ވިލާ ހަކަތައިން ޝެލް ލުބްރިކަންޓްސްގެ ރިމިއުލާ 20 ލީޓަރު ޓައްޕު ބާޒާރަށް ނެރެފި

Aug 13, 2022, 9:19 AM
ވިލާ ހަކަތައިން ވިއްކާ ޝެލް ރިމިއުލާ ލުބްރިކަންޓް: މިއީ ހެވީ ޑިއުޓީ މެރިން ޑީސަލް އިންޖީނުތަކުގައި ބޭނުންކުރާ ކޮލިޓީ ލުބްރިކަންޓެއް. -- ފޮޓޯ: ވިލާ ހަކަތަ

ވިލާ ހަކަތައިން ވިއްކާ ޝެލް ރިމިއުލާ ލުބްރިކަންޓް: މިއީ ހެވީ ޑިއުޓީ މެރިން ޑީސަލް އިންޖީނުތަކުގައި ބޭނުންކުރާ ކޮލިޓީ ލުބްރިކަންޓެއް. -- ފޮޓޯ: ވިލާ ހަކަތަ

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިހާރު ކުރިށްގެންދާ މެރިން އެކްސްޕޯ 2022 ގައި ހުރިހާ ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ ޝެލް ބްރޭންޑްގެ އާރް4 އެކްސް 15ޑަބްލިއު-40 މަލްޓި ގްރޭޑް 20 ލީޓަރުގެ ޓައްޕު ވިލާ ހަކަތައިން ބާޒާރަށް ނެރެފި އެވެ.

މި އެކްސްޕޯގައި ވިލާ ހަކަތައިން ބައިވެރިވަނީ އޮފިސަލް އިންޖީނު އޮއިލް ޕާރޓްނާރގެ ހައިސިއްޔަތުންނެވެ. އެ ބްރޭންޑްގެ އުފައްދުންތައް ވަރަށް ބޮޑަށް މި އެކްސްޕޯގެ ވިލާ ހަކަތަ ސްޓޯލްގައި ދައްކައި، މައުލޫމާތު ދޭނެ އެވެ.

ޝެލް ބްރޭންޑަކީ ދުނިޔޭގެ އިތުބާރާއި މަޤްބޫލުކަން ހޯދައިފައިވާ އަޑީ ތެޔޮ ބްރޭންޑެވެ. މިގޮތުން ވިދި ވިދިގެން ފާއިތުވި 15 އަހަރު ދުނިޔޭގެ އެންމެ މަގްބޫލު އަޑީ ތެޔޮ ބްރޭންޑްގެ ލަގަބު ހޯދައިފައި ވަނީ ޝެލް އެވެ. ވިލާ ހަކަތައަކީ މި ބްރޭންޑްގެ ރާއްޖޭގެ މާކެޓާއި ގުޅޭ ހުރިހާ މުހިންމު އަޑީތެލުގެ ބާވަތްތައް ގެންނަ ހަމައެކަނި ކުންފުންޏެވެ.

ވިލާ ހަކަތައިގެ އޮފިޝަލަކު ވިދާޅުވީ، ޝެލް ބްރޭންޑްގެ ރިމުއުލާ އާރް4 އެކްސް 15ޑަބްލިއު-40އަކީ ކަނޑު އުޅަނދު ފަހަރުތަކާއި، ޕަވާ އިންޖީނިއަރިންގ އަށް ހާއްސަށް އަޑީ ތެލެއް ކަމަށެވެ.

މިއަޑީ ތެލުގެ ސަބަބުން އިންޖީނުގެ މެއިންޓެނަސްއަށް ކުރާ ހަރަދު ކުޑަވެ، އިންޖީނު ތެރޭގައި އުފެދޭ އެސިޑް އަދި ދަބަރު ކޮންޓްރޯލްކޮށްދީ، އިންޖީނުގެ މުހިންމު ބައިތަށް ގިނަ ވަގުތު ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ، އިންޖީނުގެ އުމުރު ދިގުކޮށްދެއެވެ.

މި އަޑީ ތެލަކީ ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ އަޑީ ތެލެއް ނަމަވެސް، ޕަވާ ޖެނެރޭޝަން ނުވަތަ ހަކަތަ އުފެއްދުމަށް ބޭނުންކުރާ އިންޖީނުތަކަށް ވެސް މި އަޑީ ތެޔޮ ބޭނުން ކުރެވޭނެކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ކުރިން ވިއްކަމުން ދިޔައީ ފީފާ އިންނާއި ހަތަރު ލީޓަރުގެ ހަމުގައި. ދެން މަދުން ބޭނުންވާ މީހުންނަށް ކިރައިގެން ވިއްކަމުން ދިޔައީ، މިހާރު އަޅުގަނޑުމެން ކިރައިގެން ވިއްކުމަށް ނިމުމެއް މި ގެނައީ. ބޭނުންވަނީ އޮރިޖިނަލް ޕެކިންގައި މާކެޓަށް ޑިސްޓިރިބިއުޓު ކުރަން. މިހާރު 20 ލީޓަރުގެ ޕެކިންގައި ލިބޭނެ" ވިލާ ހަކަތައިގެ އޮފިޝަލް ވިދާޅުވި އެވެ.

ރިމުއުލާ އާރް4 އެކްސް 15ޑަބްލިއު-40ގެ 209 ލީޓަރުގެ ފީފާގެ އިތުރުން 4 ލީޓަރުގެ ހަމާއި، 20 ލީޓަރު ޓައްޕު ވިލާ ހަކަތައިން ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox