ނޭމާގެ ލަނޑުތަކާ އެކު ޕީއެސްޖީ އަށް ފަސޭހަ މޮޅެއް

Aug 14, 2022, 4:30 AM
ލަނޑު ޖެހުމަށް ފަހު ނޭމާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ނޭމާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޮގަސްޓް 14) - ބްރެޒިލްގެ ފޯވަޑް ނޭމާގެ ލަނޑުތަކާ އެކު، ފްރާންސް ލީގުގައި ރޭ މޮންޕެލިއޭ އަތުން 5-2 އިން ޕީއެސްޖީ މޮޅުވެއްޖެ އެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގެ 39 ވަނަ މިނިޓުގައި ޕީއެސްޖީ އަށް ލީޑު ލިބުނީ މޮންޕެލިއޭގެ ފަލާޔޭ ސާކޯ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީއަކުން، އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ނޭމާ އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު، ނޭމާ ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. ޕީއެސްޖީ އަށް ދެން ލަނޑު ޖަހައިދިނީ ކިލިއަން އެމްބާޕޭ އާއި މި ސީޒަންގައި އެ ޓީމާ ގުޅުނު ޕޯޗުގަލްގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭޒް އެވެ.

މެޗުގެ ދެ ވަނަ ހާފުގައި މޮންޕެލިއޭ އަށް ލަނޑު ޖަހައިދިނީ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ވަހްބީ ކަޒްރީ އާއި އެންޒޯ ޗާޓޯ އެވެ.

މި މެޗަކީ މިދިޔަ ސީޒަންގެ ފަހު ދުވަހު ޕީއެސްޖީގައި މަޑުކުރާނެކަން އެމްބާޕޭ އިއުލާންކުރި ފަހުން، އޭނާ ވާދަވެރި މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. މި ސީޒަންގައި ޕީއެސްޖީ ކުޅުނު ފުރަތަމަ ދެ މެޗުގައި އެމްބާޕޭ ނުކުޅެ އެވެ.

ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ ބުނީ ޕްރީ ސީޒަން ފުރިހަމަ ނުކުރެވޭތީ، އެމްބާޕޭ މުޅިން ފިޓުވާން ވަގުތު ކޮޅެއް ނަގާނެ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި އޭނާގެ ކުޅުން ރަނގަޅުވާނެ ކަމަށް ގަލްޓިއޭ ގަބޫލުކުރެ އެެވެ .

"ޓީމުގެ އެހެން ކުޅުންތެރިންނާ އަޅާބަލާއިރު، އެމްބާޕޭގެ ފިޓްނަސް މި ވަގުތު ދަށްވުމަކީ މައްސަލައެއް ނޫން. އޭނާ މުޅިން ފިޓުވާން ވަގުތު ކޮޅެއް ނަގާނެ،" ގަލްޓިއޭ ބުންޏެވެ.

ޕީއެސްޖީގެ ކޯޗުކަމާ މި ސީޒަންގައި ހަވާލުވި ގަލްޓިއޭގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ކުޅުނު ތިން މެޗުން ވެސް ޕީއެސްޖީ ވަނީ މޮޅުވެފަ އެވެ. ތިން މެޗުން އެ ޓީމު ވަނީ މިހާތަނަށް 14 ލަނޑު ޖަހައިފަ އެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox