ނިއު ޔޯކްގައި އާއްމުންނަށް ނޭނގި ޕޯލިއޯގެ ގިނަ ކޭސްތައް އުޅެދާނެ ކަމަށް އިންޒާރު ދީފި

ވީ އެންމެ އަަވަހަށް ކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ވަނީ ލަފާދީފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ވީ އެންމެ އަަވަހަށް ކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ވަނީ ލަފާދީފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ނިއު ޔޯކްގައި އާއްމުންނަށް ނޭނގި ނުވަތަ ޑަޔަގްނޯޒް ނުކުރެވި ގިނަ އަދަދެއްގެ ޕޯލިއޯ ކޭސް އުޅެދާނެ ކަމަށް އެ ސިޓީގެ ސިއްހީ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު ނިއު ޔޯކްގެ ރޮކްލޭންޑް ކައުންޓީގައި ޕޯލިއޯ ވައިރަހުގެ ސަބަބުން ފިރިހެނަކު ޕެރެލައިޒްވި އެވެ. އޮފިޝަލުން ބުނީ އެއީ ޕޯލިއޯއާ ދެކޮޅަށް ވެކްސިން ނުޖަހާ ހުރި މީހެއް ކަމަށެވެ.

ލަންޑަނާއި ގުދުސްގެ ޖަންކްޝަން ހޮޅިތަކުގެ ފެން ޓެސްޓު ކުރިއިރު، ޕޯލިއޯ ވައިރަސް ފެނިފައިވާ އިރު، އެކަން ގުޅިފައި ވަނީ އެމެރިކާގައި އެ ބަލި ޖެހުނު މީހާއާ އެވެ.

ތަރައްގީވަމުންދާ ގައުމުތަކުގައި ޕޯލިއޯއާ ދެކޮޅަށް ވެކްސިން ޖަހާ ރޭޓް އިތުރު ކުރަން މިހާރު ވަނީ ލަފާދީފަ އެވެ.

ރޮކްލޭންޑް ކައުންޓީގެ ހެލްތު ކޮމިޝަނަރު ޑރ. ޕެޓްރީޝިއާ ޝްނާބެލް ރުޕާޓް ބީބީސީއަށް ވިދާޅުވީ އާއްމުންނަށް ނޭނގި ޕޯލިއޯ ފެތުރެމުން ދިޔުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ.

"މީހަކު ޕެރެލައިޒްވުމާ ހަމައަށް ދިޔުމުން މިއީ އެންމެ ކޭސްއެއް ކަމަށް ބަލައި ނިންމާލެވޭކަށް ނެތް. ޕެރެލިޓިކް ޕޯލިއޯ ދިމާވަަނީ ކޭސްތަކުގެ އެއް ޕަސެންޓަށް ވުރެ ވެސް މަދުން،" އޭނާ ވިދާޅުވި އެވެ.

"ގިނަ ކޭސްތަކުގައި އަލާމާތެއް ނުފެންނާނެ. ނޫނީ ފެނުނަސް ވަރަށް އާދައިގެ ކަންކަން މި ހުންނަނީ. އެހެންވީމަ ނޭނގިދާނެ."

"އެހެންވީމާ ޕެރެލިޓިކް ކޭސްއަކާ ހަމައަށް ދިޔުމަށް އެތައް ސަތޭކަ، ފަހަރުގައި އެތައް ހާސް ކޭސްތަކެއް ހަގީގަތުގައި އުޅުން އެކަށީގެންވޭ."

ރޮކްލޭންޑް ކައުންޓީގެ ބައެއް ހިސާބުތަކުގައި ވެކްސިން ރޭޓް ވަރަށް ދަށެވެ. އެގޮތުން މުހިއްމު ވެކްސިންތައް ޖަހާފައި ވަނީ 60 ޕަސެންޓް މީހުންނެވެ. މީގެ ކުރިން 2018 ގައި އެ ތަަނުގައި މީޒްލްސް ވެސް ފެތުރުނެވެ.

ޕޯލިއޯއަކީ އާއްމުކޮށް އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. އެ ބަލި ނައްތާލަން ފެށި ބޮޑު ކެމްޕެއިންއާ އެކު ގިނަ ގައުމުތަކުން ވަނީ ކޭސްތައް ސުމަކަށް ތިރިކޮށްފަ އެވެ.

މިހާރު އެ ވައިރަސް ފެންނަނީ ހަމައެކަނި ޕާކިސްތާން އަދި އަފްގާނިސްތާނުންނެވެ. ނަމަވެސް ޕޯލިއޯގެ ބަލިކަަށި ވައިރަހެއް ނަގައިގެން އުފެއްދި ވެކްސިނެއް ބޭނުންކުރެ އެވެ.

ޕޯލިއޯގެ ބަލިކަށި ވައިރަސް ހިމެނޭ ވެކްސިން ޖަހާފައި ތިބޭ މީހުންނަށް ބަލި ނުޖެހުނު ނަމަވެސް، އެ މީހުންގެ ފަރާތުން ތަަގައްޔަރުވެފައިވާ ފެން ވެކްސިން ނުޖަހާ ހުރި މީހަކަށް ފޯރައިފި ނަމަ ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ.

އެހެންވެ، ޑަބްލިއުއެޗްއޯއިން ބާރު އަޅަނީ އޯރަލް ޕޯލިއޯ ވެކްސިން (އޯޕީވީ) ބޭނުން ކުރުން ހުއްޓާލައި، ޕޯލިއޯ ވައިރަސް ނުހިމެނޭ ނުވަތަ އިންއެކްޓިވޭޓެޑް ޕޯލިއޯ ވެކްސިން (އައިޕީވީ) ބޭނުން ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox