އަލިފާންކޮކާ

އަލިފާންކޮކާ

(ފުރަތަމަ ބައި)

އަލިފާންކޮކާލެވެ. އެއީ އުދުހޭއިރު ރެނދަން ފަދައިން އަލިކުރަމުން އުދުހޭ ކޮކާލެކެވެ. ކަނު އަނދިރީގައި އެ ސޮރުމެންގެ ބޭނުން އިންތިހާއަށް ހިފޭނެ އެވެ. ނަމަވެސް، އަލި ތަންތަނުގައި އެ ސޮރުމެންގެ މާ ބޮޑު ބޭނުމެއް ނޯންނާނެ އެވެ. ކަޅުފޮއި މޫސުމަށް އެ ސޮރުމެން އެކުގައި އުދުހި ގަންނަ އިރު މުޅިތަން ދިއްލޭނީ އަލިފާން ގަނޑެއް ފަދައިންނެވެ. އެއާއެކު މުޅި މާހައުލުގައި އެކުގައި ދިއްލައިލާނެ އެވެ. ހީވާނީ އަލިފާން ކަނިތަކެއް ވަޔާއެކު އުދުހެމުންދާހެންނެވެ. އެ ސޮރުމެންގެ އެހީގައި މިސްރާބު އަމާޒު ހިފޭނެ އެވެ. ދާންވީ ގޮތް ދެނެގަނެވޭނެ އެވެ.

އަލިފާންކޮކާލަކީ އަހަރުމެންގެ ލޯބީގެ ނިޝާނެކެވެ. އަހަރުމެންގެ ދިރިއުޅުމުގެ ރަމުޒެކެވެ. އުފާވެރި އެތައް ހަނދާންތަކަކާ ގުޅިފައިވާ ސިއްކައެކެވެ. އަހަރެން ދުލުން ނުބުންޏަސް، އާމިރާ އަހަންނަށް ސިފަކުރެވުނީ އަލިފާންކޮކާލެއްގެ ގޮތުގަ އެވެ. އަހަރެންގެ ހަޔާތަށް އުޖާލާކަން ގެނުވައިދީ ހަޔާތަށް ބަހާރު މޫސުން ގެނުވައިދިން ރަމުޒެއްގެ ގޮތުގަ އެވެ. ހަޔާތުގެ މިސްރާބު އަމާޒުކުރުވައިދިން ސިއްކައެއްގެ ގޮތުގަ އެވެ.

Advertisement

އާމިރާގެ ނަން ކިޔުމުގެ ބަދަލުގައި އޭނާއަށް އަހަރެން މުހާތަބުކުރަމުން އައީ ވެސް އެ ނަމެވެ. އަލިފާންކޮކާލެވެ. ނުވަތަ ދިއްލާ ކޮކާލެވެ. ބައެއް ފަހަރު އިނގިރޭސިކޮށްލައިގެން ގްލޯވިން ބަޓަރފްލައި ވެސް ކިޔަމެވެ.

އެކަމަކު އެއީ މާޒީ އެވެ. އަހަރުމެންގެ ދިރިއުޅުމުގެ ޗާލާކީ ދުވަސްވަރުގެ ހަނދާންތަކެވެ. މިހާރު އާމިރާ އަހަންނަށް ސިފަވަނީ ދިއްލޭ ކޮކާލެއް ގޮތަކަށް ނޫނެވެ. އޭނާގެ ކިބައިން އެ ވިދުމެއް އެ އުފާވެރިކަމެއް މިހާރަކު ނުފެނެ އެވެ. ބަދަލުގައި އަހަންނަށް ފެންނަނީ ހަމަ ސީދާ އަލިފާނެވެ. ދިވެހިބަހުން އެ ކޮކާލަށް ދީފައި އޮތީ ރަނގަޅު ނަމެކޭ ހިތަށް ވެސް އަރާންފެށީ އެހައި ހިސާބުންނެވެ.

މިހާރު އެއީ އަހަރެން ބޭނުންވި އާމިރާއެއް ނޫނެވެ. މުޅީން އެހެން އާމިރާއެކެވެ. އޭނާ ބަދަލުވެއްޖެ އެވެ. ވިސްނުމެވެ. ފިކުރެވެ. ޚިޔާލެވެ. އުޅުމާއި ގުޅުމެވެ. ކުއްލިއަކަށް އޭނާއަށް އެ ބަދަލު އައީ ކީއްވެ ހެއްޔެވެ؟ އޭނާގެ ފިކުރަށް އެހައި ބޮޑު އިންގިލާބެއް އައީ ކޮން ސަބަބަކާ ހެދި ހެއްޔެވެ؟

އަހަރެން މިހާރު ވިސްނާ ވިސްނާ ބޯ ހަލާކުވާގޮތް ވެއްޖެ އެވެ. ކިތައްމެ ކުޑަ ކަމަކާ ވެސް އާމިރާ ރުޅި އަތުވެދާނެ އެވެ. ކުޑަކުޑަ ކަމެއްގެ ސަބަބުން އޭނާގެ މޫނުމަތީގެ ކުލަވަރު ފަނޑުވެދާނެ އެވެ. އެއީ އަހަރެންގެ އިހުތިޔާރުން ބޭރުގައިވާ ކަމެއް ނަމަވެސް ވެހެވެ. އެއީ ކުރީން އާމިރާ އުޅުނު ގޮތެއް ނޫނެވެ. އަހަރެން ދަންނަ އާމިރާގެ މިޒާޖެއް ވެސް ނޫނެވެ.

އުމުރުން ބާވީސް އަހަރު ފުރުނު އިރަށް އާމިރާއާއި އަހަރެން ކައިވެނިކުރީ ސްކޫލު ދައުރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުގަ އެވެ. ހައެއްކަ އަހަރު އެކުގައި އުޅެ އެތައް ކަމެއް ދަސްކޮށްފަ އެވެ. މިޒާޖެވެ. އިހުސާސެވެ. ދެމީހުންގެ އެއްގޮތް ސިފަތަކެވެ. ދެމީހުންނަށް އެއްބަސް ނުވެވޭ ކަންކަމެވެ. ނަމަވެސް، އޭރު ދަސްކުރި އެއްވެސް ކަމެއް މި އިމްތިހާނު ކަރުދާހަކު ނެތެވެ. އޮތީ މުޅިން ތަފާތު ސުވާލުތަކެކެވެ. ޝަކުވާއާއި ދެ ބަސްވުންތަކެވެ. އެއްގަލަށް ނޭރުނު ޚިޔާލުތަކެވެ.

އެހެނަސް، އަހަރުމެންގެ ކައިވެނީގެ ތަސްވީރު ކުރެހިގެން ދިޔައީ ހިނިތުންވުމާ އެކުގަ އެވެ. ލޯތްބާއި ކުލުނުގެ ބަހާރު މޫސުމެއްގެ ވާދީއަކަށެވެ. ކައިވެނީގެ ފަހުން އަދި މާ ބޮޑަށް އާމިރާ ދަސްވި އެވެ. އޭނާގެ ދެކެވީ ލޯބި ދެގުނަވި އެވެ. އޭނާގެ ފިރުމުންތަކާއި ހޭހަންކުރުންތަކުން އަހަރެންގެ ހަޔާތަށް އާރޯކަން ލިބިގެން ދިޔަ އެވެ.

ވަޒީފާގެ މާހައުލުގައި އުޅެމުން މަތީ ތައުލީމު ހާސިލުކުރުމަށްވީ ގުރުބާނުގެ ވެސް ހިތްވަރަކަށްވީ އާމިރާ އެވެ. އަހަންނަކީ ފެށުނީއްސުރެ އެކައުންޓިންގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ މީހަކަށްވީތީ އަހަރެން ކިޔެވީ އެކައުންޓިންގެ ދާއިރާއިންނެވެ. ސަރުކާރުގެ އޮފީހެއްގެ ވަޒީފާއަށް ގުޅުނީ ކައިވެންޏަށްފަހު ކިޔެވުމަށް މާލެ ބަދަލުވެ އަތްމަތި ތަނަވަސްކުރުމުގެ ނިޔަތުގަ އެވެ.

އަހަރެންގެ މަސައްކަތުގައި ހިފައި ހިއްލައިލަދިނީ އާމިރާ އެވެ. އޭނާ ބޭނުންވީ އަހަރެން ކޯސް ދެބައިވުމުން ކިޔަވަން ފަށާށެވެ. އޭނާއަކީ ނަރުސްކަމުގެ ދާއިރާއިން ކިޔެވުމަށް ފޫގަޅަމުން ދިޔަ މީހެއްކަން މާކުރިން ވެސް އަހަންނަށް އެނގެ އެވެ. ނަމަވެސް، ކިޔަވަން ފެށުމުގެ ކުރިން އޭނާ ބޭނުންވީ ވަޒީފާއަކަށް ދާށެވެ. އެ ވަރުން ފުއްދައިލީއެއް ނޫނެވެ. ޑިއުޓީ ނިންމާ، ގެއަށް އައުމަށްފަހު ވެސް، އޯޑަރަށް ކޭކު އަޅައިދިނުމާއި އޮފީސްތަކަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ވިއްކުމުގައި އޭނާ ދިޔައީ އަވަދި ނެތި މަސައްކަތް ކުރަމުންނެވެ.

އެންމެފަހުން އަހަރެންގެ އޮފީހަށް ވެސް އޭނާގެ ނާސްތާ ތައާރަފުކުރީމެވެ. ނަތީޖާ ވަރަށް ރަނގަޅެވެ. ކޮންމެ ދުވަހަކު އަހަރެން އޮފީހަށް ދަނީ އޮފީސް ހުރިހާ އެންމެންނަށް ބޭނުންވާ ނާސްތާ ގެއިން ހިފައިގެންނެވެ. އޮފީހުގެ ކެއްކުމެއް އޮތަސް އެންމެ ފުރަތަމަ އިސްކުރާ ނަމަކަށް އާމިރާގެ ނަން ބަދަލުވި އެވެ. ދުވަސްކޮޅެއްވީ އިރަށް އާމިރާގެ ނަން މުޅި މާލެއަށް މަޝްހޫރުވި އެވެ. ކެއްކުމުގެ ޝޯވތަކަށް ދިޔުމަށް އޭނާއަށް ފުރުސަތު އޮހެން ފެށި އެވެ.

އެންމެފަހުން އަހަރުމެން ދެ މީހުންނަށް އޮބި ނޯންނަވަރަށް އޯޑަރުތައް އަންނާން ފެށުމުން ނިންމީ ތަނެއް ކުއްޔަށް ނަގައިގެން ވިޔަފާރި އިތުރަށް ފުޅާކުރާށެވެ. ދޮންބެއާ މަޝްވަރާކުރުމަށްފަހު އެ ދެމަފިރިން ވެސް މާލެ ބަދަލުވީ އަހަރުމެން އެދުނު އެދުމަށެވެ. އާމިރާއަށް އަތްގާތްކޮށްދޭނެ މީހަކަށް ދޮންބެދައްތަ ވެސް ވި އެވެ. އަހަރުމެން ދެ ފަންގިފިލާގެ އެޕާޓުމެންޓެއް ހިފީމެވެ. އިތުރު މުވައްޒަފުން ލައިގެން މަސައްކަތް ކުރިއަށް ވުރެ ކުރިއަށް ޖައްސާލީމެވެ. އެއީ ވެސް އާމިރާގެ ވިސްނުމެވެ. އޭނާގެ ހިޔާލެވެ. އަހަރެން ކުރާހާ ވެސް ކަމަކީ އާމިރާއަށް އެހީތެރިވުމެވެ. އޭނާގެ ހުވަފެންތަކުގައި ކުލަ ޖައްސައިދިނުމަށް މަދަދުވެރިވުމެވެ.

"ބުނެއެއްނު ކޮންމެ ކާމިޔާބު އަންހެނަކާއެކު އެހައި ލޮބުވެތި އެހީތެރިއަކު ހުންނާނޭ،" ހިނިތުންވެލަމުން އާމިރާ ބަލައިލީ ޕްރޮގުރާމު ހުށަހަޅައިދޭން އިން ޒަހާގެ މޫނަށެވެ. "އަހަރެންގެ މި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކީ އަހަރެންގެ ފިރިމީހާ، ރަޔާން. ރަޔާން ނެތް ނަމަ އަހަރެން އަހަރެންގެ ގޮތުގައި މިހެން ނުފެނުނީސް."

އަހަރެން އަތުގައި އޮތް ރިމޯޓު ޓީވީއަށް ދިއްކޮށްލަމުން އަޑުބާރުކޮށްލީމެވެ. އާމިރާގެ ކާމިޔާބީގެ ފަހަތުގައި ހުރީ އަހަރެންނޭ ބުނުމުން އެ ލިބުނީ ބަޔާންކުރާން ވެސް ނޭނގޭ އުފަލެކެވެ. އަމުދުން ގައުމީ ޓީވީން ގެނެސްދޭ އެންމެ ޝަރަފުވެރި ޕްރޮގުރާމުގައި މުޅި ރާއްޖޭ އެންމެންނަށް އެނގޭނެހެން އަހަންނާމެދު އާމިރާ އެ ފާޅުކުރީ އޭނާގެ ހިތުގައި އޮތް ލޯބިކަން ކަށަވަރުވި އެވެ.

"ރަޔާނަކީ އެކައުންޓެއްޓެއް ވީމަކަން ނޭނގެ، ބިޒްނަސްގެ ހުރިހާ ހިސާބެއް ބަލާނީ އޭނަ. އެއީ އަސްލު މިހާ ކުރު މުއްދަތެއްގައި މިހާ އަވަހަށް ވިޔަފާރި ފުޅާކުރެވިގެން ދިޔުމުގެ ސިއްރަކީ ރަޔާން. ދެން ރަޔާންގެ ފެމެލީ. ދޮންބެދައްތަ. ދޮންބެ." އާމިރާ ހީނލި އެވެ.

އާމިރާ ބަލައިލީ ސީދާ އަހަންނާ ދިމާއަށް ކަމުގެ އިހުސާސް ކުރެވުނެވެ. އަހަރެންގެ ގައިން ހީނބިހި ނަގައިގަތެވެ. އޭނާގެ ތައުރީފުގެ ބަސްތަކާއެކު އަހަރެންގެ ފޯނަށް ބާރުބޮޑުވާން ފެށި އެވެ. މެސެޖެއްގެ ފަހު މެސެޖެއް އަންނަމުން ދިޔަ އެވެ. ކޯލަކަށްފަހު ކޯލެކެވެ. ހުރިހާ މެސެޖެއް، ހުރިހާ ކޯލެއްގައި ވެސް އޮތީ އެއް ވާހަކަ އެކެވެ.

މިއަދު އާމިރާއަށްވުރެ ބޮޑަށް މަޝްހޫރުވެ މަގުބޫލުވެގެން މި ދިޔައީ އަހަރެންނޭ ހިތަށް އެރި އެވެ. އިންތިޒާރު ކުރެވެމުން ދިޔައީ އާމިރާ ގެއަށް އަންނާނެ އިރަކަށެވެ. އޭނާ އަންނަންވާއިރަށް ކޮންމެވެސް ކަމެއް ކުރާން ޖެހޭނޭ ހިތްބުނެލި އެވެ. ކުޑަކޮށް ވިސްނައިލުމުން މޮޅު ހިޔާލެއް ތިލަވި އެވެ. ދެތިން ކޯލެއް ކޮށްލުމަށްފަހު އަތްމަތި އަވަސްކޮށްލައި ތައްޔާރުވެލީމެވެ.

ގޭގެ ދޮރު ހުޅުވުނެވެ. ފޯނުން އަލިކޮށްލި އެވެ. ފޯނުން ފެންނަ އަލިކަން ފިޔަވާ އިތުރު އަލިކަމެއް ނެތެވެ. އަހަރެން ފުން ނޭވާއެއް ބޭރުކޮށްލީމެވެ. ދެތިން ފަހަރަކު އަހަރެންގެ ނަމުން އާމިރާ ގޮވާލި އެވެ. އެންމެފަހުން އޭނާ ފޯނަށް ބަލައިލި އެވެ.

އަހަންނަށް ގުޅަނީކަން ޔަގީންވި އެވެ. އަހަރެންގެ ފޯނު އޮންނާނީ ނިއްވާލައިފަ އެވެ.

"އަޅޭ، ކަރަންޓަށް ކިހިނެއްތަ މިވީ؟ ރަޔާން ކޮންތާކަށްތަ އެ ދިޔައީ؟" އާމިރާ ފޯނުން އަލިކޮށްލީ ސުވިޗުތަކާ ދިމާ އަށެވެ.

އޭނާ ދެތިން ފަހަރަކު ސުވިޗު ޖައްސާލި އެވެ. ކިތައްމެ ވަރަކަށް ސުވިޗު ޖެއްސިޔަސް ކަރަންޓެއް ނާންނާނެއް ނޫން ހެއްޔެވެ؟ އެޕާޓުމަންޓުގެ ބުރޭކަރު ވައްޓައިލީ އަހަރެންނެވެ.

"ދޮންބެއްތައަށް ގުޅަންވީ ކަން ނޭނގެ؟" އާމިރާ ފޯނަށް ބަލައިލަމުން މަޑުމަޑުން ބުނެލި އެވެ.

ދޮންބެ ދައްތައަށް ގުޅިޔަސް ނުގުޅޭނެކަން އަހަންނަށް ޔަގީންވި އެވެ. އޭނާ ވެސް އެ އިނީ އަހަރެންނާ އެކު މިތަނުގަ އެވެ. އަހަރެންގެ ގާތުގަ އެވެ. ދޮންބެދައްތަގެ ފޯނު ވެސް އޮންނާނީ ނިވާލައިފަ އެވެ. ކަނު އަނދިރިކަމުގެ ތެރޭގައި އާމިރާގެ އިންތިޒާރުގައި އަހަރުމެން ތިބޭތާ އިރުކޮޅެއް ވެދާނެ އެވެ. އެހެންވެ އަހަރުމެންނަށް މަންޒަރު ކޮންމެ ވެސް ވަރަކަށް ސާފުވެ އެވެ. ކުޑަދޮރަށް ބޭރުން އެޅިފައިވާ އަލިކަމާއެކު އަހަރުމެން ދެ މީހުންނަށް އެކަކު އަނެއްކެއްގެ މޫނު ކޮންމެ ވެސް ވަރަކަށް ސިފަކުރެވެ އެވެ.

"މި އެންމެން ކޮންތާކަށްތަ މި ދިޔައީ؟ އަހަރެން އެހައި ސަޅިކޮށް އިންޓަރވިއު ދީފަ ގެއަށް އަންނަ އިރު މިއިން މީހަކު ނެތް ޕްރޮގުރާމު ބަލައިލައިފަ ވެސް. އެކަމަކު އިންޓަރވިއުއަށް މި ދިޔައީ މި ދެ މީހުންގެ އުނދަގޫ ބޮޑުވެގެންނޭ. ނުވިތާކަށް ފޯނުތައް ނިވާލައިގެން ކޮންތާކަށްތަ އެ ދިޔައީ؟" ކުދިކިޔަމުން ކިޔަމުން އައިސް އާމިރާ ވެއްޓިގަތީ ސޯފާ އަށެވެ.

އަހަރުމެން ގާތަށް ހިނި އަޔެވެ. އަނގަމަތީ އަތް އަޅައިގެން ތިބެވުނީ ކިރިޔާ އެވެ. ދޮންބެ ދައްތައަށް ކެތް ނުވި އެވެ. އޭނާގެ އަޑު ކޮންމެ ވެސް ވަރަކަށް ބޭރުވި އެވެ. އަހަރެން ޝަހާދަތް އިނގިލި ހިއްލައިލަމުން ޝޫޝް ލައްވައިލީމެވެ. ވައި އަޑުންނެވެ. އެންމެފަހުން ދޮންބެ ދައްތަ ހިނިގަނޑު އެތެރެއަށް ހިންދައިލި އެވެ. ގަދަކަމުންނެވެ. އޭނާގެ ދޮލުން އެކަން ހާމަވި އެވެ.

"އަހަރެން ހިޔެއް ނުކުރަން ރަޔާން މިހާ ފޭކު ވާނެ ކަމަކަށް،" އާމިރާ ފޯނަށް ބަލައިގެން އޮވެ ބުނެލި އެވެ. "އެކަމަކު އޭނާއަކީ އެ ކަހަލަ މީހެއް ވެސް ނޫން. ނުލާހިކު ސްވީޓް މީހެއް."

އަހަންނަށް ކެތް ކުރެވެނީ ހަމަ ކިރިޔާ އެވެ. އެންމެފަހުން ދޮންބެދައްތައަށް ކެތް ނުވާވަރުވާހެން ހީވުމުން އަހަރުމެން ނިންމީ އަތުގައި ހުރި ފޮށިގަނޑު ހުޅުވާލާށެވެ. އަހަރެން މަޑުމަޑުން ތެދުވެލީމެވެ. ހުރިހާ އިރު އަހަރުމެން މި ތިބީ ސޯފާއާ ނިވާވެގެން ސޯފާގެ ފަހަތުގަ އެވެ. އަހަރުމެން ތެދުވިޔަސް އާމިރާއަކަށް އަހަރުމެން ނުފެންނާނެ އެވެ. ކުޑަކޮށް ހިންދެމި ލުމަށްފަހު އަތުގައި ހުރި ފޮށިގަނޑު ހުޅުވާލީ މެވެ. ދޮންބެދައްތަ ވެސް އެހެން ހަދައިލި އެވެ. އެއާއެކު އަތުގައި ހުރި ފޮށީގައި ހުރި ހުރިހާ ކޮކާތަކެއް އުދުހި ގަތެވެ. މުޅިތަން ރެންދަން ކުލައިން ވިދުވަމުން ކޮކާތައް އުދުހިފައި ދިޔަ އެވެ.

"ސަޕްރައިޒް." އަހަރުމެން ދެމީހުން އެކުގައި ބުނެލީމެވެ.

"އަޅޭ." އާމިރާ ސިހިފައި އަހަރުމެންނާ ދިމާއަށް ބަލައިލި އެވެ.

އާމިރާ ފޯނު ދިއްކޮށްލި އެވެ. ގޭތެރޭގައި އުދުހެމުން ދިޔަ އަލިފާން ކޮކާތަކާ ދިމާ އަށެވެ. މުޅި ތަން ދިއްލަމުން ކޮކާތައް އުދުހެމުން ދިޔަ ގޮތުން އިތުރު އުފާވެރިކަމެއް ގެނުވައިދިނެވެ.

އާމިރާ އިނގިލި ދިއްކޮށްލީ ކޮކާލަކާ ދިމާއަށެވެ. އެ ކޮކާ އިށީނީ އާމިރާގެ ޝަހާދަތް އިނގިލީގަ އެވެ.

"ލޯބިކަން،" ކޮކާ ދެ ފަހަރަކު ފިޔަ ޖަހައިލުމުން އާމިރާ ބުނެލި އެވެ. "މި ކޮން ނަމެއް ކިޔާ ކޮކާލެއް."

"އާމިރާކޮކާ." އަހަރެން ހޭން ފެށީމެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox