޔަ ހަފުތާ ތެރޭ އެކުގައި މަސައްކަތް ކުރާ އެހެން ނޫސްވެރިންގެ ފަރާތުން ލިބުނެވެ.

އެންމެފަހު ވަގުތު އެ ވޯކްޝޮޕްގައި ބައިވެރިވާން ނިންމީ, އެކަމަށް އަންހެން ނޫސްވެރިން ޝައުގުވެރިކަން ކުޑަކަން އެނގުމާއެކު އެވެ. އެކަމަކު, އޭރު ވެސް ވޯކްޝޮޕުން އަމިއްލަ ނަފުސަށް މާބޮޑު ފައިދާތަކެއް ވާނެ ކަމަކަށް އުއްމީދެއް ނުކުރެވެ އެވެ. އެކަމުގައި މަސައްކަތް ކުރާ ބައެއް ނޫސްވެރިން ވެސް ބައިވެރިވާތީ, ދިއްފުއްޓަށް ދިޔައީ އެވެ.

ހުކުރު ދުވަހު ހެނދުނު, ދިއްފުއްޓަށް ގޮސް ވޯކްޝޮޕް ފެށި ހިސާބުން އެނގިގެން ދިޔައީ, މިއީ އުއްމީދު ކުރި ވަރަށްވުރެ މާ މުހިންމު ވޯކްޝޮޕެއް ކަމެވެ. އެމްޖޭއޭގެ ބޭނުމަކަށްވެފައި އޮތީ, އާ ލީޑަރުން އުފެއްދުމެވެ. އެކަމަށް ގިނަ ނޫސްވެރިން އިސް ނެގުމެވެ. އާންމުކޮށް ގިނަ ކަންކަމުގައި ފަހަތަށް ފިޔަވަޅު އަޅަން އާދަވެފައި ހުއްޓަސް, މި ވޯކްޝޮޕްގައި ސެޝަންތައް ނަންގަވައިދެއްވި އައިއެފްޖޭގެ އޭޝިޔާ ޕެސިފިކްގެ ވެރިޔާ ޖޭން ވޮތިންގްޓަން ދަސްކޮށްދިނީ ކުރިއަށް ފިޔަވަޅު ނަގާނެ ގޮތެވެ.

ދެން އަހަރެން ވެސް ފިޔަވަޅު އަޅާނީ ކުރިއަށެވެ!

ވޯކްޝޮޕްގެ ސެޝަނެއްގައި އަހަރެން އަދި އުޝާމް ހުށަހެޅުމެއް ހުށަހަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން
ވޯކްޝޮޕްގެ ސެޝަނެއްގައި އަހަރެން އަދި އުޝާމް ހުށަހެޅުމެއް ހުށަހަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން

ވޯކްޝޮޕްގެ ސެޝަނެއްގައި އަހަރެން އަދި އުޝާމް ހުށަހެޅުމެއް ހުށަހަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން

"ފިޔުޗާ ލީޑާސް ވޯކްޝޮޕް"އަކީ ޒުވާނުން އިސްވެ އެހެން މީހުންނާ އެއްކޮށް މަސައްކަތް ކުރާނެ ގޮތް ދަސްކޮށްދީ އިސް މީހެއްގެ ގޮތުގައި މަސައްކަތް ކުރާނެ ގޮތް ޖޭން ތަފްސީލްކޮށްދިނެވެ. އަދި ރާއްޖޭގެ ނޫސްވެރިންނަށް ދިމާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރި އެވެ.

އަހަރެންނަކީ އަލަށް ދިމާވާ މީހުންނާ ވާހަކަ ދައްކަން ފަސްޖެހޭ މީހަކަށްވުމުން ވޯކްޝޮޕް ކުރިއަށް ދިޔައިރު އުނދަގޫތަކެއް ވެސް ކުރިމަތިވި އެވެ. ގިނައީ އެއްކޮށް މަސައްކަތް ކުރާ މީހުންނަށްވި ނަމަވެސް, އަލަށް ދިމާވި ބައެއް މީހުން ތިބުމުންނެވެ. އެކަމަކު, މި ވޯކްޝޮޕްގައި ބައިވެރިވުމަކީ އަހަރެންގެ ކުރިމަގަށް، މި ދާއިރާގައި ވެސް އަދި އާންމު ދިރިއުޅުމުގައި ވެސް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ވޯކްޝޮޕްގައި ބައިވެރިވެވުނީތީ މިހާރު ވަރަށް އުފާވެ އެވެ;

ސަބަބަކީ އަމިއްލަ އިސްނެގުމާއެކު ލީޑާޝިޕެއް ހިންގާނެ ގޮތް ދަސްވުމާއި އެންމެ ރަނގަޅު ލީޑަރަކަށް ވާނީ ކިހިނެތްކަން، އަދި ލީޑަރެއްގައި ހުންނާނީ ކޮންކަހަލަ ސިފަތަކެއްކަން ދަސްވުމުނެންނެވެ. ލީޑަރަކަށް ވުމަށް ހުރިހާ ކަމެއް އެނގެން ނުޖެހޭ ކަމާއި މުއާމަލާތް ކުރުމަކީ ކިހާ މުހިންމު ކަމެއްކަން ވެސް މި ވޯކްޝޮޕްގައި ކިޔައިދިނުމެވެ.

އެންމެ މުހިންމު ކަމަކަށް އަމިއްލަ ނަފުސަށް އިތުބާރު ކުރުމުގެ މުހިންމުކަން އެނގިގެން ދިޔުމެވެ.

އެމްޖޭއޭގެ ފަރާތުން ދިއްފުށީގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ޖުމްލަ 10 ބައިވެރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި އެމްޖޭއޭގެ އެކްސްކޯ މެންބަރުންނާއި އެކި އޮންލައިން މީޑިއާތަކުން ނޫސްވެރިންނާއި ފްރީލާންސް ނޫސްވެރިންގެ އިތުރުން ބްރޮޑްކާސްޓިންގައި މަސައްކަތް ކުރާ ނޫސްވެރިން ވެސް ހިމެނެ އެވެ.

މި ވޯކްޝޮޕްގައި ތަފާތު ނޫސްވެރިންނާ ދިމާވެ އެ މީހުންގެ ނޫސްވެރިކަމުގެ ތަޖުރިބާ އާއި އެހެން މީޑިއާތަކުގެ ކަންބޮޑުވުންތަކާއި އެކަމަށް ހައްލު ހޯދާނެ ގޮތްތަކާ ގުޅޭގޮތުން ނޫސްވެރިންގެ މެދުގައި މަޝްވަރާ ކުރިއިރު, ޖަމިއްޔާތައް ކުރި ނާރާ ސަބަބުތަކާއި އެކަމަށް ހައްލު ހޯދާނީ ކިހިނެތްކަމާމެދު ވެސް ވާހަކަ ދެއްކި އެވެ.

ވޯކްޝޮޕްގައި އަހަރެންނާއެކު ބައިވެރިވި "އަދަދު" ނޫހުގެ ނޫސްވެރިޔާ އައިޝަތު ނުޒުހާ ބުނި ގޮތުގައި ލީޑަރަކަށްވެ ކަންކަމުގެ އިސްނެގުމުގެ ހުނަރުތައް ވޯކްޝޮޕުން ދަސްވެ އެކަން ކުރިއަރުވާނެ ގޮތް ވެސް އެނގިގެން ދިޔަ އެވެ. އާ ހުނަރުތަކާއި ތަޖުރިބާތަކާއެކު ހުރި ނުޒުހާ, މި ވޯކްޝޮޕް ނިންމާލިއިރު އޮތް އުއްމީދަކީ މިފަދަ ވޯކްޝޮޕްތަކުގައި ވީހާވެސް ގިނަ ނޫސްވެރިން ބައިވެރިވުމެވެ.

ވޮކްޝޮޕްގައި ނޫސްވެރިޔާ ނުޒުހާ ޕްެރެޒެންޓޭޝަނެއް ދެނީ - ފޮޓޯ: މުހައްމަދު ޝާބިން
ވޮކްޝޮޕްގައި ނޫސްވެރިޔާ ނުޒުހާ ޕްެރެޒެންޓޭޝަނެއް ދެނީ - ފޮޓޯ: މުހައްމަދު ޝާބިން

ވޮކްޝޮޕްގައި ނޫސްވެރިޔާ ނުޒުހާ ޕްެރެޒެންޓޭޝަނެއް ދެނީ - ފޮޓޯ: މުހައްމަދު ޝާބިން

އަދަދުގެ ނޫސްވެރިޔާ މުހައްމަދު އުޝާމް ވެސް ބުނި ގޮތުގައި, މިއީ މަޖާ މާހައުލެއްގައި ލީޑަޝިޕްގެ އެކި ހުނަރުތައް ވަރަށް ބޮޑަށް ދަސްވެގެން ދިޔަ މުހިންމު ވޯކްޝޮޕެކެވެ. ޗެނަލް13ގެ ނޫސްވެރިޔާ ނާއިލް ހަފީޒް ވެސް ބުނި ގޮތުގައި, ވަރަށް ގިނަ ކަންކަން ވޯކްޝޮޕުން ދަސްވިރު, ރަނގަޅު ގޮތުގައި ޖަމިއްޔާއެއް ކުރިއަށް ގެންދާނެ މުހިންމު ހިޔާލުތައް ވަނީ ލިބިފަ އެވެ.

"މިހާރު" ނޫހުގެ ނޫސްވެރިޔާ މޫސާ ރަޝީދު ފާހަގަކުރީ, އޭނާއަށް ވޯކްޝޮޕުން ދަސްވި ހާއްސަ ކަމެކެވެ; އެއީ, މޮޅު ލީޑަރަކީ އެންމެ ގިނަ ކަންކަން ހާސިލް ކުރާ މީހާ ނޫން ކަމާއި މޮޅު ލީޑަރަކީ އެންމެ ގިނަ ބަޔަކު ގޮވައިގެން ކަންކަން ހާސިލްކުރަން މަސައްކަތް ކުރާ މީހާ ކަމެވެ.

މި ވޯކްޝޮޕްގެ މަގުސަދާ ގުޅޭ ގޮތުން އެމްޖޭއޭގެ ސެކްރެޓްރީ ޖެނަރަލް އަހުމަދު ނާއިފް ފާހަގަކުރި ގޮތުގައި އެމްޖޭއޭގެ ބޭނުމަކީ ވީހާވެސް ގިނަ ނޫސްވެރިންގެ ބައިވެރިވުމާއެކު ޖަމިއްޔާ ހިންގުމެވެ. އެގޮތުގެ މަތިން ހިންގާ ހަރަކާތްތަކުގެ ތެރެއިން މި ވޯކްޝޮޕް ބޭއްވިިއިރު, މީގެ ސަބަބުން އާ ލީޑަރުން އުފެދި, ނޫސްވެރިންގެ ބައިވެރިވުން ބޮޑުވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ނާއިފް ބުންޏެވެ.

އެމްޖޭއޭގެ ބަޖެޓް ސެކްރެޓްރީ ނާޒިމް ހަސަން ބުނި ގޮތުގައި, އެމްޖޭއޭއިން ހިންގާ ހަރަކާތްތަކުގައި ނޫސްވެރިންގެ ބައިވެރިވުން ކުޑަވުމަކީ އަބަދުވެސް އޮންނަ ކަންބޮޑުވުމެކެވެ. ނަމަވެސް, އެ ބައިވެރިވުން އިތުރު ކުރަން ކުރާނެ ކަމެއް ނޭނގިފައި ތިއްބައި ޖޭންގެ މުހިންމު ސެޝަންތަކާއެކު ނޫސްވެރިން, އެމްޖޭއޭއަށް ޝައުގުވެރި ކުރުވައި އެމީހުންގެ ބައިވެރިވުން އިތުރު ކުރާނެ ގޮތްތައް އެނގިގެން ހިނގައްޖެ ކަމަށް ނާޒިމް ބުންޏެވެ.

އެކްސްކޯ މެންބަރު މުހައްމަދު ޖުނައިދު ވަނީ މި ވޯކްޝޮޕް ކާމިޔާބުކަމާއެކު އެމްޖޭއޭއިން ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދިން އައިއެފްޖޭ, އިންޓަނިއުސް އަދި އީޔޫއަށް ޝުކުރުއަދާކޮށްފަ އެވެ. އޭނާ ވެސް ފާހަގަކުރި ގޮތުގައި, ވޯކްޝޮޕާއެކު އާ ލީޑަރުން ނޫސްވެރިންގެ ތެރޭގައި އުފެދިގެންދާނެ ކަމަށް އުއްމީދިކުރެވެ އެވެ.

ނުޒުހާ ފާހަގަކުރި ގޮތަށް އަހަރެންގެ ވެސް އުއްމީދަކީ, ދެން ކުރިއަށް ގެންދާ މިފަދަ ހަރަކާތެއްގައި ޒުވާން ނޫސްވެރިން ވީހާވެސް ބޮޑަކަށް ބައިވެރިވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox