އާސެނަލާއި ސިޓީގެ ހުވަފެނީ ފެށުން ކުރިއަށް، ޔުނައިޓެޑް ބަލިވެ ލީގުގެ ފުލަށް

Aug 13, 2022, 6:42 PM
އާސެނަލާއި ސިޓީގެ ހުވަފެނީ ފެށުން ކުރިއަށް، ޔުނައިޓެޑް ބަލިވެ ލީގުގެ ފުލަށް

ލަންޑަން (އޮގަސްޓް 13) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލާއި މެންޗެސްޓާ ސިޓީން ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑް ދެ ވަނަ މެޗުން ވެސް ބަލިވެ، ލީގުގެ އެންމެ ފުލަށް ވެއްޓިއްޖެ އެވެ.

ސިޓީ ވަނީ މިރޭ އަމިއްލަ ދަނޑުގައި 4-0 އިން ބޯންމައުތު ބަލިކޮށްފަ އެވެ. އާސެނަލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލެސްޓާ ސިޓީގެ މައްޗަށް ކުރިހޯދީ 4-2 އިންނެވެ. ޔުނައިޓެޑް ރަށުންބޭރުގައި ބްރެންޓްފޯޑް އަތުން ބަލިވީ 4-0 އިންނެވެ. ސިޓީ އާއި އާސެނަލް އެންމެ ކުރީގައި އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވި ހަމައެކަނި ޓީމަކީ ޔުނައިޓެޑް އެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ސިޓީ މިރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ 19 ވަނަ މިނިޓްގައި އާލިން ބްރައުޓް ހާލަންޑް ދިން ބޯޅައަކުން އިލްކާއި ގުންޑޮގާން އެވެ. މެޗުގެ 31 ވަނަ މިނިޓްގައި ކެވިން ޑި ބްރޭނާ ޖެހި އިންޑިވިޖުއަލީ މޮޅު ގޯލުން ސިޓީ ލީޑުފުޅާކުރި އެވެ. އޭގެ ހަ މިނިޓް ފަހުން ޑި ބްރޭނާ ދިން ބޯޅައަކުން ފިލް ފޯޑެން ސިޓީގެ ތިން ވަނަ ގޯލު ޖެހި އެވެ.

ސިޓީން ހަތަރު ވަނަ ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. ޔާއޯ ކަންސޭލޯ ނެގި ހުރަހެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ބޯންމައުތުގެ ޖެފަސަން ލެމާ އަތުން ބޯޅަ ވަނީ ބައިކޮޅަށެވެ.

ސިޓީގެ ޖީސޫސް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ އެ ޓީމު މޮޅުކޮށްދިނުމުގައި ތަރި އަކީ ސިޓީ ދޫކޮށް އެ ޓީމަށް ބަދަލުވި ގަބްރިއެލް ޖީސޫސް އެވެ. އޭނާ ވަނީ ދެ ގޯލު ޖެހުމުގެ އިތުރުން އާސެނަލްގެ އަނެއް ދެ ގޯލު ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދީފަ އެވެ. އާސެނަލްގެ އަނެއް ދެ ގޯލު ޖެހީ ސްވިޒަލެންޑްގެ މިޑްފީލްޑަރު ގްރޭނިޓް ޝަކާ އާއި ގަބްރިއެލް މާޓިނޭލީ އެވެ.

ލެސްޓާގެ ފުރަތަމަ ގޯލަކީ އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖެހީ ޖޭމްސް މެޑިސަން އެވެ.

ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ބަލިވި ޔުނައިޓެޑް މިރޭ ބްރެންޓްފޯޑް ދަނޑުގައި ކުޅެން އެރީ ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އެކަމަކު، އޭގެ ތަފާތެއް ނުފެނި، ބްރެންޓްފޯޑުން ފުރަތަމަ ހާފު ނިންމާލީ ހަތަރު ގޯލުގެ ލީޑެއްގައި އޮވެގެންނެވެ. އެ ހަތަރު ގޯލު ވެސް ޖެހީ 35 މިނިޓް ތެރޭގަ އެވެ.

ބްރެންޓްފޯޑުން ވަނީ މެޗުގެ 10 ވަނަ މިނިޓްގައި ޖޯޝް ޑަ ސިލްވާ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އޭރިއާބޭރުން ޑަ ސިލްވާ ޖެހި ޝޮޓްގައި ބާރެއް ނެތް ނަމަވެސް ޔުނައިޓެޑް ކީޕަރު ޑޭވިޑް ޑެހެއާ ބޯޅަ ހިފަން އުޅުމުގެ ތެރޭގައި އަތްދަށުން ވަނީ ގޯލަށެވެ. އޭގެ އަށް މިނިޓް ފަހުން ޑެހެއާ އެ ޓީމުގެ .ކްރިސްޓިއަން އެރިކްސަން އަށް ދިން ބޯޅަ ހޯދައި، އޭރިއާތެރެއިން ބްރެންޓްފޯޑްގެ ދެ ވަނަ ގޯލު ޖެހީ މަތިއަސް ޖެންސަން އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެންޓްފޯޑުން އިތުރު ދެ ގޯލު ޖެހީ އިވާން ޓޯނޭ ތަނަވަސްކޮށްދިން ފުރުސަތުތަކުގަ އެވެ. އެ ގޮތުން ބްރެންޓްފޯޑްގެ ތިން ވަނަ ގޯލު މެޗުގެ 30 ވަނަ މިނިޓްގައި ބެން މީ ޖެހިއިރު، އޭގެ ފަސް މިނިޓް ފަހުން، ބްރްޔާން އެމްބުއޭމޯ ވަނީ ބްރެންޓްފޯޑްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

ޔުނައިޓެޑުން އާ ކޯޗު އެރިކް ޓެން ހާގާ އެކު ލީގު ފަށަން ޖެހިފައި މި ވަނީ ދަށް ރެކޯޑަކާ އެކު އެވެ. ފުރަތަމަ ދެ މެޗުން ބަލިވިއިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ އެންމެ ފަހަތުގަ އެވެ. މިދިޔަ ސީޒަނާ އެއްކޮށް ބަލާނަމަ ޔުނައިޓެޑުން މިވަނީ އެންމެ ފަހުން ރަށުން ބޭރުގައި ލީގުގައި ކުޅުނު ހަތް މެޗުން ވެސް ބަލިވެފަ އެވެ. މިއީ 1936 ވަނަ އަހަރަށް ފަހު ޔުނައިޓެޑްގެ އެންމެ ދަށް ރެކޯޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox