މިނިޓެއް ތެރޭ 17 ގިތެޔޮމިރުސް ކެއި މީހަކު ދުނިޔޭގެ ރިކޯޑު ފޮތަށް

Aug 11, 2022, 8:17 AM
މިނިޓެއް ތެރޭ 17 ގިތެޔޮމިރުސް ކެއި މީހަކު ދުނިޔޭގެ ރިކޯޑު ފޮތަށް

ގިތެޔޮމިރުހުގެ އެންމެ ކުޅި ވައްތަރުގެ ކަމަށް ބުނެވޭ "ގޯސްޓް ޕެޕާ" ގެ 17 މިރުސް މިނިޓެއް ތެރޭ ކައިގެން އެމެރިކާގެ މީހަކު ދުނިޔޭގެ ރިކޯޑު ފޮތަށް އަރައިފި އެވެ.

ގިނިސް ވޯލްޑް ރިކޯޑްގައި ހިމަނާފައިވާ ގޮތުން، އެމެރިކާގެ ކެލިފޯނިއާ އަށް ނިސްބަތްވާ ގްރެގް ފޯސްޓާ މި ރިކޯޑު ހަދާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސެންޑިއާގޯ ގަ އެވެ. ނަމަވެސް ރަސްމީކޮށް ރިކޯޑު ފޮތުގައި އޭނާ ހިމަނާފައިވަނީ މިދިޔަ ހޯމަދުވަހު އެވެ.

ގޯސްޓް ޕެޕާ ނުވަތަ ބޫތު ޖަލޯކިއާ ގިތެޔޮ މިރުހަކީ ބުނެވޭ ގޮތުގައި ދުނިޔޭން މިހާތަނަށް ފެނުނު އެންމެ ކުޅި މިރުހުގެ ތެރޭގައި ހިމެނޭ މިރުހެކެވެ. 2007 ވަނަ އަހަރު މި މިރުސް ވަނީ އެންމެ ކުޅި މިރުހުގެ ގޮތުގައި ވޯލްޑް ރިކޯޑް ފޮތުގައި ވެސް ހިމަނާފަ އެވެ. އެހެން ނަމަވެސް 2011 ވަނަ އަހަރާއި 2013 ވަނަ އަހަރު ވަނީ މިއަށްވުރެ ކުޅި އެހެން ދެ ވައްތަރެއްގެ މިރުސް ފެނިފަ އެވެ. އެއީ އެފްރިކާގެ ޓްރިނިޑާޑް ސްކޯޕިއަން ބަޗް ޓީ ޕެޕާ އާއި ކެރޮލައިނާ ރީޕާ ގެ ނަމުން ނަންދީފައިވާ ދެ މިރުހެކެވެ - ބޫތު ޖަލޯކިއާ އަކީ އިންޑިއާގެ އުތުރުން އައްސާމް ހިސާބުގައި ހައްދާ މިރުހެކެވެ.

Advertisement

ގްރެގް ފޯސްޓާ އާ ބެހޭގޮތުން ރިކޯޑު ފޮތުގައި ބުނެފައިވަނީ، އޭނާ އަކީ އެކި ކަހަލަ މިރުސް ގޭގައި ހައްދައި އުޅޭ، އަދި އަބަދުވެސް ކުޅިކޮށް ކާން ލޯބިކުރާ މީހެއް ކަމަށެވެ. ކުޅި ރަހައަށް ހޭނުމަށް އޭނާ މަސައްކަތްކުރާތާ އެތައް އަހަރުތަކެއް ވެއްޖެ އެވެ.

ގްރެގް ވަނީ 8.72 ސިކުންތު ތެރޭގައި ހަ ކެރޮލިނާ ރީޕާ މިރުސް ކެއުމުގެ ރެކޯޑެއް ވެސް ވެސް ހަދާފަ އެވެ. އަދި މި ދެވައްތަރުގެ މިރުސް އެންމެ ކުޑަ ވަގުތުކޮޅެއްތެރޭ އެންމެ ގިނައިން ކެއުމުގެ ރިކޯޑު އޮންނަނީ ވެސް އޭނާގެ އަތުގަ އެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox