މޮޅަކާ އެކު ވިކްޓަރީން ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ނިންމާލައިފި

Aug 8, 2022, 7:19 PM
މޮޅަކާ އެކު ވިކްޓަރީން ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ނިންމާލައިފި

ދެ ވަނަ ޑިވިޝަން މުބާރާތުގެ ގުރޫޕް ދޭއްގައި ކުޅެން ޖެހުނު ފަހު މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، ވިކްޓަރީ މުބާރާތް ނިންމާލައިފި އެވެ.

މި މެޗުގެ ކުރިން ވިކްޓަރީ އަށް ސެމީ ފައިނަލްގެ ޖާގަ ގެއްލިފައި އޮތުމުން، މެޗުން މޮޅުވެގެން އެ ޓީމަށް ހާސިލްވާނެ ކަމެއް ނެތެވެ. ހަމައެކަނި ހިތްހަމަޖެހުމަކީ މޮޅަކާ އެކު، މި އަހަރުގެ ދެ ވަނަ ޑިވިޝަން ނިންމާލުމެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީގެ ހަސަން ނާއިމް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަދި މެޗުގެ 83 ވަނަ މިނިޓުގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ އަހުމަދު ހުސެއިން އެވެ. ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ލޮރެންޒޯ އަށް ސުން ކަނޑުވާލަދިނީ ނަސޫހް ސައީދެވެ.

މި މެޗުން މޮޅުވެ، ވިކްޓަރީ ދެވަނަ ޑިވިޝަން މުބާރާތުގެ ގުރޫޕް ދޭއްގައި ކުޅެންޖެހޭ މެޗުތައް ނިންމާލީ ހަ މެޗުން ލިބުނު 10 ޕޮއިންޓާ އެކު އެވެ. ކުޅުނު ހަ މެޗުގެ ތެރެއިން، ވިކްޓަރީ މޮޅުވީ ތިން މެޗުންނެވެ. އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. ވިކްޓަރީ ވަނީ ދެ މެޗުން ބަލިވެފަ އެވެ.

ލަންކާގެ ކޯޗު ޕަކީރު އަލީގެ އިރުޝާދުގެ ދަށުން، މި މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމަކީ ވިކްޓަރީ އެވެ. ބިދޭސީ ހަތަރު ކުޅުންތެރިންނާއި، ފުރަތަމަ ޑިިވިޝަންގައި ކުރިން ކުޅުނު ކުޅުންތެރިންތަކެއް ހިމެނޭ ސްކޮޑަކާ އެކު، ވިކްޓަރީން މުބާރާތުގެ ކުރިން ޅ.ހިންވަރުގައި ކޭމްޕް ވެސް ކުރި އެވެ.

އެޑްމިނިސްޓްރޭޝަނާއި މުސާރައިގެ މައްސަލަތަކާ ހެދި ވިކްޓަރީ ތިން އަހަރެއްހާ ދުވަހު ސަސްޕެންޝަނެއްގައި އޮތުމަށް ފަހު، ވިކްޓަރީ މައްސަލަތައް ހައްލުކޮށް އަލުން ދަނޑަށް ނިކުތީ މި މުބާރާތުންނެވެ. އެހެންވެ، އެ ޓީމުގެ ސަޕޯޓަރުންގެ އުންމީދަކަށްވީ ފުރަތަމަ ޑިވިޝަނަށް ޓީމު އެރުމެވެ. އެކަމަކު, މި ފަހަރުގެ ނަތީޖާއާ އެކު، ފުރަތަމަ ޑިވިޝަނަށް އެރުމަށް ވިކްޓަރީ އަށް ވަނީ އިތުރު އިންތިޒާރެއް ކުރަންޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox