ފީފާ ވޯލްޑް ކަޕުން އޭޝިއާގެ ގައުމުތަކަށް އިތުރު ޖާގަތަކެއް

Aug 1, 2022, 12:12 PM
ފީފާ ވޯލްޑް ކަޕުން އޭޝިއާގެ ގައުމުތަކަށް އިތުރު ޖާގަތަކެއް

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕުން އޭޝިއާގެ ގައުމުތަކަށް ދޭ ޖާގަ އިތުރުކުރަން ނިންމައިފި އެވެ.

މިހާތަނަށް ފީފާ ވޯލްޑް ކަޕަކުން އޭޝިއާ އަށް ލިބެނީ 4.5 ޖާގަ އެވެ. އެކަމަކު، ފީފާ އިން 2026 ވަނަ އަހަރު ކެނަޑާ، އެމެރިކާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕުން ފެށިގެން އެ މުބާރާތުގައި 48 ގައުމަށް ވާދަކުރެވޭ ގޮތް ހެދުމާ އެކު، އޭޝިއާގެ ގައުމުތަކަށް ލިބޭ ޖާގަ ވަނީ 8.5 އަށް އިތުރުވެފަ އެވެ. މާނަ އަކީ އޭޝިއާގެ އަށް ގައުމަށް ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބޭއިރު، އެއް ޓީމަކަށް އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްގައި ކުޅެން ލިބޭނެ އެވެ.

އޭއެފްސީން ވަނީ މިހާރު ކުރިއަށްދާ ގޮތަށް ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ކޮލިފައިން، ޖޮއިންޓް ކޮލިފިކޭޝަނެއް ގޮތަށް ކުރިއަށްގެންދަން ނިންމައިފަ އެވެ. މިހާރު ރޭވިފައިވާ ގޮތުން ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ބެހިގެންދާނީ ޖުމްލަ ހަތަރު ބުރަކަށެވެ.

އެ ގޮތުން ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އޭއެފްސީގެ ރޭންކިން 26 އިން 47 ގައި ހިމެނޭ ގައުމުތަކުގެ މެދުގައި ހޯމް އެންޑް އަވޭ ފޯމެޓަށް ބުރެއް ކުޅޭނެ އެވެ. އެ މެޗުތަކުން މޮޅުވާ 11 ޓީމެއް ކޮލިފައިވާނީ ޕްރިލިމިނަރީ ކޮލިފައިން ދެ ވަނަ ބުރަށެވެ. މި ބުުރުގައި އޭއެފްސީގެ ރޭންކިން ގަދަ 25 އާއި ފުރަތަަަމަ ބުރުން އައި 11 ޓީމު އެއްކޮށް، ޖުމްލަ 36 ގައުމު ބަހާލާފައިވަނީ ނުވަ ގްރޫޕަކަށެވެ. އެއީ ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށެވެ. މި ގްރޫޕްތަކުން، ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމެއް ކޮލިފައިވާނީ އޭޝިއަން ކަޕް ކޮލިފައިން އަށެވެ. އެއީ ޖުމްލަ 18 ޓީމެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އެ 18 ޓީމު ބަހާލާނީ ތިން ގްރޫޕަކަށެވެ. އެއީ ކޮންމެ ގްރޫޕެއްގައި ހަ ޓީމު ހިމެނޭ ގޮތަށެވެ. އެ ތިން ގްރޫޕްގެ ޓީމުތަކުގެ މެދުގައި ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅުމަށް ފަހު، ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމަކަށް ސީދާ ވޯލްޑް ކަޕް ޖާގަ ލިބޭނެ އެވެ.

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕްތަކުން ތިން ވަނަ އާއި ހަތަރު ވަނަ ޓީމުތަކަށް އަދި ވޯލްޑް ކަޕްގެ ފުރުސަތު އޮންނާނެ އެވެ. އެ ގޮތުން ތިން ވަނަ އާއި ހަތަރު ވަނަ ޓީމުތައް (ޖުމްލަ ހަ ޓީމު)، ބަހާލާނީ ދެ ގްރޫޕަކަށެވެ. އެއީ ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭ ގޮތަށެވެ. އޭގެއިން ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަށް ވެސް ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބޭނެ އެވެ. މި ދެ ގްރޫޕްގެ ދެ ވަނައިގެ މެދުގައި މެޗެއް ކުޅުމަށް ފަހު އެ ތަނުން މޮޅުވާ ޓީމެއް ކުޅޭނީ އިންޓަކޮންޓިނެންޝިއަލް ޕްލޭއޮފްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox