ޝިއާގެ މަރުގެ މައްސަލައިގެ ތަހުގީގު ގާތުން ބަލަމުން ދާނެ: ޕީޖީ ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: ޝިއާއުގެ މަރު މައްސަލަ ގާތުން ބަލަމުންދާ ކަމަށް ވިދާޅުވި - ފޮޓޯ: ހުސައިން ޝަޔާހް | އަދަދު

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: ޝިއާއުގެ މަރު މައްސަލަ ގާތުން ބަލަމުންދާ ކަމަށް ވިދާޅުވި - ފޮޓޯ: ހުސައިން ޝަޔާހް | އަދަދު

ހ. ޝީރީންވިލާގައި ރޭ ދަންވަރު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލައިގެ ތަހުގީގު ގާތުން ބަލަމުންދާނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ދެއްވައިފި އެވެ.

މި ހާދިސާ ހިނގި ކަމާއި މި މަރާ ގުޅޭ ތުހުމަތުގައި މީހަކު ހައްޔަރުކުރިކަން ފިޔަވައި އެއްވެސް މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ޒުވާން ސްކޭޓަރު އަލީ ޝާހިލް، 23، އެވެ.

މި މައްސަލައާ ގުޅިގެން "އަދަދު"އިން ކުރި ސުވާލެއްގެ ޖަވާބުގައި ޝަމީމް ވިދާޅުވީ، ރޭގެ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ޕީޖީ އޮފީހުގެ ސަމާލު ކަމަށް މި ކަން ގެނެސްފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލުން އެ އޮފީހުގެ އިރުޝާދު ދެމުންދާ ކަމަށެވެ.

"ރޭ އެ ހާދިސާގެ މައުލޫމާތު ފުލުހުން ވަނީ ޕީޖީއާ ހިއްސާކޮށްފަ، ރެއިން ފަށައިގެން ޕީޖީން ވެސް ދަނީ ފުލުހުންނާ ވަރަށް ކައިރިން މަސައްކަތް ކުރަމުން، އަދި އެ ކަމުގައި ފުލުހުންނަށް ދޭން ވާނެ އިރުޝާދުތައް ވެސް ޕީޖީ އޮފީހުން ދެމުން ގެންދާނެ،" ޝަމީމް ވިދާޅުވި އެވެ.

ޝާހިލް ރޭ ހައްޔަރުކޮށްގެން ގެންދިޔައިރުު، އޭނާ ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދުގެ ވަގުތެއްގައި ކްރިމިނަލް ކޯޓަށް ވެސް ހާޒިރު ކުރާނެ އެވެ.

ޝިއާއުގެ ހަށިގަނޑު ފުލުހުން ނެރުނު އިރު ދެ ބޮޑީ ބޭގް ވެސް ނެރުނެވެ. އެހެންވެ، ބެލެވެނީ ހަށިގަނޑު އޮތީ ބުރިކޮށްފައި ކަމުގަ އެވެ. ހަށިގަނޑު ވަނީ ގަލޮޅު މޯޗަރީއަށްް ގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox