ކޮމަންވެލްތު ގޭމްސް: ހިމްނާ 21 އަހަރުވީ 100 މީޓަރުގެ ރެކޯޑް މުގުރާލައިފި

Aug 2, 2022, 2:56 PM
މިއަދުގެ 100 މީޓަރު ދުވުމަށް ފަހު ހިމްނާ ހުއްޓިލައިގެން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މިއަދުގެ 100 މީޓަރު ދުވުމަށް ފަހު ހިމްނާ ހުއްޓިލައިގެން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ވޯލްޑް ޗެމްޕިއަންޝިޕްގައި މީގެ 21 އަހަރު ކުރިން ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެއް ދުވުންތެރިޔާ، ސަމްހާ އަހުމަދު ހެދި ރާއްޖޭގެ އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑް، މިހާރު ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތް ގޭމްސްގައި އައިޝަތު ހިމްނާ ހަސަން، މިއަދު މުގުރާލައިފި އެވެ.

ކޮމަންވެލްތު ގޭމްސްގެ 100 މީޓަރުގެ އިވެންޓްގައި ވާދަކޮށް ހިމްނާ ރޭސް ނިންމީ 12.17 ސިކުންތުންނެވެ. ހިމްނާ، 20، ދިޔައީ މިއަދު އޭނާ ވާދަކުރި ހީޓުގެ ހަތް ވަނަ އެވެ. އެ ހީޓްގެ އެއް ވަނަ ދިޔައީ 10.99 ސިކުންތުން ނިންމި ނައިޖީރިއާގެ ގްރޭސް އެންވޮކޯޗާ އެވެ.

އެކަމަކު، މިއަދު ހިމްނާގެ ޓައިމިން އަކީ ދުވަސްވީ ގައުމީ ރެކޯޑަކަށް ނިމުން އަތުވި ދުވަހެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ ކެނަޑާގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ވާދަކުރި ސަމްހާ އަތުގަ އެވެ. އެ ފަހަރު، ސަމްހާ ރޭސް ނިންމާފައިވަނީ 12.27 ސިކުންތުންނެވެ. އެހެންކަމުން، ހިމްނާ ރެކޯޑް މުގުރާލީ 0.10 ސިކުންތުގެ ކުރިއެރުމަކާ އެކީގަ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެވޯޑްކުރި ޕެރިސް 2024 އޮލިމްޕިކްސް ސްކޮލަޝިޕް ހާސިލްކޮށްފައިވާ ހިމްނާގެ އެންމެ ހާއްސަ އެއް އިވެންޓަކީ 400 މީޓަރު ދުވުމެވެ. އޭނާ ވަނީ ގިނަ ފަހަރުތަކެއްގެ މަތިން 400 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. ހިމްނާ ވަނީ 2018، 2019، 2021 އަދި މި އަހަރުގެ ޖޫން މަހުގައި 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާ ކޮށްފަ އެވެ.

ކޮމަންވެލްތު ގޭމްސްގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އިތުރު ތިން އެތުލީޓެއް ވަނީ މިއަދު ވާދަކޮށްފަ އެވެ. އެއީ ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ، ހަަސަން ސާއިދު، 29، އާއި އަންހެން އުންމީދީ ދެ އެތުލީޓުން ކަމަށްވާ މަރިޔަމް އަލްހާ ހުސެއިން، 19، އަދި މަރިޔަމް ރޫޔާ އަލީ، 17، އެވެ. މީގެ ތެރެއިން ރޫޔާ، ހީޓް ހައެއްގައި ދުވުނުއިރު، ރޭސް ނިންމާލަން ޖެހުނީ އަނިޔާވެގެންނެވެ.

ފިރިހެނުންގެ 100 މީޓަރު ދުވުމުގައި ސާއިދަށް ލިބުނީ ހީޓް އަށެއްގެ ފަސް ވަނަ އެވެ. އޭނާގެ ޓައިމިން އަކީ 10.75 ސިކުންތެވެ. މި ހީޓުގެ އެއް ވަނަ ހޯދި ޖެމެއިކާގެ ކޮންރޯއި ޖޯންސް ވަނީ 10.28 ސިކުންތުން ރޭސް ނިންމައިފަ އެވެ. ސާއިދު އަށް ދެން އޮތީ 200 މީޓަރު ދުވުމެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުގެ ހީޓު ހަތަރަކުން އަލްހާ ދިޔައީ ހަތް ވަނަ އެވެ. އަލްހާގެ ޓައިމިން އަކީ 12.86 ސިކުންތެވެ. މިއީ އޭނާގެ ޕާސަަނަލް ބެސްޓް ޓައިމިންނެވެ. އެ ހީޓް ކާމިޔާބުކުރީ 11.02 ސިކުންތުން ރޭސް ނިންމި، ނައިޖީރިއާގެ ރޯސްމެރީ ޗުކްމުވާ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox