ގައުމެއްގެ ހާލަތު ބަދަލުވާނީ އަދި ގޯސްވާނީ ވެސް ބަޔަކު އަމިއްލައަށް ހާލަތު ބަދަލުކުރުމުން ކަމަށް ވިދާޅުވެ، އިސްލާހުކުރަން މަސައްކަތްކުރަނީ ކިތައް މީހުންތޯ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ސުވާލު އުފައްދަވައިފި އެވެ.
ބޮޑެތި ގިނަ ޖަރީމާތަކެއް ފުލުހުން ތަހުގީގު ފުލުހުން ފަށާފައި ވަނިކޮށް އިމްރާން މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި ލިޔުއްވީ ރާއްޖޭގައި އިސްލާހުކުރަން ހުރި ކަންތަތައް ވަަރަށް ގިނަ ކަމަށެވެ. އެކަމަކު ހުރި މައްސަލަތައް ހަގީގަތުގައި ވެސް އިސްލާހުކުރަން މަަސައްކަތްކުރަނީ ކިތައް މީހުންތޯ އޭނާ ސުވާލު އުފެއްދެވީ އެއާ އެކުގަ އެވެ.
"...ގައުމެއްގެ ހާލަތު ރަނގަޅުވާނީ ވެސް ނުވަތަ ނުބައި ވާނީ ވެސް އަމިއްލައަށް ހާލަތު ބަދަލުކުރުމުންނެވެ. ރާއްޖޭގައި ރަނގަޅުކުރަން ނުވަތަ އިސްލާހުކުރަން ހުރި ކަންކަން ވަރަށް ވަރަށް ގިނަ އެވެ. ނަމަވެސް ހަގީގަތުގައި ވެސް އިސްލާހުކުރަން މަސައްކަތްކުރަނީ ކިތައް މީހުން ހެއްޔެވެ،" އިމްރާން ވިދާޅުވި ވެ.
ހޯމް މިނިސްޓަރު މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ވަރަށް އަނިޔާވެރި ގޮތަކަށް މާލޭގައި އަންހެނަކު މަރައިލި މައްސަލައަކާއި އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ ގިނަ ބައެއްގެ މައްސަލައާއި އެނޫން ވެސް ގިނަ މައްސަލަތަކެއްގެ ތަހުގީގު ކުރިއަށްދާ ވަގުތެއްގަ އެވެ. އަދި މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ވައުދުވެފައިވާ ބައެއް ތަހުގީގުތައް އަދިވެސް ނުނިމި ހުރުމުން، ބައެއް އާއްމުންގެ ފާޑުކިއުން ތައް ވެސްް އޭނާއަށް އަމާޒުވެފައިވާ ވަގުތެއްގަ އެވެ.
ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި މައްސަލައާއި ބައެއް އެހެން ގަތުލުތަކުގެ ތަހުގީގު އޭގެ ތެރޭގައި ހިމެނެ އެވެ.













