ފުލަމް އިން އާސެނަލްގެ ކީޕަރު ލެނޯ ގަނެފި

Aug 2, 2022, 11:37 PM
ކީިޕަރު ލެނޯ: ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ ފުލަމްގެ ގޯލުން.

ކީިޕަރު ލެނޯ: ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ ފުލަމްގެ ގޯލުން.

ލަންޑަން (އޮގަސްޓް 3) - ދެ ވަނަ ޑިވިޝަން ޗެމްޕިއަނުންގެ ގޮތުގައި މި ފަހަރު ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ފުލަމް އިން އާސެނަލަށް ކުޅެމުން އައި ޖަރުމަނުގެ ގޯލްކީޕަރު ބާން ލެނޯގެ ސޮއި ހޯދައިފި އެވެ.

ލެނޯ، 30، އާސެނަލް ދޫކޮށް ފުލަމް އަށް ސޮއިކުރީ 10 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުންނެވެ. ފުލަމްއާ އެކު ލެނޯ އެއްބަސްވީ ތިން އަހަރުގެ ކޮންޓްރެކްޓަކަށެވެ.

މިދިޔަ ސީޒަނުގައި އާސެނަލުން 30 މިލިއަން ޑޮލަރު ދީފައި، އިނގިރޭސި ގޯލްކީޕަރު އާރޮން ރަމްސްޑޭލް ގަތް ފަހުން ލެނޯ އަށް ވަނީ އާސެނަލްގައި މަގާމު ގެއްލިފަ އެވެ. މިދިޔަ ސީޒަނުގައި ލެނޯ ކުޅެފައިވަނީ އެންމެ ނުވަ މެޗުގަ އެވެ. ލެނޯ ދޫކޮށްލަން މި ފަހަރު އާސެނަލުން ފުރަތަމަ ނިންމީ ލޯން ޑީލެއްގަ އެވެ. އެކަމަކު، އެ ގޮތަށް ލެނޯ ބޭނުންނުވާތީ ދާއިމީ ކޮންޓްރެކްޓެއްގައި ވިއްކާލީ އެވެ.

ޖަރުމަނުގެ ބަޔާ ލެވަކޫސަން ދޫކޮށް 2018 ވަނަ އަހަރު ލެނޯ އާސެނަލަށް ބަދަލުވީ 24 މިލިއަން ޑޮަލަރުގެ ފީ އަކަށެެވެ. އާސެނަލަށް ކުޅެދިން 125 މެޗުން އޭނާ ވަނީ 37 ކްލީން ޝީޓް ފުރިހަމަކޮށްފަ އެވެ. އަނިޔާގެ މައްސަލަތަކުގެ ސަބަބުން އާސެނަލްގައި ލެނޯ އަށް އެއް ފޯމެއްގައި ރަނގަޅަށް ކުޅެވޭ ގޮތެއްނުވި އެވެ. އޭނާ އާސެނަލްގައި އެންމެ ރަނގަޅަށް ކުޅެމުންދިޔަ ދުވަސްވަރުގައި ޕޯޗުގަލްގެ ބެންފީކާ އިން ވަނީ ހުށަހެޅުމެއް ލިބިފަ އެވެ. އެކަމަކު، އެ ފަހަރު އޭނާ ނިންމީ އާސެނަލްގައި މަޑުކުރާށެވެ.

ކުރިން ހަލް ސިޓީ, އެވަޓަން އާއި ވަޓްފޯޑަށް ކޯޗުކޮށްދިން، ޕޯޗުގީސް ކޯޗު މާކޯސް ސިލްވާގެ އިރުޝާދުގެ ދަށުން މި ފަހަރުގެ ޕްރިމިއާ ލީގަށް ތައްޔާރުވާ ފުލަމް އިން ވަނީ ރަނގަޅު ޓްރާންސްފާތަކެއް ކޮށްފަ އެވެ. އެ ގޮތުން ސްޕޯޓިން ލިޒްބަންގެ މިޑްފީލްޑަރު ޕަލީނިއާ، މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު އަންޑްރެއަސް ޕެރޭރާ، ވުލްފްސްބާގްގެ ކަނާތު ބެކް، ކެވިން އެމްބާބޫ އަދި ޝަހުތަރު ޑޮނެސްކަށް ކުޅެމުން އައި ވިންގް، މޮނޯ ސޮލޮމަން ވަނީ ފުލަމްއާ ގުޅިފަ އެވެ.

މިއީ ފަސް އަހަރު ތެރޭ ފުލަމް އިން ޕްރިމިއާ ލީގަށް ޕްރޮމޯޓްވެގެން ވާދަކުރާ ތިން ވަނަ ފަހަރެވެ. މި ފަހަރުގެ ޕްރިމިއާ ލީގުގެ ސީޒަނުގައި ފުލަމް ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލިވަޕޫލްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox